Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މީދާ ވިހަ ފެނުނު ކުޑަކުދިންގެ ކާނާ ބޭނުން ނުކުރަން އެދެފި

މީދާ ވިހަ ފެނުނު ކުޑަކުދިންގެ ކާނާ ބޭނުން ނުކުރަން އެދެފި

މުހައްމަދު ޖަމްޝަތު
137 ދުވަސް ކުރިން - 21 އޭޕްރިލް 2026 09:24
"ހިޕް" ބްރޭންޑުގެ ކުޑަކުދިންގެ ކާނާ ފުޅިތަކެއް---
"ހިޕް" ބްރޭންޑުގެ ކުޑަކުދިންގެ ކާނާ ފުޅިތަކެއް---
ޚުލާސާ

"ހިޕް" ބްރޭންޑުގެ ކުޑަކުދިންގެ ކާނާ ފުޅިއަކުން ރޮޑެންޓްސައިޑް ނުވަތަ މީދާ މަރަން ބޭނުންކުރާ ވިހަ ފެނުމާ ގުޅިގެން އޮސްޓްރިއާގެ ބާޒާރުން އެތަކެތި ނަގަން ވަނީ ފަށާފަ

ޖަރުމަނުގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "ހިޕް" ބްރޭންޑުގެ ކުޑަކުދިންގެ ކާނާގެ ފުޅިއަކުން މީދާ މަރާ ވިހަ ފެނުނު މައްސަލައެއް ފެންމަތިވުމާ ގުޅިގެން، އެ ބްރޭންޑުގެ އުފެއްދުންތައް ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު އިލްތިމާސްކޮށްފިއެވެ.

މި މައްސަލައަކީ އޮސްޓްރިއާގައި މިހާރު ތަހުގީގު ކުރަމުންދާ މައްސަލައެކެވެ. "ހިޕް" ބްރޭންޑުގެ ކުޑަކުދިންގެ ކާނާ ފުޅިއަކުން ރޮޑެންޓްސައިޑް ނުވަތަ މީދާ މަރަން ބޭނުންކުރާ ވިހަ ފެނުމާ ގުޅިގެން، އެ ކުންފުނިން މިހާރު ވަނީ އޮސްޓްރިއާގެ ބާޒާރުގައި ހުރި އެ ކުންފުނީގެ އުފެއްދުންތައް ބޭނުން ނުކުރުމަށް އަންގައި، ބާޒާރުން އެ ތަކެތި އަނބުރާ ނަގަން ފަށާފައެވެ.

އެ ހާދިސާއާ ގުޅިގެން ޖަރުމަނާއި އޮސްޓްރިއާގެ އިތުރުން ޗެކް ރިޕަބްލިކް އަދި ސްލޮވާކިއާގެ ފުލުހުންވެސް ދަނީ މި ބާވަތުގެ ފުޅިތައް ތަހުގީގަށް ނަގައި އިތުރަށް ބަލަމުންނެވެ. އޮސްޓްރިއާގެ ފުލުހުން މިދިޔަ ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ތަހުގީގަށް ނެގި ސާމްޕަލްތައް ލެބޯޓްރީގައި ޓެސްޓުކުރިއިރު އޭގެއިން މީދާ ވިހައިގެ އަސަރު ވަނީ ފެނިފައެވެ.

Advertisement

Advertisement 1

އެމްއެފްޑީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، "ހިޕް" ބްރޭންޑުގެ އެ އުފެއްދުމަކީ އެ އޮތޯރިޓީގައި ރަސްމީކޮށް ރަޖިސްޓްރީކޮށްފައިވާ އުފެއްދުމަކަށް ނުވި ނަމަވެސް، އަމިއްލަ ބޭނުންތަކަށާއި އެ ނޫންވެސް ގޮތްގޮތުން ރާއްޖެއަށް އެތެރެކޮށް ބޭނުންކުރުމުގެ ފުރުސަތު އޮތްކަމަށް ބެލެވޭ ކަމަށެވެ.

އެހެންކަމުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ބާވަތުގެ އެއްވެސް އުފެއްދުމެއް ރާއްޖެ އެތެރެ ނުކުރުމަށާއި، ބާޒާރުގައި ވިއްކަން ނުބެހެއްޓުމަށާއި އަދި އެއްވެސް ފަރާތަކުން އެ ބޭނުން ނުކުރުމަށް އެމްއެފްޑީއޭ އިން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ. ކުޑަކުދިންގެ ސިއްހަތަށް ނުރައްކާވެދާނެ މިފަދަ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށްވެސް އެމްއެފްޑީއޭއިން ބުންޏެވެ.

އެމްއެފްޑީއޭ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ސަމާލުވޭ! އެމްއެފްޑީއޭގެ ހުއްދަނެތި ހިކޭ ބޭހާއި ސަޕްލިމެންޓް ވިއްކުމަކީ ވެސް މަނާކަމެއް

އެމްއެފްޑީއޭގެ ހުއްދަނެތި ހިކޭ ބޭހާއި ސަޕްލިމެންޓް ވިއްކުމަކީ ވެސް މަނާކަމެއް

39 ދުވަސް ކުރިން - 11:15

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރާ އިންސްޕެކްޓަރުން އުސޫލާ ހިލާފުވެއްޖެނަމަ 100,000 ރުފިޔާއިން ޖޫރިމަނާ ކުރަނީ

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރާ އިންސްޕެކްޓަރުން އުސޫލާ ހިލާފުވެއްޖެނަމަ 100,000 ރުފިޔާއިން ޖޫރިމަނާކުރަނީ

41 ދުވަސް ކުރިން - 16:15

ބޭހާބެހޭ ގަވާއިދާ ހިލާފުވާ ފަރާތްތައް 100،000 ރުފިޔާއިން ޖޫރިމަނާކުރަނީ

ބޭހާބެހޭ ގަވާއިދާ ހިލާފުވާ ފަރާތްތައް 100،000 ރުފިޔާއިން ޖޫރިމަނާކުރަނީ

41 ދުވަސް ކުރިން - 15:28

ގޮއިދޫގައި ކެންސަރު އިތުރުވާ ސަބަބު ހޯދަން އެމްއެފްޑީއޭއިން ދިރާސާތައް ފަށައިފި

ގޮއިދޫގައި ކެންސަރު އިތުރުވާތީ ދިރާސާކުރަން ފަށައިފި

186 ދުވަސް ކުރިން - 15:24

އެމްއެފްޑީއޭގެ އިންޒާރު؛ ހުއްދަ ނުނަގައި ބޭސް އެތެރެކޮށް، ވިއްކާ ފަރާތްތަކަށް ފިޔަވަޅު އަޅާނަން!

ހުއްދަނެތި ބޭސް އެތެރެކޮށް، ވިއްކާނަމަ ފިޔަވަޅު އަޅަނީ

229 ދުވަސް ކުރިން - 17:10

ބަރުދަން ލުއިވާނެ ކަމަށް ބުނެ ބާރުގަދަ ބޭހެއް ވިއްކަނީ

ބަރުދަން ލުއިވާނެކަމަށް ބުނެ ބާރުގަދަ ބޭހެއް ވިއްކަނީ

229 ދުވަސް ކުރިން - 16:16