Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ބޭނުން ކޮންމެ ދުވަހަކު ސްޓޫޑެންޓް ލޯނަށް އެދެވޭ ގޮތަށް ސަރުކާރުން ބަދަލު ގެނެސްފި

ބޭނުން ކޮންމެ ދުވަހަކު ސްޓޫޑެންޓް ލޯނަށް އެދެވޭ ގޮތަށް ސަރުކާރުން ބަދަލު ގެނެސްފި

މަރްޔަމް މާޙީ
139 ދުވަސް ކުރިން - 4 މާޗް 2026 13:00
ސްޓޫޑެންޓް ލޯނަށް އެދި ހުށަހެޅުމަށް ވަކި މުއްދަތެއް ކަނޑައެޅުމުގެ ބަދަލުގައި، މުޅި އަހަރު ދުވަހު އެ ފުރުސަތު ހުޅުވާލުމަށް ސަރުކާރުން ނިންމައިފި--- ފޮޓޯ: ޚުލާސާ
ސްޓޫޑެންޓް ލޯނަށް އެދި ހުށަހެޅުމަށް ވަކި މުއްދަތެއް ކަނޑައެޅުމުގެ ބަދަލުގައި، މުޅި އަހަރު ދުވަހު އެ ފުރުސަތު ހުޅުވާލުމަށް ސަރުކާރުން ނިންމައިފި--- ފޮޓޯ: ޚުލާސާ
ޚުލާސާ

މި ބަދަލުގެ މައިގަނޑު މަގްސަދަކީ، މީގެ ކުރިން ކަނޑައެޅިފައި އޮންނަ ކުރު މުއްދަތެއްގެ ތެރޭގައި ލިޔެކިޔުންތައް ހަމަކޮށް ލޯނަށް އެދުމުގައި ދަރިވަރުންނަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުން

ސްޓޫޑެންޓް ލޯނަށް އެދި ހުށަހެޅުމަށް ވަކި މުއްދަތެއް ކަނޑައެޅުމުގެ ބަދަލުގައި، މުޅި އަހަރު ދުވަހު އެ ފުރުސަތު ހުޅުވާލުމަށް ސަރުކާރުން ނިންމައިފިއެވެ.

މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ އަލީ ހައިދަރު އަހްމަދެވެ.

މިނިސްޓަރު ވިދާޅުވީ، 2026 ވަނަ އަހަރުގެ ލޯނު ސްކީމަށް ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށެވެ. މިގޮތުން، ލޯނަށް އެދުމަށް ހާއްސަ ޕޯޓަލްއެއް ތައްޔާރުކުރުމާއި އުސޫލުތައް އިސްލާހުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

Advertisement

Advertisement 1

މި ބަދަލު ގެނައުމުގެ މައިގަނޑު މަގްސަދަކީ، މީގެ ކުރިން ކަނޑައެޅިފައި އޮންނަ ކުރު މުއްދަތެއްގެ ތެރޭގައި ލިޔެކިޔުންތައް ހަމަކޮށް ލޯނަށް އެދުމުގައި ދަރިވަރުންނަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި މުޅި އަހަރަށް ފުރުސަތު ހުޅުވާލުމުން، އެކި ސަބަބުތަކާހުރެ ފުރުސަތު ގެއްލިގެންދާ ދަރިވަރުންގެ އަދަދު މަދުވެ، ލޯނަށް އެދުމުގައި ބޮޑު ލުޔެއް ލިބިގެންދާނެކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން، ލޯނަށް އެދޭއިރު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކަށް ވެސް ބައެއް ބަދަލުތައް އަންނާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކުރިއަށް އޮތް ބަންދު ދުވަސްތަކަށްފަހު ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލާނެކަން އިޢުލާން ކުރައްވަމުން، ދަރިވަރުން ދުރާލާ ލިޔެކިޔުންތައް ތައްޔާރުކުރުމަށް ވަޒީރު އިލްތިމާސްކުރެއްވިއެވެ. އަދި ފުރިހަމަ އެޕްލިކޭޝަނެއް ހުށަހަޅާ ދަރިވަރުންނަށް، ކުރިއަށްވުރެ އަވަހަށް ލޯނުގެ ފައިސާ ހަމަޖެހިގެންދާނެ ކަމުގެ ޔަޤީންކަން ވެސް ދެއްވިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީ (އުވާލެވިފައި)(ކުރީގެ މިނިސްޓަރު) ޑރ. އަލީ ހައިދަރުސްޓޫޑެންޓް ލޯނު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެޑިއުކޭޝަނާއި ހަޔާ އެޑިއުކޭޝަން އެއްކޮށްލައި، މިނިސްޓަރުކަމަށް ޝަފީއު އައްޔަންކުރައްވައިފި

ދެ މިނިސްޓްރީ އެއްކޮށްލައި މިނިސްޓަރަކަށް ޝަފީއު އައްޔަންކުރައްވައިފި

98 ދުވަސް ކުރިން - 19:47

ހެޔޮ ބަދަލުތަކަކާއެކު ސްޓޫޑަންޓު ލޯނަށް އެދި ހުށަހެޅުމަށް ހުޅުވާލައިފި؛ މިހާރު ސުންގަޑިއެއް ނޯންނާނެ!

ސްޓޫޑަންޓު ލޯނަށް އެދި ހުށަހެޅުމަށް ހުޅުވާލައިފި

111 ދުވަސް ކުރިން - 18:40

ތެރަޕިއުޓިކް އަދި ރިހިބިލިޓޭޝަންގެ ތަމްރީން ދިނުމަށް 250 ސްކޮލާޝިޕް

ތެރަޕިއުޓިކް އަދި ރިހިބިލިޓޭޝަންގެ ތަމްރީނަށް، 250 ސްކޮލާޝިޕް

112 ދުވަސް ކުރިން - 19:43

ރައީސުލްޖުމްހޫރިއްޔާގެ ސްކޮލާޝިޕްގައި ބޭނުން ދާއިރާއަކުން ކިޔެވޭގޮތަށް އުސޫލު ބަދަލުކޮށްފި

ރައީސުލްޖުމްހޫރިއްޔާގެ ސްކޮލާޝިޕްގައި ބޭނުން ދާއިރާއަކުން ކިޔެވޭގޮތަށް ބަދަލުކޮށްފި

113 ދުވަސް ކުރިން - 09:42

ހައި އެޗީވާސް ސްކޮލަޝިޕްގައި ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް 6000 ރުފިޔާގެ އިތުރު އެލަވަންސެއް ދޭން ނިންމައިފި

ސްކޮލަޝިޕުގައި ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް އިތުރު އެލަވަންސެއް

113 ދުވަސް ކުރިން - 22:29

މި އަހަރުގެ ވަރަ އެކްސްޕޯ ސެޕްޓެމްބަރުގައި ބާއްވަނީ

ވަރަ އެކްސްޕޯ ސެޕްޓެމްބަރުގައި ބާއްވަނީ

139 ދުވަސް ކުރިން - 14:03