Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ބޭހާބެހޭ ގަވާއިދާ ހިލާފުވާ ފަރާތްތައް 100،000 ރުފިޔާއިން ޖޫރިމަނާކުރަނީ

ބޭހާބެހޭ ގަވާއިދާ ހިލާފުވާ ފަރާތްތައް 100،000 ރުފިޔާއިން ޖޫރިމަނާކުރަނީ

އައިޝަތު ރުވާ ރިފްޢަތު
10 ގަޑިއިރު ކުރިން - 26 ޖުލައި 2026 15:28
މާލޭގައި ހިންގާ ފާމަސީތަކެއް. / ފޮޓޯ: ޚުލާސާ
މާލޭގައި ހިންގާ ފާމަސީތަކެއް. / ފޮޓޯ: ޚުލާސާ
ޚުލާސާ

މި ގަވާއިދުގެ ދަށުން، ގަވާއިދާ ހިލާފުވާ ފަރާތްތަކުގެ ލައިސަންސް 14 ދުވަހާއި އެއް އަހަރާ ދެމެދުގެ މުއްދަތަކަށް ހިފެހެއްޓުމުގެ ނުވަތަ ދާއިމީކޮށް ބާތިލުކުރުމުގެ އިހްތިޔާރު އެމް.އެފް.ޑީ.އޭ އަށް ލިބިގެންވޭ. ގަވާއިދަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އެމް.އެފް.ޑީ.އޭ އިން ހުއްދަދެވިފައިވާ ބޭސްތަކުގެ ދަފްތަރެއް ޝާއިއިކުރަންވާނެ.

ރާއްޖެއަށް ބޭސް އެތެރެކުރުމާއި، ބޭސް ރައްކާކުރުމާއި އަދި ބޭސް ވިއްކުމާ ގުޅޭގޮތުން އަލަށް އެކުލަވައިލި "ބޭހާބެހޭ ގަވާއިދު" (2026/R-64) މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން އާންމުކޮށްފިއެވެ. މި ގަވާއިދާ ހިލާފުވާ ފަރާތްތައް 10،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމަށް ވަނީ ނިންމާފައެވެ.

ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން އެކުލަވައިލި މި ގަވާއިދު ތަންފީޒުކުރާނީ ނޭޝަނަލް ފާމަސޫޓިކަލް ބޯޑުގެ ލަފާގެ މަތިން އެމް.އެފް.ޑީ.އޭ އިންނެވެ. މި ގަވާއިދުގެ ދަށުން، ގަވާއިދާ ހިލާފުވާ ފަރާތްތަކުގެ ލައިސަންސް 14 ދުވަހާއި އެއް އަހަރާ ދެމެދުގެ މުއްދަތަކަށް ހިފެހެއްޓުމުގެ ނުވަތަ ދާއިމީކޮށް ބާތިލުކުރުމުގެ އިހްތިޔާރު އެމް.އެފް.ޑީ.އޭ އަށް ލިބިގެންވެއެވެ.

މި ގަވާއިދުގެ ދަށުން އިންސާނުން ބޭނުންކުރުމަށް ކަމުނުދާ، ފޭކު، މުއްދަތު ހަމަވެފައިވާ، ނުވަތަ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއު.އެޗް.އޯ) އިން މަނާކޮށްފައިވާ ބޭސް އެތެރެކުރުމާއި ވިއްކުމަކީ މަނާކަމެކެވެ. އަދި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ބޭހުގެ ދަފްތަރުގައި ނުހިމެނޭ ބޭސް އެތެރެކުރުމަކީވެސް މަނާކަމެކެވެ.

Advertisement

Advertisement 1

އަލަށް އަމަލުކުރަން ފަށާ އުސޫލުތަކުގެ ތެރޭގައި:

  1. އެމް.އެފް.ޑީ.އޭ ގައި ރަޖިސްޓްރީ ނުކޮށް ފާމަސީ ނުވަތަ ބޭސް ގުދަން ހިންގުން މަނާވުން.
  2. އިންޓަރނެޓް ނުވަތަ ޕޯސްޓް މެދުވެރިކޮށް ވިޔަފާރީގެ ބޭނުމަށް ބޭސް އެތެރެކުރުން މަނާވުން.
  3. ޑޮކްޓަރެއްގެ ޕްރިސްކްރިޕްޝަން ނެތި، އާންމުކޮށް ވިއްކަން ހުއްދަ ބޭސް ފިޔަވައި އެހެން ބޭސްތައް ވިއްކުން މަނާވުން.
  4. ހޯލްސޭލްކޮށް ބޭސް ވިއްކާ ތަންތަނުން ރީޓެއިލްކޮށް ބޭސް ނުވިއްކުން.

މި ގަވާއިދަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އެމް.އެފް.ޑީ.އޭ އިން ހުއްދަދެވިފައިވާ ބޭސްތަކުގެ ދަފްތަރެއް ޝާއިއިކުރަންވާނެއެވެ. މީގެ އިތުރުން، ރާއްޖޭގެ ސިއްހީ ނިޒާމަށް ކޮންމެހެން ބޭނުންވާ "އެސެންޝަލް މެޑިސިން" ލިސްޓެއް އެކުލަވައިލައި، ފާމަސީތަކުން އެ ބޭސްތައް އަބަދުވެސް ހުންނަކަން ކަށަވަރުކުރަންޖެހެއެވެ.

ގަވާއިދާ ހިލާފަށް އެތެރެކުރާ ބޭސްތައް އެއްވެސް ބަދަލަކާ ނުލައި ހިފަހައްޓައި ނައްތާލުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ. އަދި ދޮގު މައުލޫމާތު ހުށަހަޅައިގެން ރަޖިސްޓްރީ ކުރާ ފަރާތްތައް ބްލެކްލިސްޓް ކުރެވޭނެއެވެ.

މި ގަވާއިދު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާތާ 90 ދުވަހުގެ ތެރޭގައި އަމަލުކުރަން ފަށާނެއެވެ. މިހާރު ހިނގަމުންދާ ތަންތަނަށް އައު ގަވާއިދަށް ފިތުމަށް 6 މަސްދުވަހުގެ މުއްދަތެއް ދެވޭނެއެވެ. މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު 2014 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އައި ބޭހާބެހޭ ގަވާއިދު އުވޭނެއެވެ.

ބޭސްބޭސްފިހާރައެމްއެފްޑީއޭ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރާ އިންސްޕެކްޓަރުން އުސޫލާ ހިލާފުވެއްޖެނަމަ 100,000 ރުފިޔާއިން ޖޫރިމަނާ ކުރަނީ

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރާ އިންސްޕެކްޓަރުން އުސޫލާ ހިލާފުވެއްޖެނަމަ 100,000 ރުފިޔާއިން ޖޫރިމަނާކުރަނީ

9 ގަޑިއިރު ކުރިން - 16:15

މީދާ ވިހަ ފެނުނު ކުޑަކުދިންގެ ކާނާ ބޭނުން ނުކުރަން އެދެފި

މީދާ ވިހަ ފެނުނު "ހިޕް"ކާނާ ބޭނުންނުކުރަން އެދެފި

96 ދުވަސް ކުރިން - 09:24

އެއްތާކުން ބޭހުގެ ސްޓޮކް ފެންނާނެ ޑިޖިޓަލް ނިޒާމެއް ޤާއިމުކުރަނީ

އެއްތާކުން ބޭހުގެ ސްޓޮކް ފެންނާނެ ނިޒާމެއް ޤާއިމްކުރަނީ

106 ދުވަސް ކުރިން - 11:23

ގޮއިދޫގައި ކެންސަރު އިތުރުވާ ސަބަބު ހޯދަން އެމްއެފްޑީއޭއިން ދިރާސާތައް ފަށައިފި

ގޮއިދޫގައި ކެންސަރު އިތުރުވާތީ ދިރާސާކުރަން ފަށައިފި

145 ދުވަސް ކުރިން - 15:24

އެމްއެފްޑީއޭގެ އިންޒާރު؛ ހުއްދަ ނުނަގައި ބޭސް އެތެރެކޮށް، ވިއްކާ ފަރާތްތަކަށް ފިޔަވަޅު އަޅާނަން!

ހުއްދަނެތި ބޭސް އެތެރެކޮށް، ވިއްކާނަމަ ފިޔަވަޅު އަޅަނީ

188 ދުވަސް ކުރިން - 17:10

ބަރުދަން ލުއިވާނެ ކަމަށް ބުނެ ބާރުގަދަ ބޭހެއް ވިއްކަނީ

ބަރުދަން ލުއިވާނެކަމަށް ބުނެ ބާރުގަދަ ބޭހެއް ވިއްކަނީ

188 ދުވަސް ކުރިން - 16:16