Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެޑިއުކޭޝަނާއި ހަޔާ އެޑިއުކޭޝަން އެއްކޮށްލައި، މިނިސްޓަރުކަމަށް ޝަފީއު އައްޔަންކުރައްވައިފި

އެޑިއުކޭޝަނާއި ހަޔާ އެޑިއުކޭޝަން އެއްކޮށްލައި، މިނިސްޓަރުކަމަށް ޝަފީއު އައްޔަންކުރައްވައިފި

އައިޝަތު ރުވާ ރިފްޢަތު
136 ދުވަސް ކުރިން - 14 އޭޕްރިލް 2026 19:47
މިނިސްޓަރު އިސްމާއިލް ޝަފީއު މަގާމުގެ ފަތްކޮޅާ ހަވާލުވެވަޑައިގަންނަވަނީ. / ފޮޓޯ: ރައީސް އޮފީސް
މިނިސްޓަރު އިސްމާއިލް ޝަފީއު މަގާމުގެ ފަތްކޮޅާ ހަވާލުވެވަޑައިގަންނަވަނީ. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މި ބަދަލާއެކު، އަލަށް އުފެއްދެވި މިނިސްޓްރީގެ ނަމަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް.

މިނިސްޓްރީ އޮފް އެޑިއުކޭޝަން އަދި މިނިސްޓްރީ އޮފް ހަޔަ އެޑިއުކޭޝަން އެއްކޮށްލުމަށްފަހު، އެ މިނިސްޓްރީގެ މިނިސްޓަރުގެ މަގާމަށް ޑރ. އިސްމާއިލް ޝަފީއު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ އައްޔަންކުރައްވައިފި އެވެ.

މި ބަދަލާއެކު، އަލަށް އުފެއްދެވި މިނިސްޓްރީގެ ނަމަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އެވެ. އިސްމާއިލް ޝަފީއު މީގެ ކުރިން ހުންނެވީ އެޑިއުކޭޝަން މިނިސްޓަރުގެ މަގާމުގަ އެވެ.

ސަރުކާރުގެ ކެބިނެޓަށް މި ބޮޑު ބަދަލު އައީ މިއަދުގެ ވަގުތެއްގައި 10 މިނިސްޓަރަކު ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އިސްތިއުފާ ދެއްވި ބޭފުޅުންގެ ތެރޭގައި ހަޔަ އެޑިއުކޭޝަން މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. އަލީ ހައިދަރު ވެސް ހިމެނެ އެވެ. އަލީ ހައިދަރަކީ މި ސަރުކާރު ފެށުނުއިރު ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. ނަމަވެސް، 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އޭނާ ވަނީ ހަޔަ އެޑިއުކޭޝަން މިނިސްޓަރުގެ މަގާމަށް ބަދަލުކުރައްވާފަ އެވެ.

Advertisement

Advertisement 1

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތު ދެއްވި ގޮތުގައި، މިނިސްޓަރުން މިއަދު އިސްތިއުފާ ދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް މަގުފަހިކޮށްދެއްވުމުގެ ގޮތުންނެވެ.

މި އިސްލާހީ ބަދަލުތަކާއެކު، ސަރުކާރުގެ ވުޒާރާތަކުގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން ކުރިން އޮތް 20 މިނިސްޓްރީގެ މެންޑޭޓަށް ބަދަލު ގެނެސް، ވުޒާރާތަކުގެ ޖުމްލަ އަދަދު ވަނީ 15 އަށް މަދުކޮށްފަ އެވެ. މި ބަދަލުތަކާއެކު ކެބިނެޓް މިރޭ ވަނީ އަލުން އެކުލަވާލައި، މިނިސްޓަރުންނަށް މަގާމުގެ ފަތްކޮޅު އަރުވާފަ އެވެ.

މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުހަޔާ އެޑިއުކޭޝަން މިނިސްޓްރީ (އުވާލެވިފައި)މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔާ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓްރައީސް ޑރ. މުހައްމަދު މުއިއްޒުރައީސުލްޖުމްހޫރިއްޔާގެ އޮފީސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މި ނިޒާމުން ދެވަނަ ދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުއިއްޒު! - ޢަބްދުއްރަޙީމް

“މި ނިޒާމުން ދެވަނަދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުޢިއްޒު”

6 ގަޑިއިރު ކުރިން - 08:31

އިސްލާހީ ބަދަލުތައް ގެންނަނީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް: ރައީސް

އިސްލާހީ ބަދަލުތައް ގެންނަނީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް: ރައީސް

2 ދުވަސް ކުރިން - 14:15

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

2 ދުވަސް ކުރިން - 10:37

ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ: ރައީސް

“ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ”

2 ދުވަސް ކުރިން - 10:22

އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަމާލެ ބްރިޖު ނިންމައި އާންމުންނަށް ހުޅުވާލަނީ - ރައީސް

އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަމާލެ ބްރިޖު ނިންމައި އާންމުންނަށް ހުޅުވާލަނީ

2 ދުވަސް ކުރިން - 10:02

ތިލަމާލެ ބުރިޖުގެ މަސައްކަތުގެ ދުވެލި އަވަސްވީ ބޮޑުވަޒީރު މޯދީއާ ބައްދަލުވެ ކުރެވުނު މަޝްވަރާތަކަށްފަހު: ރައީސް

"ތިލަމާލެ ބުރިޖުގެ މަސައްކަތުގެ ދުވެލި އަވަސްވީ މޯދީއާ ބައްދަލުވެ ކުރެވުނު މަޝްވަރާތަކަށްފަހު"

2 ދުވަސް ކުރިން - 23:42