Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މަސްތުވާތަކެތި ބޭނުންކުރަމުންދިޔަ 11 ތަނެއް ބަންދުކޮށްފި؛ ނޮވެންބަރު މަހުގެ ކުރިން މާލެތެރެއިން އެފަދަ ތަންތަން މުޅިން ނައްތާލަނީ

މަސްތުވާތަކެތި ބޭނުންކުރަމުންދިޔަ 11 ތަނެއް ބަންދުކޮށްފި؛ ނޮވެންބަރު މަހުގެ ކުރިން މާލެތެރެއިން އެފަދަ ތަންތަން މުޅިން ނައްތާލަނީ

ފާތިމަތު އަނަން މުހައްމަދު
3 ގަޑިއިރު ކުރިން - 19 ސެޕްޓެންބަރު 2026 11:41
ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި ގެއެއް ބަލައި ފާސްކުރަނީ | ފޮޓޯ: ޕޮލިސް
ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި ގެއެއް ބަލައި ފާސްކުރަނީ | ފޮޓޯ: ޕޮލިސް
ޚުލާސާ

އަންނަ ނޮވެންބަރު މަހުގެ ކުރިން މާލެތެރޭގައި މިފަދަ އަމަލުތައް ހިންގާ ހުރިހާ ތަނެއް މުޅިން ބަންދުކޮށް ނިންމުމަކީ ސަރުކާރުގެ ޢަމާޒެއް. ޑްރަގްގެ ވަބާގައި ޖެހިފައި ތިބި 18 އަހަރުން ދަށުގެ 50 ކުދިން ސަލާމަތްތެރި މާހައުލުތަކަށް ބަދަލުކޮށް، ހާއްސަ ރީހެބިލިޓޭޝަން އަދި ރީއިންޓެގްރޭޝަން ޕްރޮގްރާމްތައް މިހާރު ފަށާފައިވޭ.

ރާއްޖޭގައި މަސްތުވާތަކެތީގެ ވަބާ ފެތުރި، ޒުވާނުންނާއި އާންމު ރައްޔިތުންނަށް ނުރައްކާ ބޮޑުވަމުންދާތީ، އެކަން ހުއްޓުވުމަށް ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކުގެ ތެރެއިން، މަސްތުވާތަކެތި ބޭނުންކުރުމަށް ހާއްސަކޮށްގެން ހިންގަމުންދިޔަ 11 ތަނެއް މިހާރު ބަންދުކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިކަން ހާމަކުރެއްވީ ޕީއެންސީގެ މަތީ މަޖިލީހުގައި ވާހަކަފުޅުދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި، އަލަށް އަމަލުކުރަން ފެށި ހަރުދަނާ ގާނޫނުގެ ދަށުން ބަންދުކުރެވުނު މި 11 ތަނުގެ ތެރޭގައި ވެރިރަށް މާލޭގައި ހިންގަމުންދިޔަ 6 ތަނަކާއި، އައްޑޫ ސިޓީގައި ހިންގަމުންދިޔަ 4 ތަނެއްގެ އިތުރުން ފުވައްމުލަކު ސިޓީގައި ހިންގަމުންދިޔަ 1 ތަނެއް ހިމެނެއެވެ.

މިފަދަ ތަންތަނުގެ ސަބަބުން މުޖުތަމައުގެ އަމަންއަމާންކަން ގެއްލި، ކުށްކުރުން އިތުރުވަމުންދާތީ، ސަރުކާރުގެ އަމާޒަކީ އަންނަ ނޮވެންބަރު މަހުގެ ކުރިން މާލެތެރޭގައި މިފަދަ އަމަލުތައް ހިންގާ ހުރިހާ ތަނެއް މުޅިން ބަންދުކޮށް ނިންމުން ކަމަށް މިނިސްޓަރު އަލީ އިހްސާން ވިދާޅުވިއެވެ.

Advertisement

Advertisement 1

މި ހާއްސަ އޮޕަރޭޝަންތަކުގެ ތެރެއިން، ޑްރަގްގެ ވަބާގައި ޖެހިފައި ތިބި 18 އަހަރުން ދަށުގެ 50 ކުދިން އެކި ތަންތަނުން ނަގައި، އެ ކުދިން ސަލާމަތްތެރި މާހައުލުތަކަށް ބަދަލުކޮށްފައިވާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މިގޮތަށް ނެގުނު ކުދިންނަށް ޓާގެޓެޑް ރީހެބިލިޓޭޝަން ޕްރޮގްރާމްތަކާއި، ރީއިންޓެގްރޭޝަން ޕްރޮގްރާމްތައް މިހާރު ފަށާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިނިސްޓަރު އަލީ އިހުސާން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގަވާއިދާ ހިލާފަށް ރާބާލައިގެން ވިއްކަމުންދިޔަ ފަރާތްތަކުގެ ޕަރމިޓް ކެންސަލްކޮށް، 16،852 ރާފުޅި އަތުލައިގަނެފި

ރާބާލައިގެން ވިޔަފާރިކުރާ ފަރާތްތަކުގެ ޕަރމިޓް ކެންސަލްކޮށް، 16،852 ރާފުޅި އަތުލައިގަނެފި

1 ގަޑިއިރު ކުރިން - 13:40

ފާއިތުވި 3 އަހަރު 1.3 ޓަނުގެ މަސްތުވާތަކެތި އަތުލައި 508 އޮޕަރޭޝަން ހިންގައިފި: ވަޒީރު އިހްސާން

މި ތިންއަހަރުތެރޭ 1.3 ޓަނުގެ މަސްތުވާތަކެތި އަތުލައި 508 އޮޕަރޭޝަން ހިންގައިފި

3 ގަޑިއިރު ކުރިން - 11:18

ގޭންގު ކުށްތައް ހުއްޓުވަން ގެނައި ގާނޫނީ ބަދަލުތަކާއެކު މާރާމާރީތަކުގައި މީހުން މަރުވުން ހުއްޓުވިއްޖެ: މިނިސްޓަރ އަލީ އިހުސާން

މާރާމާރީތަކުގައި މީހުން މެރުން ހުއްޓުވިއްޖެ - އިހުސާން

1 ދުވަސް ކުރިން - 17:26

ގޭންގުތައް ހަރަކާތްތެރިވާ 25 ސަރަހައްދެއް 24 ގަޑިއިރު މޮނިޓަރކުރަނީ

ގޭންގުތައް ހަރަކާތްތެރިވާ 25 ސަރަހައްދެއް 24 ގަޑިއިރު މޮނިޓަރކުރަނީ

1 ދުވަސް ކުރިން - 17:20

ޒުވާނުން ޖަލަށްލުމުގެ ބަދަލުގައި ވަޒީފާއާއި ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށްދެނީ: މިނިސްޓަރު އިހުސާން

ޒުވާނުން ޖަލަށްލުމުގެ ބަދަލުގައި ވަޒީފާއާއި ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށްދެނީ

1 ދުވަސް ކުރިން - 17:18

ޤަވާއިދާޚިލާފަށް ހިންގާ ބޮޑެތި ޓީޓީތަކުގެ ސައްހަކަން ބަލަނީ!

ޤަވާއިދާޚިލާފަށް ހިންގާ ބޮޑެތި ޓީޓީތަކުގެ ސައްހަކަން ބަލަނީ!

4 ދުވަސް ކުރިން - 19:07