Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ތެރަޕިއުޓިކް އަދި ރިހިބިލިޓޭޝަންގެ ތަމްރީން ދިނުމަށް 250 ސްކޮލާޝިޕް

ތެރަޕިއުޓިކް އަދި ރިހިބިލިޓޭޝަންގެ ތަމްރީން ދިނުމަށް 250 ސްކޮލާޝިޕް

ހައްވާ މިރުފާ
66 ދުވަސް ކުރިން - 31 މާޗް 2026 19:43
ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. ހައިދަރު--- ފޮޓޯ: ރައީސް އޮފީސް
ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. ހައިދަރު--- ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ތެރަޕިއުޓިކް އަދި ރިހެބިލިޓޭޝަން ދާއިރާއިން 250 ސޮކޮލާޝިޕް،ރާއްޖެއާ ރާއްޖޭން ބޭރުން ކިޔެވޭނެ،ބޭރުން ކިޔަވާ ނަމަ ކިޔެވޭނީ އޭޝިއާގެ ގައުމުތަކުން އެކަނި،މާސްޓާސް ޑިގްރީ އަދި ބެޗަލާސް ޑިގްރީ ހެދޭނެ

ރާއްޖޭގައި ތެރަޕިއުޓިކް އަދި ރިހެބިލިޓޭޝަން ފަރުވާ ދިނުމަށް ޓަކައި މީހުން ތަމްރީންކުރުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން 250 ސްކޮލާޝިޕަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

ހަޔާ އެޑިޔުކޭޝަނުން އިއްޔެ ކުރި އިއުލާނުގައި ބުނެފައި ވަނީ އެ ސްކޮލާޝިޕްތަކަކީ ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ވެސް ކިޔެވޭ ގޮތަށް ކަނޑައަޅާފައިވާ ސްކޮލާޝިޕްތަކެއް ކަމަށެވެ.

އެގޮތުން އެ ސްކޮލާޝިޕްގެ ދަށުން ކިޔަވަން ދެވޭނީ އޭޝިއާގެ ގައުމުތަކަށް ކަމަށް އެ މިނިސްޓްރީން ބުންޏެވެ. ދަރިވަރުންނަށް ކިޔަވަން ދެވޭ ގޮތުގައި ހިމެނެނީ ޗައިނާ، ފިލިޕީންސް، ތައިލޭންޑް، މެލޭޝިއާ، އިންޑޮނޭޝިއާ، ވިއެޓްނާމް، ސައުދީ އަރަބިއާ، ގަތަރު، ޖޯޑަން، ތުރުކީ، ރަޝިޔާ، ޗެކް ރިޕަބްލިކް، ބެލަރުސް، ސައުތް އެފްރިކާ، އިޖިޕްޓް އަދި ފީޖީ އެވެ.

Advertisement

Advertisement 1

އެ ސްކޮލާޝިޕްގެ ދަށުން ރާއްޖޭގައި ބެޗެލާސް ޑިގްރީއަށް ކިޔެވުމަށް ލިބޭނީ 120 ފުރުސަތެވެ. އެއީ ތެރަޕިއުޓިކް އަދި ރިހިބިލިޓޭޝަން ދާއިރާ ތެރެއަށް ފެތޭ ކޯސްތަކުންނެވެ. އެގޮތުން ބެޗަލާސް ޑިގްރީއިން ސައިކޮލޮޖީ ކިޔެވުމަށް 30 ފުރުސަތާއި ކައުންސިލިން އިން ބިހޭވިއާ ތެރަޕީއަށް 30 ފުރުސަތު އަދި އޮކިއުޕޭޝަނަލް ތެރަޕީއިން 30 ފުރުސަތުގެ، އިތުރުން ސްޕީޗް ތެރަޕީ ކިޔެވުމަށް 30 ފުރުސަތު ލިބޭނެ އެވެ.

އަދި ރާއްޖޭގައި މާސްޓާސް ޑިގްރީ ހަދާ ނަމަ ސައިކޮލޮޖީ ކިޔެވުމަށް 20 ފުރުސަތު ދަރިވަރުންނަށް ލިބޭނެ އެވެ. އަދި ރާއްޖެއިން ބޭރުން ބެޗުލާސް ޑިގްރީއަށް ކިޔަވަން ބޭނުން ނަމަ ސްޕީޗް ތެރަޕީ ކިޔުވުމަށް 30 ފުރުސަތެއް ލިބޭނެ އެވެ.

ހަމައެއާއެކު ރާއްޖެއިން ބޭރުގައި މާސްޓާސް ޑިގްރީއަށް ކިޔަވަން އެ ސްކޮލާޝިޕްގެ ދަށުން 80 ފުރުސަތެއް ލިބޭނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފައިވެ އެވެ. އެގޮތުން ރާއްޖޭއިން ބޭރުގައި މާސްޓާސް ޑިގްރީ ހަދަން ބޭނުން ދަރިވަރުންނަށް ވެސް އެ މިނިސްޓްރީން ވަނީ ވަކި ކޯށްތަކެއް ކަނޑައަޅާފަ އެވެ. އެއީ މާސްޓާސް އިން އޮކިޕޭޝަނަލް ތެރަޕީ ކޯހުން 30 ފުރުސަތާއި ސްޕީޗް ތެރަޕީ ކޯހުން 30 ފުރުސަތު އަދި ބިހޭވިއާ އެނަލިސިސް/ބިހޭވިއާ ތެރަޕީ ކޯހުން 20 ފުރުސަތެވެ.

އެހެންކަމުން މި ސްކޮލާޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަންނަ މަހުގެ 20 ވަނަ ދުވަހުގެ 1:30ގެ ނިޔަލަށް ހުޅުވާލާފަ އެވެ.

އެންސްޕާގެ ތަފާސްހިސާބުތަކަށް ބަލާއިރު، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި މިހާރު 15،236 މީހުން ރަޖިސްޓްރީވެފަ އެވެ. އަދި މިދިޔަ ޑިސެމްބަރު މަހާ އަޅާބަލާއިރު ޖެނުއަރީ މަހު މި އަދަދުތަކަށް ވަނީ އިތުރުވެފަ އެވެ.

އެގޮތުން ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އަދަދު 2،116 އިން 2،173 އަށް އިތުރުވެފަ އެވެ. ހަމައެހެންމެ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އަދަދު ވަނީ 4،223 އިން 4،272 އަށް މަތިވެފައެވެ.

އޭގެ އިތުރުން، އެއް ނުކުޅެދުންތެރިކަމަށް ވުރެ ގިނަ ކަންކަން ހުންނަ ނުވަތަ "މަލްޓިޕަލް ޑިސެބިލިޓީ" ތަހައްމަލުކުރާ މީހުންނަކީ މި ދަފްތަރުގައި ތިންވަނައަށް އެންމެ ގިނައިން ރަޖިސްޓްރީވެފައިވާ ފަރާތްތަކެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީ (އުވާލެވިފައި)ސަރުކާރު(ކުރީގެ މިނިސްޓަރު) ޑރ. އަލީ ހައިދަރު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެޑިއުކޭޝަނާއި ހަޔާ އެޑިއުކޭޝަން އެއްކޮށްލައި، މިނިސްޓަރުކަމަށް ޝަފީއު އައްޔަންކުރައްވައިފި

ދެ މިނިސްޓްރީ އެއްކޮށްލައި މިނިސްޓަރަކަށް ޝަފީއު އައްޔަންކުރައްވައިފި

52 ދުވަސް ކުރިން - 19:47

ހެޔޮ ބަދަލުތަކަކާއެކު ސްޓޫޑަންޓު ލޯނަށް އެދި ހުށަހެޅުމަށް ހުޅުވާލައިފި؛ މިހާރު ސުންގަޑިއެއް ނޯންނާނެ!

ސްޓޫޑަންޓު ލޯނަށް އެދި ހުށަހެޅުމަށް ހުޅުވާލައިފި

65 ދުވަސް ކުރިން - 18:40

ރައީސުލްޖުމްހޫރިއްޔާގެ ސްކޮލާޝިޕްގައި ބޭނުން ދާއިރާއަކުން ކިޔެވޭގޮތަށް އުސޫލު ބަދަލުކޮށްފި

ރައީސުލްޖުމްހޫރިއްޔާގެ ސްކޮލާޝިޕްގައި ބޭނުން ދާއިރާއަކުން ކިޔެވޭގޮތަށް ބަދަލުކޮށްފި

67 ދުވަސް ކުރިން - 09:42

ހައި އެޗީވާސް ސްކޮލަޝިޕްގައި ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް 6000 ރުފިޔާގެ އިތުރު އެލަވަންސެއް ދޭން ނިންމައިފި

ސްކޮލަޝިޕުގައި ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް އިތުރު އެލަވަންސެއް

67 ދުވަސް ކުރިން - 22:29

މި އަހަރުގެ ވަރަ އެކްސްޕޯ ސެޕްޓެމްބަރުގައި ބާއްވަނީ

ވަރަ އެކްސްޕޯ ސެޕްޓެމްބަރުގައި ބާއްވަނީ

93 ދުވަސް ކުރިން - 14:03

ބޭނުން ކޮންމެ ދުވަހަކު ސްޓޫޑެންޓް ލޯނަށް އެދެވޭ ގޮތަށް ސަރުކާރުން ބަދަލު ގެނެސްފި

ސްޓޫޑަންޓް ލޯނަށް އެދި ހުށަހެޅުމުގެ ޑެޑްލައިނެއް ނޯންނާނެ

93 ދުވަސް ކުރިން - 13:00