Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހައި އެޗީވާސް ސްކޮލަޝިޕްގައި ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް 6000 ރުފިޔާގެ އިތުރު އެލަވަންސެއް ދޭން ނިންމައިފި

ހައި އެޗީވާސް ސްކޮލަޝިޕްގައި ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް 6000 ރުފިޔާގެ އިތުރު އެލަވަންސެއް ދޭން ނިންމައިފި

އައިޝަތު ރުވާ ރިފްޢަތު
158 ދުވަސް ކުރިން - 30 މާޗް 2026 22:29
2024 ވަނަ އަހަރު ބޭއްވި ހައި އެޗީވާސް ސްކޮލަޝިޕް ރަސްމިއްޔާތުގެ ތެރެއިން. / ފޮޓޯ: ރައީސް އޮފީސް
2024 ވަނަ އަހަރު ބޭއްވި ހައި އެޗީވާސް ސްކޮލަޝިޕް ރަސްމިއްޔާތުގެ ތެރެއިން. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް އިތުރު އެލަވަންސެއް ދޭން ނިންމީ ރަނގަޅު ނަތީޖާ ހޯދާ މޮޅު ދަރިވަރުން ރާއްޖޭގައި ތިބެގެން ކިޔެވުމަށް ބާރުއެޅުމުގެ ގޮތުން.

މަތީ ސާނަވީ އިމްތިހާނުތަކުން މުގައްރަރުކުރާ ނަތީޖާ ހޯދައިގެން "ހައި އެޗީވާސް ސްކޮލަޝިޕް" ލިބޭ ދަރިވަރުންގެ ތެރެއިން ރާއްޖޭގައި ތިބެގެން ކިޔަވާ ދަރިވަރުންނަށް، ސްޓައިޕެންޑުގެ އިތުރުން މަހަކު 6000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ސަރުކާރުން ނިންމަވައިފި އެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ ހައި އެޗީވާސް ސްކޮލަޝިޕާއި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލަޝިޕް ދިނުމުގެ އުސޫލަށް ބަދަލުތަކެއް ގެނެސް އާންމުކުރައްވާފަ އެވެ. މި ބަދަލުތަކާ ގުޅޭގޮތުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުއްރަހީމް ވިދާޅުވީ، ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް އިތުރު އެލަވަންސެއް ދޭން ނިންމީ ރަނގަޅު ނަތީޖާ ހޯދާ މޮޅު ދަރިވަރުން ރާއްޖޭގައި ތިބެގެން ކިޔެވުމަށް ބާރުއެޅުމުގެ ގޮތުން ކަމަށެވެ.

އައު އުސޫލުގައިވާ ގޮތުން ހައި އެޗީވަރސް ސްކޮލަރޝިޕް ދެން ލިބޭނީ އޭލެވެލް ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން، ދިވެހި އަދި އިސްލާމް ހިމެނޭހެން 5 މާއްދާއިން "އޭ" ގްރޭޑް ހޯދައި، އޭގެ ތެރެއިން މަދުވެގެން އެއް މާއްދާއިން "އޭ ސްޓާ" ހޯދާ ދަރިވަރުންނަށެވެ. މީގެ އިތުރުން، އޯލެވެލް އިނގިރޭސި މާއްދާއިން މަދުވެގެން "ސީ" ފާހެއް އޮންނަންޖެހެ އެވެ. ކުރިން މި ސްކޮލަޝިޕް ދެމުން އައީ 5 މާއްދާއިން "އޭ" ގްރޭޑް ލިބޭ ދަރިވަރުންނަށެވެ.

Advertisement

Advertisement 1

ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލަޝިޕާ ގުޅޭގޮތުން އުސޫލަށް ގެނައި ބަދަލުގައިވަނީ، އެ ސްކޮލަޝިޕްގެ ދަށުން ކިޔަވަން ފުރުސަތު ދޭނީ ރާއްޖޭގެ 'ޓްރެއިނިން ނީޑްސް ރިކުއަޔަމަންޓް ލިސްޓު' ގައި ހިމެނޭ ދާއިރާތަކުން ކަމަށެވެ. ނަމަވެސް، ނިމިދިޔަ އަހަރު އޭލެވެލް ނިންމައި ރައީސްގެ ސްކޮލަޝިޕް ކާމިޔާބުކުރި ދަރިވަރުންނަށް، އެކުދިން ބޭނުންވާ ކޮންމެ ދާއިރާއަކުން ކިޔެވުމުގެ ފުރުސަތެއް ދިނުމަށް ވަނީ ނިންމާފަ އެވެ.

މި ސްކޮލަޝިޕްތަކުގެ ދަށުން ކިޔަވާ ދަރިވަރުން ކިޔެވުން ނިންމުމަށްފަހު، 4 އަހަރާއި 7 އަހަރާ ދެމެދުގެ މުއްދަތަކަށް ސަރުކާރަށް ހިދުމަތް ކުރަންޖެހެ އެވެ. އަދި އެއްބަސްވުމާ އެއްގޮތަށް ހިދުމަތް ނުކުރާ ފަރާތްތަކުން، ސަރުކާރުން އެ ދަރިވަރަކަށްޓަކައި ކުރި ހަރަދު އަނބުރާ ދައްކަންޖެހޭނެ ކަމަށްވެސް އައު އުސޫލުގައި ބަޔާންކޮށްފައިވެ އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީ (އުވާލެވިފައި)ރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޝައިޚް ޔޫސުފް ޚަލާވީ އަތުން ލިޔުއްވި މުސްޙަފެއް ރައީސަށް ހަދިޔާކުރައްވައިފި

ޝައިޚް ޔޫސުފް ޚަލާވީ އަތުން ލިޔުއްވި މުސްޙަފެއް ރައީސަށް ހަދިޔާކުރައްވައިފި

3 ދުވަސް ކުރިން - 13:50

އައިސީސީޑީގެ ސެކްރެޓަރީ ޖެނެރަލް، ރައީސް މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

އައިސީސީޑީގެ ސެކްރެޓަރީ ޖެނެރަލް، ރައީސް މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

3 ދުވަސް ކުރިން - 12:54

ރައީސްގެ އިލްތިމާސް: ކުޑަދޮރުތަކާއި ބެލްކަނިތަކުގެ ރައްކާތެރިކަން ކަށަވަރުކުރޭ!

ރައީސްގެ އިލްތިމާސް: ކުޑަދޮރުތަކާއި ބެލްކަނިތަކުގެ ރައްކާތެރިކަން ކަށަވަރުކުރޭ!

3 ދުވަސް ކުރިން - 11:58

އުސް އިމާރާތްތަކާއި މަގުމަތީގެ ސަލާމަތް ޔަގީންކުރަން ގައުމީ ފެންވަރުގައި މަސައްކަތްކުރަން ރައީސް ގޮވާލައްވައިފި

އުސް އިމާރާތްތަކާއި މަގުމަތީގެ ސަލާމަތް ޔަގީންކުރަން މަސައްކަތްކުރަން ރައީސް ގޮވާލައްވައިފި

3 ދުވަސް ކުރިން - 11:56

ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ތަހުނިޔާ އެހާރާއި މިހާރުގެ ހިދުމަތްތެރިންނަށް ރައީސުލްޖުމްހޫރިއްޔާ އަރިސްކުރައްވައިފި

ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ތަހުނިޔާ އެހާރާއި މިހާރުގެ ހިދުމަތްތެރިންނަށް ރައީސުލްޖުމްހޫރިއްޔާ އަރިސްކުރައްވައިފި

4 ދުވަސް ކުރިން - 16:54

ނިޔާވި ދެ ކުދިންގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

ނިޔާވި ދެ ކުދިންގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

4 ދުވަސް ކުރިން - 16:10