Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފުރާނަ ސަލާމަތްކުރަން ބޭނުންނަމަ ފަލަސްތީނު ބިމުން ފޭބުމަށް އީރާނުން އިސްރާއީލަށް އިންޒާރު ދީފި

ފުރާނަ ސަލާމަތްކުރަން ބޭނުންނަމަ ފަލަސްތީނު ބިމުން ފޭބުމަށް އީރާނުން އިސްރާއީލަށް އިންޒާރު ދީފި

ޖަވާދު
446 ދުވަސް ކުރިން - 19 ޖޫން 2025 22:17
އީރާނުގެ ލީޑަރު ޚާމަނާއީ.
އީރާނުގެ ލީޑަރު ޚާމަނާއީ.
ޚުލާސާ

އީރާނުން އިސްރާއީލަށް ދެމުންދާ ޙަމަލާތަކުގައި ލިބޭ ގެއްލުމުގެ ޒިންމާ ނުނަގާނެ ކަމަށާއި، ފުރާނަ ސަލާމަތްކުރަން ބޭނުންނަމަ ފަލަޞްޠީނުގެ ބިމުން ފޭބުމަށް އީރާނުން އިންޒާރު ދީފި.

އިސްރާއީލުގެ ޔަހޫދީން އެމީހުންގެ ފުރާނަ ސަލާމަތް ކުރަން ބޭނުންނަމަ، ފަލަސްތީނުގެ ބިން ދޫކޮށް އެމީހުންގެ އަމިއްލަ ގައުމުތަކަށް ދިޔުމަށް އީރާނުގެ އިންގިލާބީ ލަޝްކަރުތަކުން އިންޒަރު ދީފިއެވެ. އީރާނުން ބުނީ އެމީހުން ދޭ ޙަމަލާތަކުގައި ފަލަސްތީނުގެ ބިމަށް ވެރިވެގަނެގެން އުޅޭ ޔަހޫދީންނަށް ލިބޭ ގެއްލުމަށް އީރާން ޒިންމާ ނުވާނެ ކަމަށެވެ.

މިއަދު އިސްރާއީލަށް އީރާނުން ދިން ހަމަލާތަކާ ގުޅިގެން، އިސްރާއީލުގެ ދިފާއީ ވަޒީރު އިސްހާގް ކާޓްސް ވަނީ އީރާނުން އިސްރާއީލުގެ ހޮސްޕިޓަލްތަކަށާއި އާންމުން ދިރިއުޅޭ މަދަނީ ތަންތަނަށް ހަމަލާދީ، އާންމުން މަރަމުން ގެންދާ ކަމަށާއި މިއީ ބައިނަލްއަގްވާމީ ގާނޫނާއި ޚިލާފު ކަމެއްކަމަށް ބުނެފައެވެ. އޭނާ ބުނިގޮތުގައި، އީރާނުން އިސްރާއީލަށް ހަމަލާދީ އިސްރާއީލު މީހުން ޑަޒަންޑަޒަނަށް މަރަމުން ގެންދާއިރު ބައިނަލްއަގްވާމީ މުޖްތަމައު އޮންނަނީ ކުޅިބަލާށެވެ. މި މޭރުމުން ވާހަކަ ދައްކަމުން ކާޓްސް ވަނީ ވަރަށް ރުޅިއައިސްގެން އީރާނަށާއި ބައިނަލްއަގްޥާމީ މުޖްތަމައަށް ބަހުގެ ހަމަލާތައް ދީފައެވެ.

ނަމަވެސް، އިސްރާއީލުން ވަނީ ޣައްޒާގެ 30 ހޮސްޕިޓަލަށް އެތައް ފަހަރަކު ހަމަލާދީ އެތަންތަން ހަލާކުކޮށް، ޑޮކްޓަރުންނާއި ނަރުހުންގެ އެތައް ސަތޭކަ ބަޔަކު ޝަހީދުކޮށްލާފައެވެ. އަދި އިސްރާއީލުގެ ސިފައިން އެއްގަމުން އެ ހޮސްޕިޓަލްތަކަށް އަރައިގަނެ ބަލިމީހުންގެ ގަޔަށް ބަޑިޖަހައި އެތައް ސަތޭކަ ބަލިމީހުންނެއްވެސް ވަނީ ޝަހީދުކޮށްލާފައެވެ. މީގެއިތުރުން އިސްރާއީލުވަނީ ޣައްޒާގެ އާންމުން ދިރިއުޅޭ އިމާރާތްތަކަށް ބޮންއަޅައި އެއްކޮށް ބިމާހަމަކޮށްލައި، ޣައްޒާގެ 60 ހާހަށް ވުރެ ގިނަ އާންމުން ޝަހީދުކޮށްލާފައެވެ.

Advertisement

Advertisement 1

މިދިޔަ އަހަރު އިސްރާއީލުން ލުބްނާނަށް ދިން ހަމަލާތަކުގައިވެސް ދެ ހޮސްޕީޓަލަކަށް ބޮންއަޅައި ޑޮކްޓަރުންނާއި ނަރުހުންނާއި ބަލިމީހުން ހިމެނޭގޮތަށް އެތައް ބަޔަކު ޝަހީދުކޮށްލިއެވެ. އަދި އިސްރާއީލުން ބައިނަލްއަގްވާމީ ގާނޫނަށް ގޮންޖެހުމަށްފަހު އީރާނަށް އިސްވެ ހަމަލާދީ އީރާނުގެ ހޮސްޕިޓަލްތަކަށްވެސް ވަނީ ބޮންއަޅާފައެވެ. މި ހަމަލާތަކުގައި އީރާނުގެ 500 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.

އީރާންފަލަސްތީންއިސްރާއީލްމެދުއިރުމަތި
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޕެރޫ އިން އީރާނާއި ގުޅުން ކަނޑާލައިފި، އީރާނުން ބުނީ "ހެވޭ"

ޕެރޫ އިން އީރާނާއި ގުޅުން ކަނޑާލައިފި، އީރާނުން ބުނީ "ހެވޭ"

2 ދުވަސް ކުރިން - 19:37

އެމެރިކާއިން ގަލްފް އޮފް އޮމާންގައި އީރާނުގެ ތެޔޮ ބައުޒަރަކަށް ހަމަލާދީ ކަނޑު ފައްތާލައިފި

އެމެރިކާއިން އީރާނުގެ ތެޔޮ ބައުޒަރަކަށް ހަމަލާދީ ފައްތާލައިފި

3 ދުވަސް ކުރިން - 20:35

މިހަފްތާގައި ޣައްޒާއިން 17 މީހުން ޝަހީދުކޮށް 44 މީހުން ޒަޚަމް ކޮށްލައިފި

މިހަފްތާގައި ޣައްޒާއިން 17 މީހުން ޝަހީދުކޮށް 44 މީހުން ޒަޚަމް ކޮށްލައިފި

5 ދުވަސް ކުރިން - 14:55

ފަލަސްތީނަށް ރާއްޖެއިން ކަނޑައެޅުއްވި ސަފީރު ޑރ. ޒުހުރީ ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

ފަލަސްތީނަށް ރާއްޖެއިން ކަނޑައެޅުއްވި ސަފީރަށް ފަތްކޮޅު އަރުވައިފި

5 ދުވަސް ކުރިން - 13:30

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ސައުދީގެ ތެޔޮ ޓޭންކަރަކަށް އީރާނުން ދިން ހަމަލާއެއްގައި ދެ ފަޅުވެރިއަކު މަރުވެއްޖެ

ހުރްމުޒް ކަނޑުއޮޅީގައި ސައުދީ ތެޔޮ ޓޭންކަރަކަށް ހަމަލާދީ ދެމީހުން މަރުވެއްޖެ

6 ދުވަސް ކުރިން - 10:50

ހަތަރު ޤައުމަކަށް އީރާނުން މިރޭ އެބަ ޙަމަލާދޭ

ހަތަރު ޤައުމަކަށް އީރާނުން މިރޭ އެބަ ޙަމަލާދޭ

7 ދުވަސް ކުރިން - 04:34