Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ރައީސުލްޖުމްހޫރިއްޔާގެ ސްކޮލާޝިޕްގައި ބޭނުން ދާއިރާއަކުން ކިޔެވޭގޮތަށް އުސޫލު ބަދަލުކޮށްފި

ރައީސުލްޖުމްހޫރިއްޔާގެ ސްކޮލާޝިޕްގައި ބޭނުން ދާއިރާއަކުން ކިޔެވޭގޮތަށް އުސޫލު ބަދަލުކޮށްފި

މުހައްމަދު ޖަމްޝަތު
67 ދުވަސް ކުރިން - 31 މާޗް 2026 09:42
ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލާޝިޕާއި ހައި އެޗީވާސް ސްކޮލާޝިޕްގެ ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތެއްގެ ތެރެއިން---ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލާޝިޕާއި ހައި އެޗީވާސް ސްކޮލާޝިޕްގެ ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތެއްގެ ތެރެއިން---ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ހައި އެޗީވާސް ސްކޮލާޝިޕް ލިބޭ ދަރިވަރުންގެ ތެރެއިން ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް ސްޓައިޕެންޑުގެ އިތުރުން މަހަކު 6,000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ވަނީ ހަމަޖައްސާފަ

މަތީ ސާނަވީ އިމްތިހާނުން އެއްވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލާޝިޕް ލިބޭ ދަރިވަރުން، އެ ދަރިވަރުން ބޭނުންވާ ކޮންމެ ދާއިރާއަކުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ލިބޭގޮތަށް އުސޫލު ބަދަލުކުރައްވައިފިއެވެ. ސަރުކާރުން މިހާރު ވަނީ މި ބަދަލުތަކާއެކު އާ އުސޫލު ގެޒެޓް ކޮށްފައެވެ.

ކުރިން އަމަލުކުރަމުން އައި އުސޫލުގައި އޮންނަ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލާޝިޕް ލިބޭ ދަރިވަރުންނަށް މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ލިބެނީ ހަމައެކަނި މަތީ ތައުލީމާއި ބެހޭ ވުޒާރާއިން ކަނޑައަޅާ ވަކި ދާއިރާތަކަކުންނެވެ. ނަމަވެސް، އަލަށް ގެނައި ބަދަލާއެކު ދަރިވަރުން ބޭނުންވާ ކޮންމެ ރޮނގަކުން ކުރިއަށް ދިއުމުގެ ފުރިހަމަ އިހްތިޔާރު މިހާރު ވަނީ ދީފައެވެ. މީގެ އިތުރުން، މިދިޔަ އަހަރު އޭލެވެލް ނިންމި ދަރިވަރުންގެ ތެރެއިން މި ސްކޮލާޝިޕް ހޯދި ދަރިވަރުންނަށްވެސް މި ފުރުސަތު ދިނުމަށް ވަނީ ނިންމާފައެވެ.

މި އުސޫލުގެ ދަށުން ހައި އެޗީވާސް ސްކޮލާޝިޕް ލިބޭ ދަރިވަރުންނަށްވެސް ވަނީ މުހިއްމު ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުން ރާއްޖޭގައި ތިބެގެން ކިޔެވުމަށް ބާރުއެޅުމުގެ ގޮތުން، ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް ސްޓައިޕެންޑުގެ އިތުރުން މަހަކު 6,000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ވަނީ ހަމަޖައްސާފައެވެ.

Advertisement

Advertisement 1

އަލަށް ގެޒެޓްކުރި އުސޫލުގައިވާ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ސްކޮލާޝިޕް ލިބިގެން ކިޔަވާ ދަރިވަރުން ކިޔަވައި ނިމުމަށްފަހު 4 އަހަރާއި 7 އަހަރާ ދެމެދުގެ މުއްދަތަކަށް ސަރުކާރަށް ހިދުމަތް ކުރަން ޖެހޭނެއެވެ.

ސަރުކާރުން ގެޒެޓްކުރި މި އާ އުސޫލުގައި ދަރިވަރުންނަށް ކަންކަން ފަސޭހަވާނެ އިންތިޒާމުތަކާއި، އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ތަފްސީލުތައްވެސް ވަނީ ހިމަނާފައެވެ. މިއީ ރާއްޖޭގެ ތައުލީމީ ދާއިރާ ކުރިއެރުވުމަށާއި، މޮޅު ނަތީޖާ ހޯދާ ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން އެޅި މުހިއްމު ފިޔަވަޅެކެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީ (އުވާލެވިފައި)
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެޑިއުކޭޝަނާއި ހަޔާ އެޑިއުކޭޝަން އެއްކޮށްލައި، މިނިސްޓަރުކަމަށް ޝަފީއު އައްޔަންކުރައްވައިފި

ދެ މިނިސްޓްރީ އެއްކޮށްލައި މިނިސްޓަރަކަށް ޝަފީއު އައްޔަންކުރައްވައިފި

52 ދުވަސް ކުރިން - 19:47

ހެޔޮ ބަދަލުތަކަކާއެކު ސްޓޫޑަންޓު ލޯނަށް އެދި ހުށަހެޅުމަށް ހުޅުވާލައިފި؛ މިހާރު ސުންގަޑިއެއް ނޯންނާނެ!

ސްޓޫޑަންޓު ލޯނަށް އެދި ހުށަހެޅުމަށް ހުޅުވާލައިފި

65 ދުވަސް ކުރިން - 18:40

ތެރަޕިއުޓިކް އަދި ރިހިބިލިޓޭޝަންގެ ތަމްރީން ދިނުމަށް 250 ސްކޮލާޝިޕް

ތެރަޕިއުޓިކް އަދި ރިހިބިލިޓޭޝަންގެ ތަމްރީނަށް، 250 ސްކޮލާޝިޕް

66 ދުވަސް ކުރިން - 19:43

ހައި އެޗީވާސް ސްކޮލަޝިޕްގައި ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް 6000 ރުފިޔާގެ އިތުރު އެލަވަންސެއް ދޭން ނިންމައިފި

ސްކޮލަޝިޕުގައި ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް އިތުރު އެލަވަންސެއް

67 ދުވަސް ކުރިން - 22:29

ބޭނުން ކޮންމެ ދުވަހަކު ސްޓޫޑެންޓް ލޯނަށް އެދެވޭ ގޮތަށް ސަރުކާރުން ބަދަލު ގެނެސްފި

ސްޓޫޑަންޓް ލޯނަށް އެދި ހުށަހެޅުމުގެ ޑެޑްލައިނެއް ނޯންނާނެ

93 ދުވަސް ކުރިން - 13:00

މެދުއިރުތުމަތީގައި ތިބި ދިވެހި ދަރިވަރުންގެ،ރައްކާތެރިކަން ކަށަވަރުކުރާނަން:ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

މެދުއިރުތުމަތީގައި ތިބި ދިވެހި ދަރިވަރުންގެ،ރައްކާތެރިކަން ކަށަވަރުކުރާނަން:ހަޔާ-އެޑިއުކޭޝަން މިނިސްޓްރީ

96 ދުވަސް ކުރިން - 14:00