Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ގަވާއިދާ ޚިލާފަށް ބިދޭސީން އުފުލާ އުޅަނދުފަހަރުގެ ކެޕްޓަނުންނަށް ހަރުކަށި ފިޔަވަޅު އަޅަނީ

ގަވާއިދާ ޚިލާފަށް ބިދޭސީން އުފުލާ އުޅަނދުފަހަރުގެ ކެޕްޓަނުންނަށް ހަރުކަށި ފިޔަވަޅު އަޅަނީ

އާނާ ފަހީމް
443 ދުވަސް ކުރިން - 19 ޖޫން 2025 18:34
ތުލުސްދޫ ފެރީ/ ފޮޓޯ: މީސްމީޑިއާ
ތުލުސްދޫ ފެރީ/ ފޮޓޯ: މީސްމީޑިއާ
ޚުލާސާ

ދަތުރުފަތުރުކުރާ އުޅަނދުފަހަރާއި ފެރީ އުޅަނދުފަހަރުގެ ކެޕްޓަނުން، އެ އުޅަނދަކަށް އަރާ ބިދޭސީންނަކީ ގަވާއިދާ އެއްގޮތަށް އުޅޭ ބައެއްތޯ ޔަގީންނުކޮށް އުފުލައިފިނަމަ އެ ކެޕްޓަނަކާމެދު ފިޔަވަޅު އެޅޭނެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އެއްރަށުން އަނެއް ރަށަށް އުފުލާ އުޅަނދުފަހަރުގެ ކެޕްޓަނުންނާމެދު ފިޔަވަޅު އަޅާނެކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިހްސާން ވިދާޅުވީ، ދަތުރުފަތުރުކުރާ އުޅަނދުފަހަރާއި ފެރީ އުޅަނދުފަހަރުގެ ކެޕްޓަނުން، އެ އުޅަނދަކަށް އަރާ ބިދޭސީންނަކީ ގަވާއިދާ އެއްގޮތަށް އުޅޭ ބައެއްތޯ ޔަގީންކުރުމަކީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީއަކު އުފުލައިފިނަމަ އެ ކެޕްޓަނަކާމެދު ފިޔަވަޅު އެޅޭނެ ގަވާއިދުތައް ތަޢާރަފްކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ހާމަކުރެއްވި ގޮތުގައި، މިހާރު ތަޢާރަފްކޮށްފައިވާ އައު ނިޒާމުގެ ދަށުން ކައުންސިލް އިދާރާތަކުގައި ތިބޭ އެންފޯސްކުރާ މުވައްޒަފުންނަށް ނުވަތަ ފުލުސް އޮފިސަރުންނަށް ފޯނު އެޕްލިކޭޝަނެއް މެދުވެރިކޮށް ބިދޭސީ މީހާގެ ފޮޓޯއެއް ނަގާލުމުން އެ މީހެއްގެ ސްޓޭޓަސް ފެންނާނެއެވެ.

Advertisement

Advertisement 1

ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ދިވެހި ރައްޔިތުންގެ ވިޔަފާރިތަކަށް ގެއްލުންވަމުންދާ، އަދި އިޖުތިމާޢީ އެތައް މައްސަލައެއް ދިމާވަމުންދާ ކަމެއްކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި މީގެ ސަބަބުން ޖިނާއީ ކުށްތައްވެސް އިތުރުވަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު އިހްސާން އިތުރަށް ވިދާޅުވީ ބިދޭސީން ގަވާއިދުގެ ތެރެއަށް ވަންނަން މިހާރު ހުޅުވާލާފައިވާ ދޮރު ބަންދުވުމަށްފަހު ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް ގަވާއިދުގެ ތެރެއަށް ވަންނަން ދެން އިތުރު ފުރުސަތު ނުލިބޭނެކަމަށެވެ. އަދި ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި މަސައްކަތްކުރާނީ އެންމެ ހަރުކަށި ފިޔަވަޅުތަކާއެކުގައި ކަމަށާއި، މި ދައުރުގެ ތެރޭގައި މިކަން ހައްލުކުރާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަލީ އިހުސާން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިދިޔަ ނުވަ މަސްދުވަސްތެރޭ ގަވާއިދާ ހިލާފަށް 77 މިލިއަން ޑޮލަރު ކަޅުބާޒާރުގައި ވިއްކާފައިވޭ: އިހުސާން

"ނުވަ މަސްދުވަސްތެރޭ ގަވާއިދާ ހިލާފަށް 77 މިލިއަން ޑޮލަރު ކަޅުބާޒާރުގައި ވިއްކާފައިވޭ"

12 ދުވަސް ކުރިން - 13:11

މިނިސްޓްރީތަކުގައި ރޯވީ ކަރަންޓުގެ މައްސަލައަކުންކަން ހާމަވެއްޖެ!

މިނިސްޓްރީތަކުގައި ރޯވީ ކަރަންޓުގެ މައްސަލައަކުންކަން ހާމަވެއްޖެ!

25 ދުވަސް ކުރިން - 11:58

ގައުމީ ޚިދުމަތުގައި ނިޔާވި ފުލުހުންގެ ހަނދާން އައުކުރުމުގެ ދުވަސް

ގައުމީ ޚިދުމަތުގައި ނިޔާވި ފުލުހުންގެ ހަނދާން އައުކުރުމުގެ ދުވަސް

44 ދުވަސް ކުރިން - 09:28

ގޭންގުތަކުން ރަށުތެރޭގެ އަމަންނަގާލުން ބޮޑުތަނުން ކޮންޓްރޯލްކުރެވިއްޖެ: އިހުސާން

ގޭންގުތަކުން ރަށުތެރޭގެ އަމަންނަގާލުން ބޮޑުތަނުން ކޮންޓްރޯލްކުރެވިއްޖެ: އިހުސާން

68 ދުވަސް ކުރިން - 09:03

އަޅުގަނޑާ ބެހޭގޮތުން ޝަމްއާން ހެއްދެވީ އެއްވެސް ސާބިތުކަމެއް ނުހިފޭ ދޮގުތަކެއް: އިހުސާން

އަޅުގަނޑާ ބެހޭގޮތުން ޝަމްއާން ހެއްދެވީ އެއްވެސް ސާބިތުކަމެއް ނުހިފޭ ދޮގުތަކެއް: އިހުސާން

87 ދުވަސް ކުރިން - 11:09

އއ. ފެރިދޫގައި ފުލުހުންގެ އައު އިމާރާތް ހުޅުވައިފި

އއ. ފެރިދޫގައި ފުލުހުންގެ އައު އިމާރާތް ހުޅުވައިފި

94 ދުވަސް ކުރިން - 07:07