Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

ސިއްޙަތު

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރާ އިންސްޕެކްޓަރުން އުސޫލާ ހިލާފުވެއްޖެނަމަ 100,000 ރުފިޔާއިން ޖޫރިމަނާކުރަނީ

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރާ އިންސްޕެކްޓަރުން އުސޫލާ ހިލާފުވެއްޖެނަމަ 100,000 ރުފިޔާއިން ޖޫރިމަނާކުރަނީ

މި ގަވާއިދުގެ ދަށުން އިންސްޕެކްޓަރުންނަށް ބޮޑެތި ބާރުތަކެއް ވަނީ ދީފަ. ގަވާއިދާ ހިލާފުވާ އިންސްޕެކްޓަރުން ކުރާ ފުރަތަމަ ކުށަށް 5,000 ރުފިޔާއިން ޖޫރިމަނާކުރާއިރު، ކުށް ތަކުރާރުވާ މިންވަރަށް ބަލައި ޖޫރިމަނާގެ އަދަދު 100,000 ރުފިޔާއާ ހަމައަށް ބޮޑުވެގެންދާނެ.

87 ދުވަސް ކުރިން - 16:15

ބޭހާބެހޭ ގަވާއިދާ ހިލާފުވާ ފަރާތްތައް 100،000 ރުފިޔާއިން ޖޫރިމަނާކުރަނީ

ބޭހާބެހޭ ގަވާއިދާ ހިލާފުވާ ފަރާތްތައް 100،000 ރުފިޔާއިން ޖޫރިމަނާކުރަނީ

މި ގަވާއިދުގެ ދަށުން، ގަވާއިދާ ހިލާފުވާ ފަރާތްތަކުގެ ލައިސަންސް 14 ދުވަހާއި އެއް އަހަރާ ދެމެދުގެ މުއްދަތަކަށް ހިފެހެއްޓުމުގެ ނުވަތަ ދާއިމީކޮށް ބާތިލުކުރުމުގެ އިހްތިޔާރު އެމް.އެފް.ޑީ.އޭ އަށް ލިބިގެންވޭ. ގަވާއިދަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އެމް.އެފް.ޑީ.އޭ އިން ހުއްދަދެވިފައިވާ ބޭސްތަކުގެ ދަފްތަރެއް ޝާއިއިކުރަންވާނެ.

87 ދުވަސް ކުރިން - 15:28

އަމްރިތާ އާއި އާސަންދައާ ދެމެދު ވެފައިވާ އެއްބަސްވުން އާކުރަނީ

އަމްރިތާ އާއި އާސަންދައާ ދެމެދު ވެފައިވާ އެއްބަސްވުން އާކުރަނީ

އެއްބަސްވުން އާކުރަމުންދާތީ މި މުއްދަތުގެ ތެރޭގައި އަލަށް އެ ހޮސްޕިޓަލަށް ފޮނުވާ ބަލިމީހުންގެ ކަންކަން މަޑުޖައްސާލާފައިވާ ކަމަށް އެ ކުންފުނިން މައުލޫމާތު ދޭ. އާ ބަލިމީހުން ފޮނުވަން ފެށޭނީ އެއްބަސްވުން އާކޮށް ނިމުމުން ކަމަށްވާއިރު، އެ މަސައްކަތް ނިމި ހިދުމަތް އަލުން ފެށޭނެ ވަކި ތާރީހެއް އާސަންދައިން ހާމަނުކުރޭ.

99 ދުވަސް ކުރިން - 23:25

އޭޑީކޭގައި ފަރުވާދެމުންދާ ކުއްޖަކަށް (+AB) ލޭ ހޯދުމަށް އެހީތެރިކަމަށް އެދިއްޖެ

އޭޑީކޭގައި ފަރުވާދެމުންދާ ކުއްޖަކަށް (+AB) ލޭ ހޯދުމަށް އެހީތެރިކަމަށް އެދިއްޖެ

ނާހިލްގެ ފަރުވާއަށްޓަކައި މިވަގުތު ޖުމްލަ 4 ޑޯނަރުން (ލޭ ހަދިޔާކުރާނެ މީހުން) ބޭނުންވޭ. ލޭ ހަދިޔާ ކުރެވޭނެ އިންތިޒާމެއް ހަމަޖައްސަވައިދެއްވޭނެ ފަރާތްތަކުން، އެ ކުއްޖާގެ އާއިލާގެ ނަންބަރު 9917868 އަށް ގުޅުއްވުމަށް އެދެން.

100 ދުވަސް ކުރިން - 01:24

ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ހެދުމަށް ހަ ކުއްޖަކު އިންޑިއާއަށް ފުރަނީ

ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ހެދުމަށް ހަ ކުއްޖަކު އިންޑިއާއަށް ފުރަނީ

މިއީ މިއަހަރު ފޮނުވާ ފުރަތަމަ ގްރޫޕު. މިކަމަށް ޒަކާތު ފަންޑުން 2.5 މިލިއަން ރުފިޔާ އެންސްޕާއަށް ވަނީ ޖަމާކޮށްފަ. އިތުރު 4 ކުއްޖަކު ފޮނުވުމުގެ މަސައްކަތް ކުރަމުންދާއިރު، 2024 އިން ފެށިގެން މި ފަރުވާއަށް ޒަކާތު ފަންޑުން 23 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ހަރަދުކޮށްފަ.

102 ދުވަސް ކުރިން - 22:51

ހިމަބިހި ކޮންޓްރޯލް ކުރުމަށް ޔުނިސެފުން ރާއްޖެއަށް 28,000 ޑޯޒްގެ ވެކްސިން ހަދިޔާކޮށްފި

ހިމަބިހި ކޮންޓްރޯލް ކުރުމަށް ޔުނިސެފުން ރާއްޖެއަށް 28,000 ޑޯޒްގެ ވެކްސިން ހަދިޔާކޮށްފި

ޔުނިސެފުން ހަދިޔާކުރި 28,000 ޑޯޒްގެ މި ވެކްސިނަކީ، ރާއްޖޭގައި މިހާރު ފެތުރެމުންދާ ހިމަބިހި ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ "އައުޓްބްރޭކް ރެސްޕޮންސް އިމިއުނައިޒޭޝަން" ޕްރޮގްރާމަށް އެހީތެރިވުމުގެ ގޮތުން ފޯރުކޮށްދީފައިވާ ވަރަށް މުހިންމު އެހީއެއްކަމަށް މިނިސްޓަރީން ފާހަގަކުރި

105 ދުވަސް ކުރިން - 20:10

ކޮންގޯގައި ފެތުރެމުންދާ އިބޯލާ ބައްޔަށް ފަރުވާކުރުމުގެ ކްލިނިކަލް ޓްރަޔަލްތައް ފަށައިފި

ކޮންގޯގައި ފެތުރެމުންދާ އިބޯލާ ބައްޔަށް ފަރުވާކުރުމުގެ ކްލިނިކަލް ޓްރަޔަލްތައް ފަށައިފި

މިހާތަނަށް ކޮންގޯއިން 1,400 އަށްވުރެ ގިނަ މީހުންނަށް މި ބަލި ޖެހިފައިވާއިރު، 438 މީހުން ވަނީ މަރުވެފަ. ޖުލައި 1 އާ ހަމައަށް ކޮންގޯއިން 1,460 މީހުންނަށް ބަލި ޖެހިފައިވާކަން ކަށަވަރުވެފައިވާއިރު، ޔުގެންޑާ އިން 20 ކޭސް އަދި ފްރާންސުން އެއް ކޭސް ވަނީ ފެނިފަ.

109 ދުވަސް ކުރިން - 21:44

ހުޅުމާލެ ހޮސްޕިޓަލުގެ އިންޓަރންޝިޕަށް ފުރުސަތު ހުޅުވާލައިފި، އަވަސްކުރޭ، 15 ޖާގަ!

ހުޅުމާލެ ހޮސްޕިޓަލުގެ އިންޓަރންޝިޕަށް ފުރުސަތު ހުޅުވާލައިފި، އަވަސްކުރޭ، 15 ޖާގަ!

ބޭރުން ކިޔަވައިގެން އަންނަ ދިވެހި ދަރިވަރުންނަށް ކުރިމަތިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ގެނައުމަށް ސަރުކާރުގެ މައި ހޮސްޕިޓަލްތަކުގައި މިހާރު ވަނީ މިފަދަ ޕްރޮގްރާމްތައް ފަށާފަ. އެގޮތުން ހުޅުމާލެ ހޮސްޕިޓަލުގެ އިތުރުން އައިޖީއެމްއެޗް އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައިވެސް މި ފުރުސަތު އޮވޭ.

111 ދުވަސް ކުރިން - 12:02

އެސްޓީއޯގެ ހުރިހާ ފާމަސީއެއް "ސްޓޭޓްފާމާ" އަށް ބަދަލުކޮށް، ހިދުމަތް ދޭން ފަށައިފި

އެސްޓީއޯގެ ހުރިހާ ފާމަސީއެއް "ސްޓޭޓްފާމާ" އަށް ބަދަލުކޮށް، ހިދުމަތް ދޭން ފަށައިފި

މި ނިންމުމުގެ މައިގަނޑު މަގްސަދަކީ މުޅި ރާއްޖޭގައި ބޭހުގެ ހިދުމަތްތައް މިހާރަށްވުރެ ފަސޭހަކަމާއެކު ރައްޔިތުންނަށް ލިބޭނެ މަގު ތަނަވަސްކޮށްދިނުން. ކުންފުނީގެ ހޮޓްލައިން ނަންބަރު 1505 މެދުވެރިކޮށް 24 ގަޑިއިރު އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަންވެސް އެ ކުންފުނިން ވަނީ ދީފަ.

112 ދުވަސް ކުރިން - 12:48

ގައުމީ ފެމިލީ މީޑިއޭޝަން ތަމްރީން ޕްރޮގްރާމް ރަސްމީކޮށް ފަށައިފި

ގައުމީ ފެމިލީ މީޑިއޭޝަން ތަމްރީން ޕްރޮގްރާމް ރަސްމީކޮށް ފަށައިފި

ސަރުކާރާއި ޔުނިސެފް ގުޅިގެން ކުރިއަށްގެންދާ މި މަސައްކަތުގެ އަމާޒަކީ އާއިލީ މައްސަލަތަކަށް ކޯޓުން ބޭރުގައި ސުލްހަވެރި ހައްލު ހޯދައިދޭނެ މީޑިއޭޓަރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާކުރުން. މީގެ ސަބަބުން އާއިލީ ގުޅުންތައް ބަދަހިވެ، ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށް މަގުފަހިވާނެ.

123 ދުވަސް ކުރިން - 15:58

ދެކުނު އެފްރިކާގައި ހިންގާ އެޗް.އައި.ވީ ޕްރޮގްރާމްތަކަށް އެމެރިކާއިން ދެމުންއައި އެހީ ހުއްޓާލައިފި

ދެކުނު އެފްރިކާގައި ހިންގާ އެޗް.އައި.ވީ ޕްރޮގްރާމްތަކަށް އެމެރިކާއިން ދެމުންއައި އެހީ ހުއްޓާލައިފި

މި ނިންމުން ނިންމާފައިވަނީ ދެކުނު އެފްރިކާގެ ސިޔާސަތުތަކަށާއި، އީރާނާއެކު ބާއްވާ ގުޅުމުގެ އިތުރުން އިސްރާއީލާ ދެކޮޅަށް ހުށަހެޅި މައްސަލައާ ގުޅިގެން. ދެކުނު އެފްރިކާ ސަރުކާރުން ވަނީ އެމެރިކާގެ ތުހުމަތުތައް ދޮގުކޮށް، އަމިއްލަ ފައިމައްޗަށް ތެދުވުމުގެ މަސައްކަތް ފަށާފަ.

123 ދުވަސް ކުރިން - 12:52

އިންޑިއާއިން ރާއްޖެއަށް 3 ޓަނުގެ ސިއްހީ ސާމާނު ހަދިޔާކޮށްފި

އިންޑިއާއިން ރާއްޖެއަށް 3 ޓަނުގެ ސިއްހީ ސާމާނު ހަދިޔާކޮށްފި

މި އެހީގެ ދަށުން ރާއްޖެއަށް ވަނީ 20،000 ޑޯޒްގެ އެމް.އާރް ވެކްސިނާއި، ގާތްގަނޑަކަށް 3 ޓަނުގެ ސިއްހީ ސާމާނު ފޮނުވާފަ. މީގެ ތެރޭގައި ބަލި ދެނެގަތުމަށް ބޭނުންކުރާ ޑައިގްނޯސްޓިކް ކިޓުތަކާއި، ސިއްހީ ފަރުވާގެ އެކި ކަންކަމުގައި ބޭނުންކުރާނެ މުހިންމު ސާމާނުތައް ހިމެނޭ.

130 ދުވަސް ކުރިން - 13:15

Previous12345Next