Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިންޑިއާއިން ރާއްޖެއަށް ހިމަބިއްސާއި ރުބެއްލާ ވެކްސިން އަދި 3 ޓަނުގެ ސިއްހީ ސާމާނު ހަދިޔާކޮށްފި

އިންޑިއާއިން ރާއްޖެއަށް ހިމަބިއްސާއި ރުބެއްލާ ވެކްސިން އަދި 3 ޓަނުގެ ސިއްހީ ސާމާނު ހަދިޔާކޮށްފި

ހުސައިން އިސްމާއިލް
48 ދުވަސް ކުރިން - 13 ޖޫން 2026 13:15
މި ތަކެތި ރާއްޖެއަށް އެތެރެކޮށްފައިވަނީ އެމިރޭޓްސްގެ ފްލައިޓެއް މެދުވެރިކޮށް--
މި ތަކެތި ރާއްޖެއަށް އެތެރެކޮށްފައިވަނީ އެމިރޭޓްސްގެ ފްލައިޓެއް މެދުވެރިކޮށް--
ޚުލާސާ

މި އެހީގެ ދަށުން ރާއްޖެއަށް ވަނީ 20،000 ޑޯޒްގެ އެމް.އާރް ވެކްސިނާއި، ގާތްގަނޑަކަށް 3 ޓަނުގެ ސިއްހީ ސާމާނު ފޮނުވާފަ. މީގެ ތެރޭގައި ބަލި ދެނެގަތުމަށް ބޭނުންކުރާ ޑައިގްނޯސްޓިކް ކިޓުތަކާއި، ސިއްހީ ފަރުވާގެ އެކި ކަންކަމުގައި ބޭނުންކުރާނެ މުހިންމު ސާމާނުތައް ހިމެނޭ.

އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ފޯރުކޮށްދޭ ހިމަބިއްސާއި ރުބެއްލާ (އެމް.އާރް) ވެކްސިންގެ ދެވަނަ ޝިޕްމަންޓާއި، ތިން ޓަނުގެ ސިއްހީ ސާމާނު މާލެ ގެނެސްފިއެވެ. މި ތަކެއްޗަކީ މި މަހުގެ ތެރޭގައި އިންޑިއާ ސަރުކާރުން ރާއްޖޭގެ ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއަށް ހަދިޔާކުރި ތަކެއްޗެވެ.

މި އެހީގެ ދަށުން ރާއްޖެއަށް ވަނީ 20،000 ޑޯޒްގެ އެމް.އާރް ވެކްސިނާއި، ގާތްގަނޑަކަށް 3 ޓަނުގެ ސިއްހީ ސާމާނު ފޮނުވާފައެވެ. މީގެ ތެރޭގައި ބަލި ދެނެގަތުމަށް ބޭނުންކުރާ ޑައިގްނޯސްޓިކް ކިޓުތަކާއި، ސިއްހީ ފަރުވާގެ އެކި ކަންކަމުގައި ބޭނުންކުރާނެ މުހިންމު ސާމާނުތައް ހިމެނެއެވެ.

https://x.com/HCIMaldives/status/2065436527388393681

Advertisement

Advertisement 1

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ވަރުގަދަ ގުޅުމާއި، އާންމު ސިއްހަތު ކުރިއެރުވުމަށް ދެ ގައުމުން ދޭ އަހައްމިއްޔަތު ހާމަކޮށްދޭ ކަމެއް ކަމަށެވެ. އަދި އިންޑިއާއިން އަބަދުވެސް އިސްކަން ދެނީ އަވަށްޓެރި ގައުމަކަށް ކަމެއް ދިމާވާ ހިނދު، އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭ ގައުމެއްގެ ގޮތުގައި ދެމިއޮތުމަށް ކަމަށްވެސް ހައިކޮމިޝަނުން ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖެއަށް ދިމާވާ އެކި ދަތި އުނދަގޫ ހާލަތްތަކުގައާއި ބޭނުންޖެހޭ ކަންކަމުގައި އިންޑިއާ ސަރުކާރުގެ ފަރާތުން އަބަދުވެސް ދީލަތީ އެހީތެރިކަން ލިބެމުންދާތީ، އެކަން ފާހަގަކޮށް ދިވެހި ސަރުކާރުގެ ފަރާތުން ވަނީ އިންޑިއާ ސަރުކާރަށް ޝުކުރު އަދާކޮށްފައެވެ. މި އެހީއަކީ ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށާއި، ގައިންގަޔަށް އަރާ ބަލިތަކުން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.



އިންޑިއާ - ރާއްޖެއިންޑިއާއިންޑިއާ ހައި ކޮމިޝަން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފަވަރަ އާއި ޔޫޕީއައި ގުޅާލައިފި: އިންޑިއާއަށް ސިކުންތުކޮޅެއްގެ ތެރޭގައި ފައިސާ ފޮނުވޭނެ މަގު ތަނަވަސްވެއްޖެ

އިންޑިއާއަށް ސިކުންތުކޮޅެއްގެ ތެރޭގައި ފައިސާ ފޮނުވޭނެ މަގު ތަނަވަސްވެއްޖެ

13 ގަޑިއިރު ކުރިން - 13:43

އިންޑިއާގެ މުޒާހަރާ: މާދަމާއަށް 50 ދުވަސް! އެޑިޔުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވައިފި

އިންޑިއާގެ އެޑިޔުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވައިފި

6 ދުވަސް ކުރިން - 16:38

އިންޑިއާގެ ޓެސްޓް ކަރުދާސް ލީކުވި މައްސަލަ: 'ކޮކްރޯޗް' ލީޑަރުންނާއި ސަރުކާރާ ދެމެދު މަޝްވަރާތައް ފަށައިފި

'ކޮކްރޯޗް' ލީޑަރުންނާއި ސަރުކާރާ ދެމެދު މަޝްވަރާތައް ފަށައިފި

7 ދުވަސް ކުރިން - 16:07

ދިއްލީގައި ކިޔަވާކުދިންނާއި ފުލުހުންގެ މެދުގައި ވަރުގަދަ ކުރިމަތިލުމެއް ހިނގައި، 120 މީހުން ޒަޚަމްވެއްޖެ

އިންޑިއާގައި ކިޔަވާކުދިންނާއި ފުލުހުންގެ މެދުގައި މާރާމާރީ! 120 މީހުން ޒަހަމްވެއްޖެ

9 ދުވަސް ކުރިން - 13:43

ބޯޓެއް ބަންޑުންޖަހާލައި އިންޑިއާގެ 15 ފަތުރުވެރިން މަރުވެއްޖެ

ބޯޓެއް ބަންޑުންޖަހާލައި އިންޑިއާގެ 15 ފަތުރުވެރިން މަރުވެއްޖެ

20 ދުވަސް ކުރިން - 23:36

އުންމީދަކީ ދެ ގައުމުގެ ރައްޔިތުންނަށް އިގްތިސާދީ ގޮތުން ފާގަތި ފުރުސަތުތަކެއް ފަހިވެގެންދިއުން: ސައީދު

"އުންމީދަކީ ދެ ގައުމުގެ ރައްޔިތުންނަށް އިގްތިސާދީ ގޮތުން ފާގަތި ފުރުސަތުތަކެއް ފަހިވެގެންދިއުން"

21 ދުވަސް ކުރިން - 16:25