Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފާއިތުވި 3 އަހަރު 1.3 ޓަނުގެ މަސްތުވާތަކެތި އަތުލައި 508 އޮޕަރޭޝަން ހިންގައިފި: ވަޒީރު އިހްސާން

ފާއިތުވި 3 އަހަރު 1.3 ޓަނުގެ މަސްތުވާތަކެތި އަތުލައި 508 އޮޕަރޭޝަން ހިންގައިފި: ވަޒީރު އިހްސާން

ފާތިމަތު އަނަން މުހައްމަދު
3 ގަޑިއިރު ކުރިން - 19 ސެޕްޓެންބަރު 2026 11:18
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން
ޚުލާސާ

މިއީ ދިވެހިރާއްޖޭގެ ތާރީހުގައި މިފަދަ ކުރު މުއްދަތެއްގެ ތެރޭގައި ހޯދުނު ފުރަތަމަ ފަހަރުގެ ކާމިޔާބީއެއް. މި އޮޕަރޭޝަންތަކާ ގުޅިގެން މަސްތުވާތަކެތީގެ ވިޔަފާރިން ލިބުނު ނުޙައްގު ފައިސާއާ ގުޅޭގޮތުން 23 މައްސަލައެއް މަނީ ލޯންޑަރިންގެ ކުށުގެ ދަށުން ތަހުގީގުކޮށްފައިވޭ.

ރާއްޖެއިން މަސްތުވާތަކެތީގެ ނެޓްވޯކްތައް ނައްޓާލައި، އެ ވަބާއިން ގައުމު ސަލާމަތް ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ފާއިތުވި 3 އަހަރު ދުވަހުގެ ތެރޭގައި 508 ޓާގެޓެޑް އޮޕަރޭޝަން ހިންގާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިކަން ހާމަކުރެއްވީ ޕީއެންސީގެ މަތީމަޖިލީހުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކާއި ހޯދާފައިވާ ކާމިޔާބީތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުންނެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި، މި އޮޕަރޭޝަންތަކުގެ ތެރެއިން ޖުމްލަ 1,327 ކިލޯގްރާމުގެ މަސްތުވާތަކެތި ވަނީ އަތުލައިގަނެވިފައެވެ. އަދި މި ތަކެތީގެ މަގުމަތީ އަގު (ސްޓްރީޓް ވެލިއު) ގާތްގަނޑަކަށް 1.4 ބިލިއަން ދިވެހި ރުފިޔާއަށް އަރާކަން ފާހަގަކުރެއްވިއެވެ.

މިއީ ދިވެހިރާއްޖޭގެ ތާރީހުގައި މިފަދަ ކުރު މުއްދަތެއްގެ ތެރޭގައި ހޯދުނު ފުރަތަމަ ފަހަރުގެ ކާމިޔާބީއެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

Advertisement

Advertisement 1

މީގެ އިތުރުން، މި ފުޅާ އޮޕަރޭޝަންތަކާ ގުޅިގެން ހިންގުނު ތަހުގީގުތަކުން، މަސްތުވާތަކެތީގެ ވިޔަފާރިން ލިބުނު ނުހައްގު ފައިސާ ދައުރުކުރުމުގެ 23 މައްސަލައެއް (މަނީ ލޯންޑަރިންގެ ކުށުގެ ދަށުން) ވަރަށް ގާތުން ބަލައި ތަހުގީގުކޮށްފައިވާ ކަމަށްވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.

މިއިން ދައްކުވައިދެނީ ހަމައެކަނި މަސްތުވާތަކެތި އަތުލައިގަތުމުގެ ބަދަލުގައި، އެ ވިޔަފާރީގެ އަޑީގައި ތިބެގެން މާލީ މަންފާ ހޯދާ ފަރާތްތަކަށްވެސް ގާނޫނީ ގޮތުން ފިޔަވަޅު އެޅެމުންދާކަމެވެ.

މިނިސްޓަރު އަލީ އިހުސާން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގަވާއިދާ ހިލާފަށް ރާބާލައިގެން ވިއްކަމުންދިޔަ ފަރާތްތަކުގެ ޕަރމިޓް ކެންސަލްކޮށް، 16،852 ރާފުޅި އަތުލައިގަނެފި

ރާބާލައިގެން ވިޔަފާރިކުރާ ފަރާތްތަކުގެ ޕަރމިޓް ކެންސަލްކޮށް، 16،852 ރާފުޅި އަތުލައިގަނެފި

1 ގަޑިއިރު ކުރިން - 13:40

މަސްތުވާތަކެތި ބޭނުންކުރަމުންދިޔަ 11 ތަނެއް ބަންދުކޮށްފި؛ ނޮވެންބަރު މަހުގެ ކުރިން މާލެތެރެއިން އެފަދަ ތަންތަން މުޅިން ނައްތާލަނީ

މަސްތުވާތަކެތި ބޭނުންކުރަމުންދިޔަ 11 ތަނެއް ބަންދުކޮށްފި

3 ގަޑިއިރު ކުރިން - 11:41

ގޭންގު ކުށްތައް ހުއްޓުވަން ގެނައި ގާނޫނީ ބަދަލުތަކާއެކު މާރާމާރީތަކުގައި މީހުން މަރުވުން ހުއްޓުވިއްޖެ: މިނިސްޓަރ އަލީ އިހުސާން

މާރާމާރީތަކުގައި މީހުން މެރުން ހުއްޓުވިއްޖެ - އިހުސާން

1 ދުވަސް ކުރިން - 17:26

ގޭންގުތައް ހަރަކާތްތެރިވާ 25 ސަރަހައްދެއް 24 ގަޑިއިރު މޮނިޓަރކުރަނީ

ގޭންގުތައް ހަރަކާތްތެރިވާ 25 ސަރަހައްދެއް 24 ގަޑިއިރު މޮނިޓަރކުރަނީ

1 ދުވަސް ކުރިން - 17:20

ޒުވާނުން ޖަލަށްލުމުގެ ބަދަލުގައި ވަޒީފާއާއި ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށްދެނީ: މިނިސްޓަރު އިހުސާން

ޒުވާނުން ޖަލަށްލުމުގެ ބަދަލުގައި ވަޒީފާއާއި ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށްދެނީ

1 ދުވަސް ކުރިން - 17:18

ޤަވާއިދާޚިލާފަށް ހިންގާ ބޮޑެތި ޓީޓީތަކުގެ ސައްހަކަން ބަލަނީ!

ޤަވާއިދާޚިލާފަށް ހިންގާ ބޮޑެތި ޓީޓީތަކުގެ ސައްހަކަން ބަލަނީ!

4 ދުވަސް ކުރިން - 19:07