އީރާނަށް ޙަމަލާދިނުމާއި ދެކޮޅަށް އެމެރިކާގައި މުޒާހަރާ ފަށައިފި

ޖަވާދު | 4 ގަޑިއިރު ކުރިން - 19 ޖޫން 2025 08:52
އީރާނު ހަނގުރާމައާއި ދެކޮޅަށް ނިއުޔޯކުގައި ކުރަމުންދާ މުޒާހަރާގެތެރެއިން / ފޮޓޯ: ސޯޝަލް މީޑިއާ
އީރާނު ހަނގުރާމައާއި ދެކޮޅަށް ނިއުޔޯކުގައި ކުރަމުންދާ މުޒާހަރާގެތެރެއިން / ފޮޓޯ: ސޯޝަލް މީޑިއާ
ޚުލާސާ

ހަމަލާތައް ވަރުގަދަކުރަން ޓްރަމްޕް ގޮވާލާފައިވާ ދަނޑިވަޅުގައި، އީރާނަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓަލުމަށް ގޮވާލައި ނިއު ޔޯކުގައި މުޒާހަރާ ކުރަނީ.

އިޒައެނިސްޓުން އީރާނަށް ދެމުންދާ މިސައިލް އަދި ވައިގެ ހަމަލާތަކާ ދެކޮޅަށް އެމެރިކާގެ ނިއުޔޯކުގައި މުޒާހަރާ ކުރަން ފަށައިފިއެވެ.

އަލް ޖަޒީރާގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، މުޒާހަރާކުރި މީހުން ނިއު ޔޯކުގެ މަޝްހޫރު މައިދާންތަކުގައި އެއްވެ، ގޮވަމުން ދިޔައީ އީރާނަށއ ޙަމަލާ ނުދިނުމަށާއި ވަގުތުން ހަނގުރާމަ ހުއްޓާލުމަށެވެ.

އެމެރިކާގައި މި ހަނގުރާމައާއި ދެކޮޅަށް މުޒާހަރާބކުރަމުންދާއިރު ދާދިފަހުން އެޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޙަމަލާތައް ވަރުގަދަ ކުރުމަށް އިސްރާއީލަށް ގޮވާލާފައެވެ.

މިހާތަނަށް މިހަނގުރާމައިގައި އިސްރާއީލަށް ވެސް ބޮޑެތި ގެއްލުންތައް ވަނީ ވެފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%