Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސެންޓްރަލް ޖަލު ތަރައްޤީކުރާނީ ބައިނަލްއަޤުވާމީ ފެންވަރުގައި: އިހުސާން

ސެންޓްރަލް ޖަލު ތަރައްޤީކުރާނީ ބައިނަލްއަޤުވާމީ ފެންވަރުގައި: އިހުސާން

އަައިޝަތު ޒީނާ
397 ދުވަސް ކުރިން - 19 ޖޫން 2025 13:20
އެކި ރަށްރަށުގައި ޖަލުތައް ހިންގުމަކީ ހަރަދުބޮޑުކަމެއް ކަމަށް އިހުސާން ވިދާޅުވި.
އެކި ރަށްރަށުގައި ޖަލުތައް ހިންގުމަކީ ހަރަދުބޮޑުކަމެއް ކަމަށް އިހުސާން ވިދާޅުވި.
ޚުލާސާ

އިހުސާން ވިދާޅުވީ ސެންޓްރަލް ޖަލުން ފެންވަރު ރަނގަޅު ޚިދުމަތް ދިނުމުގެ މަޤުޞަދަކީ ޖަލު ހުކުމް ނިންމާފައި ނުކުންނަ މީހާއަކީ މުޖުތަމަޢު ބަލައިގަންނަ މީހަކަށް ހެދުން ކަމަށް.

ރާއްޖޭގެ ހުރިހާ ޖަލުތަކެއް އެއްކޮށްލައި އުތުރު ތިލަފަޅުގައި ހަދަން ނިންމާފައިވާ ސެންޓްރަލް ޖަލު ތަރައްޤީކުރާނީ ބައިނަލްއަޤުވާމީ ފެންވަރުގައި ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވަޒީރު އަލި އިހުސާން ވިދާޅުވެއްޖެއެވެ.

އިހުސާން މިފަދައިން ވިދާޅުވީ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުންނެވެ.

އެކި ރަށްރަށުގައި ޖަލުތައް ހަދައިގެން ގައިދީން ގެންގުޅުމަކީ ޚަރަދުބޮޑު ކަމެކެވެ. އެހެންކަމުން ސަރުކާރުން ނިންމާފައިވަނީ އުތުރު ތިލަފަޅުގައި ސެންޓްރަލް ޖަލެއް ތަރައްޤީކުރުމަށެވެ.

Advertisement

Advertisement 1

އިހުސާން ވިދާޅުވީ ރާއްޖޭގެ އެކި ރަށްރަށުގައި ޖަލުތައް ހިންގުމަކީ ވަރަށް ޚަރަދު ބޮޑު އަދި އުނދަގޫ ކަމެއް ކަމަށާއި، ސެންޓްރަލް ޖަލު ތަރައްޤީކުރެވިގެން ދިޔުމުން ޖަލުތަކަށް ކުރާ ޚަރަދުގެ %40 ކުޑަ ކުރެވޭނެ ކަމަށެވެ.

އިހުސާން ވިދާޅުވީ ސެންޓްރަލް ޖަލު ތަރައްޤީކުރެވިގެންދާނީ ފަރުވާއާއި، ދޭ ޚިދުމަތްތައްވެސް ބައިނަލްއަޤުވާމީ ފެންވަރުގައި ކަމަށެވެ. އަދި ރިހެބިލިޓޭޝަނާއި ކަރެންޝަންސްގެ ޚިދުމަތްވެސް އެންމެ ރަނގަޅަށް އެތަނުގައި ތަރައްޤީކުރާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ ސެންޓްރަލް ޖަލުން ފެންވަރު ރަނގަޅު ޚިދުމަތް ދިނުމުގެ މަޤުޞަދަކީ ޖަލު ހުކުމް ނިންމާފައި ނުކުންނަ މީހާއަކީ މުޖުތަމަޢު ބަލައިގަންނަ މީހަކަށް ހެދުން ކަމަށެވެ.

ކުށްކުރާ މީހުންނާއި ކުދިންވެސް ކުށުގެ ވެށިން ދުރުކޮށް، އެމީހުން ހަރުދަނާކުރުމަށް ސަރުކާރުން އަންނަނީ މުހިންމު ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން "ހޯޕް އައިލެންޑް" ގެ ނަމުގައި އުތުރު ތިލަފަޅުގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ މަޝްރޫޢު ފާހަގަކޮށްލެވެއެވެ. އެ މަޝްރޫޢުގެ ދަށުން ކުދިން ރިހެބިލިޓޭޓްކޮށް، 18 އަހަރުވުމުން ފުލުހުން ނުވަތަ ސިފައިންގެ ޚިދުމަތަށް ވެއްދުމާއި، ވަކި މުއްދަތަކަށްފަހު އެ ކުދިން ބޭނުންވާ ދާއިރާތަކަށް ނިކުތުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޯލޮޖީމިނިސްޓަރު އަލީ އިހުސާން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގޭންގުތަކުން ރަށުތެރޭގެ އަމަންނަގާލުން ބޮޑުތަނުން ކޮންޓްރޯލްކުރެވިއްޖެ: އިހުސާން

ގޭންގުތަކުން ރަށުތެރޭގެ އަމަންނަގާލުން ބޮޑުތަނުން ކޮންޓްރޯލްކުރެވިއްޖެ: އިހުސާން

22 ދުވަސް ކުރިން - 09:03

އަޅުގަނޑާ ބެހޭގޮތުން ޝަމްއާން ހެއްދެވީ އެއްވެސް ސާބިތުކަމެއް ނުހިފޭ ދޮގުތަކެއް: އިހުސާން

އަޅުގަނޑާ ބެހޭގޮތުން ޝަމްއާން ހެއްދެވީ އެއްވެސް ސާބިތުކަމެއް ނުހިފޭ ދޮގުތަކެއް: އިހުސާން

41 ދުވަސް ކުރިން - 11:09

އއ. ފެރިދޫގައި ފުލުހުންގެ އައު އިމާރާތް ހުޅުވައިފި

އއ. ފެރިދޫގައި ފުލުހުންގެ އައު އިމާރާތް ހުޅުވައިފި

49 ދުވަސް ކުރިން - 07:07

ދުންފަތުގެ ޑިއުޓީ ކުޑަކުރުމާމެދު ސަރުކާރުން މަޝްވަރާ ފަށައިފި

ދުންފަތުގެ ޑިއުޓީ ކުޑަކުރުމާމެދު ސަރުކާރުން މަޝްވަރާ ފަށައިފި

51 ދުވަސް ކުރިން - 17:38

ދުންފަތުގެ އިސްތިއުމާލުކުރާ މީހުން މަދުކުރުމަށް 5 އަހަރުގެ ގައުމީ ކެމްޕެއިނެއް އިފްތިތާހުކޮށްފި

ދުންފަތުގެ އިސްތިއުމާލުކުރާ މީހުން މަދުކުރުމަށް 5 އަހަރުގެ ގައުމީ ކެމްޕެއިނެއް އިފްތިތާހުކޮށްފި

51 ދުވަސް ކުރިން - 17:03

ޝަހުޒާން އާއި ލީވާން ޖަލު ގޮޅިއަށް ފޯނު ވެއްދި މައްސަލަ ފުލުހުން ބަލަން ފަށައިފި

ޝަހުޒާން އާއި ލީވާން ޖަލު ގޮޅިއަށް ފޯނު ވެއްދި މައްސަލަ ބަލަނީ

54 ދުވަސް ކުރިން - 12:12