Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޝޭޚް ފަރީދުގެ ހަނދާނީ މިސްކިތް ބިނާކުރާނީ ގްރޭޓާ މާލޭގައި

ޝޭޚް ފަރީދުގެ ހަނދާނީ މިސްކިތް ބިނާކުރާނީ ގްރޭޓާ މާލޭގައި

އައިޝަތު އީމާން
356 ދުވަސް ކުރިން - 19 ޖޫން 2025 17:28
ޚިދުމަތް ޖަމްޢިއްޔާއާއި އިސްލާމިކް މިނިސްޓަރު ބައްދަލުކުރެއްވުން / ފޮޓޯ: ޚިދުމަތް ޖަމްޢިއްޔާ
ޚިދުމަތް ޖަމްޢިއްޔާއާއި އިސްލާމިކް މިނިސްޓަރު ބައްދަލުކުރެއްވުން / ފޮޓޯ: ޚިދުމަތް ޖަމްޢިއްޔާ
ޚުލާސާ

ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ ހަނދާނީ މިސްކިތުގެ ޖާގައަކީ އެއްފަހަރާ 2500 މީހުން. މި މިސްކިތުގައި ޢަރަބި ބަހާއި ކީރިތި ޤުރުއާން ކިޔަވައިދޭނެ ޚާއްޞަ ކުލާސްރޫމްތަކެއް ހުންނާނެ.

ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ ހަނދާނުގައި ޚިދުމަތް ޖަމްޢިއްޔާއިން އިސްނަގައިގެން ބިނާކުރުމަށް މަސައްކަތްކުރާ މިސްކިތް ޢިމާރާތް ކުރުމަށް ގްރޭޓާ މާލެ އޭރިއާއިން ބިން ހަމަޖައްސަވައިދެއްވާނެ ކަމަށް ރާއްޖޭގެ މަޝްހޫރު ފިޤްހް ޢިލްމުވެރިޔާ އަދި އިސްލާމިކް މިނިސްޓަރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ޔަޤީންކަން ދެއްވައިފި ކަމަށް ޚިދުމަތް ޖަމްޢިއްޔާއިން ދެންމެ ބުނެފިއެވެ.

މި ޖޫން މަހުގެ 9 ވަނަ ދުވަހު ކުއްލި ގޮތަކަށް ޝައިޚް ފަރީދު އަވަހާރަވުމާއި ގުޅިގެން އިސްލާމިކް މިނިސްޓަރު ޝަހީމް ވަރަށް ބޮޑަށް ހިތާމަ ފާޅުކުރެއްވިއެވެ. އަދި ޖަނާޒާގެ ކަންތަކުގައި ވެސް ޢަމަލީ ގޮތުން އުޅުއްވިކަން އެ ޖަމްޢިއްޔާއިން ފާހަގަ ކުރެވެއެވެ.

ޚިދުމަތް ޖަމްޢިއްޔާ ހިންގުމާއި ޙަވާލުވެ ހުންނެވި އިސްވެރިޔާ ޝާމީ ރަޝާދު ދެންމެ ޚުލާޞާ އާއި ވާހަކަ ދައްކަވަމުން ވިދާޅުވީ، ދީނީ ކަންކަމުގައި އަދި ވަކިން ޚާއްޞަކޮށް މިސްކިތް ބިނާކުރުމަށް ޑރ. ޝަހީމް އަކީ އަބަދުވެސް ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާ ބޭފުޅެއް ކަމަށާއި، އެފަދަ ބޭފުޅަކު އިސްލާމިކް މިނިސްޓަރު ކަމުގައި ހުންނެވުމަކީ ޤައުމުގެ މުސްތަޤްބަލް ބިނާ ކުރުމަށް ލިބޭ ވަރަށް ބޮޑު ހިއްވަރެކެވެ. ޝައިޚް ފަރީދުގެ ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރެއްވުމަށް ސަރުކާރުން ކުރެއްވި މަސައްކަތްތައް ޚިދުމަތް ޖަމްޢިއްޔާއިން ވަރަށް އިޚްލާޞްތެރިކަމާއެކު ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރުވެސް އަދާކުރައްވާފައި ވެއެވެ.

Advertisement

Advertisement 1

ޚިދުމަތް ޖަމްޢިއްޔާގެ ފޭސްބުކް ޕޭޖުން ނަގާފައި.

ޝާމީ ރަޝާދު ވިދާޅުވީ ޝައިޚް ފަރީދުގެ ހަނދާނީ މިސްކިތުގެ ޖާގަ އަކީ އެއްފަހަރާ 2500 މީހުންނަށް ނަމާދު ކުރެވޭ މިންވަރެވެ. މި މިސްކިތް ޢިމާރާތްކުރަން ނިންމާފައިވަނީ ދެފަންގިފިލާއަށް ކަމަށާއި، މި މިސްކިތަކީ ދީނީ ޢިލްމު ފަތުރައިދޭ ސެންޓަރަކަށް ވެގެންދާނެ ކަމަށެވެ.

“އަޅުގަނޑުމެން މި މިސްކިތުގައި ލައިބްރަރީއާއި ކްލާސްރޫމްތައް ހަދާނަން އިނގޭތޯ. އެއީ ޢަރަބި ބަހާއި ކީރިތި ޤުރުއާން އުނގަންނައިދިނުމަށް، ޑރ. ޝަހީމް އަޅުގަނޑުމެންނަށް މިއަދު ޔަޤީންކަން ދެއްވީ ގްރޭޓާ މާލެ އޭރިއާއިން މިސްކިތް ބިނާކުރުމަށް (ޝައިޚް ފަރީދުގެ ހަނދާނީ މިސްކިތް) ބިން ހަމަޖައްސަވައިދެއްވާނެ ކަމަށް… މި މިސްކިތުގައި އެއްވެސް ދަތިކަމެއް ނެތި އެއްފަހަރާ 2500 މީހުންނަށް ނަމާދު ކުރެވޭނެ” ޝާމީ ރަޝާދު ވިދާޅުވިއެވެ.

ޚިދުމަތް ޖަމްޢިއްޔާއާއެކު މިއަދު އިސްލާމިކް މިނިސްޓްރީން ބޭއްވި ބައްދަލުވުމުގައި ބުނީ، މިސްކިތް ޢިމާރާތް ކުރުމުގައި ހުރިހާ އެއްބާރުލުމެއްވެސް ދޭނެ ކަމަށެވެ.

ޚިދުމަތް ޖަމްޢިއްޔާއިން ވަނީ ބަންގްލަދޭޝްގައި ވެސް ޝައިޚް ފަރީދުގެ ހަނދާނުގައި މިސްކިތެއް ބިނާކުރުމަށް ނިންމާފައެވެ. އެ މިސްކިތުގެ ބިންގާ އަޅުއްވައިދެއްވާނީ ނޫރުލްޤުރްއާން ހިންގާ އުސްތާޛް އިބްރާހިމް ފައުޒީ އާއި ޝައިޚް ފަރީދުގެ ޢާއިލާއިން ކަމަށް އެ ޖަމްޢިއްޔާއިން ބުންޏެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައި މިސްކިތްތައް ޢިމާރާތްކުރަމުންދާ ޚިދުމަތް ޖަމްޢިއްޔާ އަކީ ޤަވާޢިދުން އަހަރީ ރިޕޯޓް ސަރުކާރުގެ ކަމާބެހޭ ފަރާތަށް ހުށަހަޅާ ޖަމްޢިއްޔާއެއްކަން ވެސް ފާހަގަ ކުރެވެއެވެ.

ހުސްވި އަހަރު އެކަނިވެސް އެ ޖަމްޢިއްޔާއިން ވަނީ 7.5 މިލިއަން ރުފިޔާ ޣައްޒާ ރައްޔިތުންނަށް ޚަރަދު ކޮށްފައެވެ. ރާއްޖޭގައި ހިންގި ޙަރަކާތްތަކަށް 3.4 މިލިއަން ރުފިޔާ ޚަރަދުކުރިއިރު ސީރިއާ، ބަންގްލަދޭޝް، ޓެންޒޭނިއާ، އަފްޣާނިސްތާން، ޕާކިސްތާން އަދި ޔަމަނާއި އިންޑިއާގެ މުސްލިމުންނަށް 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަން ފާހަގަ ކުރެވެއެވެ.

ޚިދުމަތް ޖަމްޢިއްޔާޝާމީ ރަޝާދުއައްޝައިޚް މުޙައްމަދު ފަރީދު އަޙްމަދުމިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދުމިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ދިވެހި ހައްޖު މިޝަނުން ސަޢުދީ ހައްޖު މިނިސްޓްރީއާ ބައްދަލުކުރައްވައިފި

ހައްޖު މިޝަނުން ސަޢުދީ ހައްޖު މިނިސްޓްރީއާ ބައްދަލުކުރައްވައިފި

28 ދުވަސް ކުރިން - 14:22

މައްކާ ރޫޓު އިނީޝިއޭޓިވްގެ އިންތިޒާމުތައް ހަމަޖެއްސުމަށް ސައުދީގެ ވަފުދެއް ރާއްޖެއަށް

ސައުދީގެ ވަފުދެއް ރާއްޖެ ވަޑައިގަންނަވަން ފައްޓަވައިފި

32 ދުވަސް ކުރިން - 13:27

މިއަހަރުގެ ހައްޖު މިޝަންގެ މެމްބަރުންނާއި މިނިސްޓަރު ޑރ. ޝަހީމް ބައްދަލުކުރައްވައިފި

ހައްޖު މިޝަންގެ މެމްބަރުންނާއި ޑރ. ޝަހީމް ބައްދަލުކުރައްވައިފި

39 ދުވަސް ކުރިން - 15:01

މުދަލު ޒަކާތުގެ އާމްދަނީ 30 އިންސައްތަ އިތުރުވެއްޖެ؛ ފުރަތަމަ ކުއާޓަރުގައި 45 މިލިއަން ރުފިޔާ ލިބިފައިވޭ

މުދަލު ޒަކާތުގެ އާމްދަނީ 30 އިންސައްތަ އިތުރުވެއްޖެ

41 ދުވަސް ކުރިން - 18:00

ނޫސްވެރިކަމުގެ މިނިވަންކަމަކީ އަބުރަށް އަރައިގަތުމުގެ ނިޒާމަކަށް ވެގެންނުވާނެ: މިނިސްޓަރު ޝަހީމް

"ނޫސްވެރިކަމުގެ މިނިވަންކަމަކީ އަބުރަށް އަރައިގަތުމުގެ ނިޒާމަކަށް ވެގެންނުވާނެ"

44 ދުވަސް ކުރިން - 14:10

ހައްޖާއި އުމްރާ އާ ގުޅޭ ހާއްސަ ގާނޫނެއް އެކުލަވާލަނީ

ހައްޖާއި އުމްރާއާ ގުޅޭ ހާއްސަ ގާނޫނެއް އެކުލަވާލަނީ

50 ދުވަސް ކުރިން - 12:52