Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ނަޝީދު އެމްޑީޕީން ބޭރުކުރުމަށްފަހު ސޯލިހް އުނބަށް ޖަހައިފި

ނަޝީދު އެމްޑީޕީން ބޭރުކުރުމަށްފަހު ސޯލިހް އުނބަށް ޖަހައިފި

ހުސައިން އިސްމާއިލް
402 ދުވަސް ކުރިން - 19 ޖޫން 2025 10:38
ކުރީގެ ދެރައީސުން ކަމަށްވާ ރައީސް ނަޝީދާއި (ވ) ރައީސް އިބޫ މީގެ ކުރިން އެކުގައި ނަންގަވާފައިވާ ފޮޓޯއެއް. މި ދެބޭފުޅުންގެ ދެމެދުގައި ބޮޑެތި މައްސަލަތަކާއި ފިތުނަތައް އަދިވެސް އެބަހުރި.
ކުރީގެ ދެރައީސުން ކަމަށްވާ ރައީސް ނަޝީދާއި (ވ) ރައީސް އިބޫ މީގެ ކުރިން އެކުގައި ނަންގަވާފައިވާ ފޮޓޯއެއް. މި ދެބޭފުޅުންގެ ދެމެދުގައި ބޮޑެތި މައްސަލަތަކާއި ފިތުނަތައް އަދިވެސް އެބަހުރި.
ޚުލާސާ

ވަރަށް ހިތްދަތިކޮށް ނަޝީދު ބޭރުކޮށްލުމަށްފަހު، އެމަނިކުފާނު އެނބުރި އައުމުން ޞޯލިޙް ވަނީ މަރުޙަބާ ވިދާޅުވެފަ. ރިޔާސީ އިންތިޚަބުގައި މި ދެބޭފުޅުންވެސް ވާދަކުރައްވާނެ ކަމަށް ޚަބަރުތައް ބުނޭ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބޭރުކުރުމަށްފަހު، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞަލިޙް އުނބަށް ޖައްސަވައިފިއެވެ. ނަޝީދު އާއި އަދި އޭނާގެ ޕާޓީ ކަމުގައިވާ ދަ ޑިމޮކްރެޓްސް އިން އެމްޑީޕީއާއި ގުޅުމަށް ނިންމީ ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމަށް ކަމަށް ބުނެއެވެ. މި ދެޕާޓީގައި ތިބީ އެއްބަޔަކު އަނެއް ބަޔަކާއި ދެމެދު “ސިއްކަ ޖަހާފައިވާ” ސިޔާސީ ހަތުރުންނެވެ.

2023 ވަނަ އަހަރު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ބަލިވުމަށްފަހު ނަޝީދު އެމްޑީޕީ ދޫކޮށްލި ހިނދު، އޭނާއަށް ފާޑުކިޔުންތަކެއް އަމާޒުވިއެވެ. ޑިމޮކްރެޓިކް ނިޒާމަށް ފުރަގަސްދީ، އެމްޑީޕީއާއި ވަކިވެގެން ދިޔަ ކަމަށް ބުނެ ގިނަ ބަޔަކު ފާޑުކިޔައި އުޅުނެވެ. އޭނާގެ އައު ޕާޓީ، ދަ ޑިމޮކްރެޓްސްއިން އޭރުގެ އެމްޑީޕީގެ ކެންޑިޑޭޓް އަދި އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް ޞޯލިހާއި ސީދާ ޖައްސައިލިއެވެ. އަދި ޞޯލިޙްގެ “ކަރުގައި ވާފަށެއް ޖައްސަވައި” “ގަންހިންގަން” މަސައްކަތްކުރިއެވެ. ޞޯލިޙަކީ ހިލޭ އަންހެނުންނާއެކު ޒިނޭ ކުރާ ބޭފުޅެއް ކަމަށް ދޭހަވާ ގޮތަށް ވާހަކަ ފަތުރައި އެކަމުގެ ހެކި އެބަހުރި ކަމަށާއި، ފޯނުގައި އެ ފޮޓޯތައް ހުރި ކަމަށް ނަޝީދު ވިދާޅުވިއެވެ.

މިކަން މިމަގުން ހިނގީ ނަޝީދު ނަފްސާނީ ގޮތުން ބަލިކަށި ކޮށްލުމަށްޓަކައި އޭނާގެ ކޮއްކޯފުޅު ނާޒިމް ޢަބްދުއްސައްތާރު ލިވާޠުކުރި މައްސަލައިގައި ހައްޔަރުކޮށް ފަޟީޙަތްކުރުމުގެ ސަބަބުން ކަމަށް ބެލެވެއެވެ. ނާޒިމްގެ “ދުއްވާލާފައިވަނީ” ސީދާ އެމްޑީޕީގެ މަތީ ފަޑިން ކަމަށް އޭރު ވެސް ތުހުމަތު ކުރިއެވެ. މިކަންކަން މިހެން ހުރުމުގެ އިތުރުން ނަޝީދު އަވަހާރަ ކޮށްލުމަށް ސީދާ އިބޫއާއި މާރިޔާ މަސައްކަތްކޮށްފައިވާ ކަމަށް ދޭހަވާ ގޮތަށް ނަޝީދުގެ އަރިސް މީހުން ޤަބޫލުކުރެއެވެ. އަދި އެކަމާއި ގުޅޭ މީގެ ކުރިން ނުދައްކާ ވާހަކަތައް ކުރިޔަށް އޮތް ރިޔާސީ ޕޯޑިއަމްތަކުގައި ދައްކަވާނެ ކަމަށް ޚުލާޞައަށް ވަނީ ދަ ޑިމޮކްރެޓްސްގެ ކަށަވަރު މަޞްދަރަކުން މަޢުލޫމާތު ލިބިފައެވެ.

Advertisement

Advertisement 1

ރައީސް ނަޝީދަށް އެމްޑިޕީން ޖެއްސި ޙާލުގެ ސަބަބުން އޭނާގެ ދަ ޑިމޮކްރެޓްސް އިން ސީދާ ޞޯލިޙާއި ދެކޮޅަށް ވަކި ރިޔާސީ ކެންޑިޑޭޓަކު ނެރުނެވެ. އެކަމުގެ ސަބަބުން އެމްޑީޕީގެ ވޯޓު ބޭސް ބަލިކަށިވިއެވެ.

ނަޝީދު އެމްޑީޕީން ބޭރުކޮށްލެއްވި (އޭނާގެ ކުރީގެ އެންމެ ގާތް އެކުވެރިޔާ) ޞޯލިޙް، އުނބަށް ޖައްސަވަމުން އެކްސް ގައި ޝާއިޢުކުރި ޕޯސްޓެއްގައި ވަނީ ތިމަންމަނިކުފާނާއި މެދު މައްސަލައެއް އޮތްކަމުގައިވިޔަސް، އަމިއްލަ މައްސަލަތައް ވަކިކޮށްލެވިދާނެ ކަމަށާއި. މިއީ ނަޝީދު ވެސް އަލުން ތިމަންމަނިކުފާނާއި ގުޅެންވީ ވަގުތު ކަމަށް ވިދާޅުވެފައެވެ.

އެމްޑީޕީގެ އިސް ފަރާތްތަކުން ވެސް، މިސާލަކަށް ފައްޔާޟް އިސްމާޢީލް ފަދަ ބޭފުޅުން ވަނީ ނަޝީދުގެ މި އެނބުރި އައުމަށް މަރުހަބާ ވިދާޅުވެފައެވެ. އެހެންނަމަވެސް، އެންމެ ފަހުގެ މަޢުލޫމާތުން އެނގޭ ގޮތުގައި ރިޔާސީ އިންތިޚާބުގައި ކުރިމަތިލެއްވުމުގެ ޝައުޤުވެރިކަން ނަޝީދު ވެސް، ފައްޔާޟް ވެސް، އަދި ޝާހިދާއި ޞޯލިޙުގެ ވެސް އެބަހުއްޓެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްރައީސް މުޙައްމަދު ނަޝީދުއެމްޑީޕީދަ ޑިމޮކްރެޓްސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބިދޭސީންގެ މައްސަލައިގެ ޒިންމާ ނަގަންޖެހޭ ބަޔަކީ އެމްޑީޕީ: ޝާޒް

ބިދޭސީންގެ މައްސަލައިގެ ޒިންމާ ނަގަންޖެހޭ ބަޔަކީ އެމްޑީޕީ: ޝާޒް

4 ދުވަސް ކުރިން - 13:19

އެމްޑީޕީން މާލީ ބަޔާން ހުށަނޭޅުމުން ޖޫރިމަނާ ކޮށްފި

އެމްޑީޕީން މާލީ ބަޔާން ހުށަނޭޅުމުން ޖޫރިމަނާ ކޮށްފި

4 ދުވަސް ކުރިން - 12:49

ފައްޔާޒް އިސްމާއީލާ ގުޅޭ ކޮރަޕްޝަނާއި، މަސްލަހަތު ފުށުއެރުމާއި، އިތުރު މައްސަލަތަކުގެ ފުރިހަމަ ދިރާސާއެއް

ފައްޔާޒާ ގުޅޭ ކޮރަޕްޝަނާއި، މަސްލަހަތު ފުށުއެރުމާއި، އިތުރު މައްސަލަތަކުގެ ފުރިހަމަ ދިރާސާއެއް

8 ދުވަސް ކުރިން - 05:40

ތިންރައީސުން ހެދި އިއްތިހާދު ކުރިޔަކަށް ނުކަނޑާ

ތިންރައީސުން ހެދި އިއްތިހާދު ކުރިޔަކަށް ނުކަނޑާ

21 ދުވަސް ކުރިން - 23:29

އަންނިއަށް ޝުޖާއު: “ކޮންމެވެސް ވަރެއްގެ ލަދުހަޔާތް ވެސް ހުންނަންވާނެ”

އަންނިއަށް ޝުޖާއު: “ކޮންމެވެސް ވަރެއްގެ ލަދުހަޔާތް ވެސް ހުންނަންވާނެ”

39 ދުވަސް ކުރިން - 09:19

ބުރާސްފަތި ދުވަހު ގައުމުގައި “ހަމަނުޖެހުން” ހިންގަން ނުކުތުމަށް ނަޝީދު އެދިއްޖެ

ބުރާސްފަތި ދުވަހު ގައުމުގައި “ހަމަނުޖެހުން” ހިންގަން ނުކުތުމަށް ނަޝީދު އެދިއްޖެ

40 ދުވަސް ކުރިން - 10:24