Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ދިވެހި ޑޮކްޓަރުންނަށް ދަރިމައިވުމާ ގުޅޭ ތަމްރީނު ސްކޮލަރޝިޕްތަކެއް ދެނީ

ދިވެހި ޑޮކްޓަރުންނަށް ދަރިމައިވުމާ ގުޅޭ ތަމްރީނު ސްކޮލަރޝިޕްތަކެއް ދެނީ

އައިޝަތު ރުވާ ރިފްޢަތު
447 ދުވަސް ކުރިން - 19 ޖޫން 2025 00:18
ފަސްޓްލޭޑީ ސާޖިދާ މުހައްމަދު މެކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމްއެފްއެފްއެލްއައި)ގެ ހަތްވަނަ ސަމިޓުގައި ވާހަކަފުޅު ދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް
ފަސްޓްލޭޑީ ސާޖިދާ މުހައްމަދު މެކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމްއެފްއެފްއެލްއައި)ގެ ހަތްވަނަ ސަމިޓުގައި ވާހަކަފުޅު ދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރާއްޖޭގައި އަގުހެޔޮ އަދި ފެންވަރު ރަނގަޅު ޞިއްޙީ ނިޒާމެއް ޤާއިމުކުރުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށް ފަސްޓްލޭޑީ ސާޖިދާ ވިދާޅުވި.

ދިވެހި ޑޮކްޓަރުންނަށް ދަރިމައިވުމާ ގުޅޭ ތަމްރީނު ސްކޮލަރޝިޕްތަކެއް ހަމަޖެހިފައިވާ ކަމަށް ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ހާމަކުރައްވައިފިއެވެ.

ސާޖިދާ މިފަދައިން ވިދާޅިވީ ދުބާއީގައި ކުރިޔަށް ގެންދިޔަ މެކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމްއެފްއެފްއެލްއައި)ގެ ހަތްވަނަ ސަމިޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސާޖިދާ ވިދާޅުވީ ދަރިމައިވުމާ ގުޅޭ ދާއިރާތަކަށް ހާއްސަ ޑޮކްޓަރުން މަދުވުމުގެ ދަތިކަން ރާއްޖޭގައި ދިމާވެފައިވާ ކަމަށާއި މި މައްސަލަ ހައްލުކުރުމަށް ދިވެހި ޑޮކްޓަރުންނަށް އެ ދާއިރާއިން ސްކޮލާޝިޕްތައް ހަމަޖެހިފައިވާ ކަމަށެވެ. އަދި ރާއްޖޭގައި އަގުހެޔޮ އަދި ފެންވަރު ރަނގަޅު ސިއްހީ ނިޒާމެއް ޤާއިމުކުރުމަށް މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވަމުން، ސިއްހީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ދިގު މުއްދަތުގެ ޓެކްނިކަލް ޕާޓްނަޝިޕްތައް ގާއިމުކުރުމަށް ޝައުގުވެރިކަން ހުރިކަމަށްވެސް ވިދާޅުވިއެވެ.

Advertisement

Advertisement 1

މީގެ އިތުރުން، ދިމާވާ ގިނަ ސިއްހީ މައްސަލަތައް ހައްލުކުރުމަށް މުޖުތަމައުގެ ހޭލުންތެރިކަން އިތުރުކުރުމަށާއި ކެންސަރު ސްކްރީނިން އާއި ނަފްސާނީ ސިއްހަތާއި ގުޅުންހުރި ހިދުމަތްތައް ރަނގަޅުކުރުމުގެ އިތުރުން ސިއްހީ ދާއިރާގައި އަންހެނުންގެ ލީޑާޝިޕަށް އެހީތެރިވުމާއި ގުޅޭގޮތުން ސާޖިދާ ވާހަކަފުޅުދައްކަވާފައިވެއެވެ.

ސާޖިދާ ވަނީ މެކް ފައުންޑޭޝަނުގެ "މޯ ދެން އަ މަދާ" ކެމްޕެއިނުގެ އެމްބެސެޑަރަކަށް ހަމަޖެހިވަޑައިގެންފައެވެ. އަދި މީގެ ކުރިން މި ފައުންޑޭޝަނާ ގުޅިގެން ދަރިމައިވުމާ ގުޅޭ މައްސަލަތަކާއި، ޖިންސީ ތަފާތުކުރުންތަކާ ގުޅޭ އަނިޔާއާއި، އަންހެނުން ބާރުވެރިކުރުވުމާއި، އަދި ހަކުރު ބައްޔާއި ހައިޕަޓެންޝަން ފަދަ މައްސަލަތަކަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ހިންގާފައިވާ ކަމަށްވެސް ސާޖިދާ ވިދާޅުވިއެވެ.

މި ސަމިޓަކީ އެފްރިކާ އަދި އޭޝިޔާގެ ޤައުމުތަކުގެ ފަސްޓް ލޭޑީން ބައިވެރިވެވަޑައިގަންނަވާ ދެ ދުވަހުގެ ސަމިޓެކެވެ.

މެޑަމް ސާޖިދާ މުހައްމަދު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

"ވިލުންތެރި ކަނބަލުން": އަންހެނުން ބާރުވެރިކުރުވުމުގެ ހާއްސަ ޕްރޮގުރާމު ނިންމާލައިފި

"ވިލުންތެރި ކަނބަލުން": އަންހެނުން ބާރުވެރިކުރުވުމުގެ ހާއްސަ ޕްރޮގުރާމު ނިންމާލައިފި

12 ދުވަސް ކުރިން - 11:00

މުސްލިމުން ތަޢުލީމު އުނގެނެނީ ދީނާއި އާއިލާ އަދި ޤައުމުގެ ޙައްޤުގައި: ފަސްޓް ލޭޑީ

މުސްލިމުން ތަޢުލީމު އުނގެނެނީ ދީނާއި އާއިލާ އަދި ޤައުމުގެ ޙައްޤުގައި: ސާޖިސާ

80 ދުވަސް ކުރިން - 00:19

ޕީއެންސީއަށް ދ. މީދޫން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރައީސްގެ ދެކަނބަލުން އެރަށަށް ވަޑައިގެންފި

ޕީއެންސީއަށް މީދޫން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރައީސްގެ ދެކަނބަލުން އެރަށަށް ވަޑައިގެންފި

87 ދުވަސް ކުރިން - 18:45

ނޭވާހިއްލުމުގެ ބަލި މެނޭޖްކުރުމުގައި އިސްނަގައިގެން މަސައްކަތްކުރުމަށް މެޑަމް ސާޖިދާ އިލްތިމާސް ކުރައްވައިފި

ނޭވާހިއްލުމުގެ ބަލި މެނޭޖްކުރުމުގައި އިސްނަގައިގެން މަސައްކަތްކުރުމަށް އިލްތިމާސްކުރައްވައިފި

123 ދުވަސް ކުރިން - 16:12

ކޮލަމްބޯ ނޭޝަނަލް މިއުޒިއަމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޒިޔާރަތްކުރައްވައިފި

ކޮލަމްބޯ ނޭޝަނަލް މިއުޒިއަމަށް ރައީސްގެ ދެކަނބަލުން ޒިޔާރަތްކުރައްވައިފި

127 ދުވަސް ކުރިން - 15:25

ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ލަންކާއަށް ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ލަންކާއަށް ފުރާވަޑައިގެންފި

129 ދުވަސް ކުރިން - 16:02