Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ގޮއިދޫގައި ކެންސަރު އިތުރުވާ ސަބަބު ހޯދަން އެމްއެފްޑީއޭއިން ދިރާސާތައް ފަށައިފި

ގޮއިދޫގައި ކެންސަރު އިތުރުވާ ސަބަބު ހޯދަން އެމްއެފްޑީއޭއިން ދިރާސާތައް ފަށައިފި

މުހައްމަދު ޖަމްޝަތު
186 ދުވަސް ކުރިން - 3 މާޗް 2026 15:24
އެގްރިކަލްޗާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ--- ފޮޓޯ: ރައީސް އޮފީސް
އެގްރިކަލްޗާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ--- ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ގޮއިދޫގެ ގިނަ ދަނޑުތަކުގައި ހައްދާ ތަރުކާރީއާއި މޭވާއަށް އިންސާނުންގެ ފުރާނައަށް ނުރައްކާވާ މިންވަރަށް ޕެސްޓިސައިޑާއި އެހެނިހެން ކެމިކަލް އަޅަމުންދާކަަމަށް އެރަށުން ބުނޭ

ބ. ގޮއިދޫގައި ކެންސަރު ބަލި ޖެހޭ މިންވަރު އިތުރުވަމުންދާ ސަބަބު ދެނެގަތުމަށްޓަކައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އާއި އެގްރިކަލްޗާ މިނިސްޓްރީ ގުޅިގެން ދިރާސާތަކެއް ފަށައިފި އެވެ.

މިކަން ހާމަކުރެއްވީ އެގްރިކަލްޗާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ ގޮއިދޫގައި ކެންސަރު އާންމުވާ ސަބަބު ހޯދަން އެމްއެފްޑީއޭއިން މިހާރު ޓެސްޓުތައް ހަދައި، ދިރާސާތައް ކުރިއަށްގެންދާ ކަމަށެވެ.

Advertisement

Advertisement 1

"އެކަމުގައި އަޅުގަނޑުމެން އެމްއެފްޑީއޭއަށް އެއްބާރުލުން ދީ، އަޅުގަނޑުމެންނާ އެކީގައި މަސައްކަތް ކުރަމުން ދަނީ، އިރާދަކުރެއްވިއްޔާ އަވަސް ހައްލެއް ލިބޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.

ފުޅާދާއިރާއެއްގައި ދަނޑުވެރިކަން ކުރާ ގޮއިދޫގައި ކެންސަރު އިތުރުވާ ކަމުގެ ކަންބޮޑުވުން ފުރަތަމަ ފާޅުކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެ ރަށުގެ ރައްޔިތެއް ކަމަށްވާ ޝަހުލާ ވަޖީހެވެ. އޭނާ ކަމާބެހޭ އިދާރާތަކަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، ގާތްގަނޑަކަށް 500 މީހުންގެ އާބާދީއެއް އޮންނަ އެ ރަށުގައި މިދިޔަ ފަސް އަހަރު ތެރޭގައި ނުވަ މީހަކަށް ކެންސަރު ޖެހި، ތިން މީހަކު މަރުވެފައިވާ ކަމަށެވެ.

ޝަހުލާގެ ސިޓީގައި ފާހަގަކޮށްފައިވާ ގޮތުގައި، ރަށުގެ ދަނޑުތަކުގެ 95 އިންސައްތަ ބިދޭސީން ބަލަހައްޓަމުންދާއިރު، ގިނަ ދަނޑުތަކުގައި ހައްދާ ތަރުކާރީއާއި މޭވާއަށް އިންސާނުންގެ ފުރާނައަށް ނުރައްކާވާ މިންވަރަށް ޕެސްޓިސައިޑާއި އެހެނިހެން ކެމިކަލް އަޅަމުންދެއެވެ. މިކަމުގެ ސަބަބުން ރަށުގައި ގައިން ގަޔަށް ނާރާ ބަލިތައް، ހާއްސަކޮށް ކެންސަރު އިތުރުވަމުންދާ ކަމަށް އޭނާ ތުހުމަތުކުރެއެވެ.

ޕެސްޓިސައިޑް ބޭނުންކުރުމާ ގުޅޭގޮތުން މިނިސްޓަރު މާރިޔާ ވިދާޅުވީ، އެކަމާ ގުޅޭ ގާނޫނެއް އޮތް ނަމަވެސް، އޭގެ ދަށުން ހަދަންޖެހޭ ޕޮލިސީތައް ނުހެދި ހުރުމުގެ ސަބަބުން އެ މަސައްކަތް ފެށުނީ މިދިޔަ މަހު ކަމަށެވެ. އަދި ވަރަށް އަވަހަށް މި ޕޮލިސީތައް ތަންފީޒު ކުރަން ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މި ދިރާސާގެ ސަބަބުން ގޮއިދޫގައި ކެންސަރު ބަލި އިތުރުވާ ސީދާ ސަބަބު ދެނެގަނެވި، ދަނޑުވެރިކަމުގައި ކެމިކަލް ބޭނުންކުރުމުގެ ރައްކާތެރި މިންގަނޑުތައް ކަނޑައެޅިގެންދާނެ ކަމަށް ބެލެވެއެވެ.

އެގްރިކަލްޗާ މިނިސްޓްރީ (އުވާލެވިފައި)އެމްއެފްޑީއޭ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ސަމާލުވޭ! އެމްއެފްޑީއޭގެ ހުއްދަނެތި ހިކޭ ބޭހާއި ސަޕްލިމެންޓް ވިއްކުމަކީ ވެސް މަނާކަމެއް

އެމްއެފްޑީއޭގެ ހުއްދަނެތި ހިކޭ ބޭހާއި ސަޕްލިމެންޓް ވިއްކުމަކީ ވެސް މަނާކަމެއް

39 ދުވަސް ކުރިން - 11:15

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރާ އިންސްޕެކްޓަރުން އުސޫލާ ހިލާފުވެއްޖެނަމަ 100,000 ރުފިޔާއިން ޖޫރިމަނާ ކުރަނީ

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރާ އިންސްޕެކްޓަރުން އުސޫލާ ހިލާފުވެއްޖެނަމަ 100,000 ރުފިޔާއިން ޖޫރިމަނާކުރަނީ

41 ދުވަސް ކުރިން - 16:15

ބޭހާބެހޭ ގަވާއިދާ ހިލާފުވާ ފަރާތްތައް 100،000 ރުފިޔާއިން ޖޫރިމަނާކުރަނީ

ބޭހާބެހޭ ގަވާއިދާ ހިލާފުވާ ފަރާތްތައް 100،000 ރުފިޔާއިން ޖޫރިމަނާކުރަނީ

41 ދުވަސް ކުރިން - 15:28

މީދާ ވިހަ ފެނުނު ކުޑަކުދިންގެ ކާނާ ބޭނުން ނުކުރަން އެދެފި

މީދާ ވިހަ ފެނުނު "ހިޕް"ކާނާ ބޭނުންނުކުރަން އެދެފި

137 ދުވަސް ކުރިން - 09:24

ފިޝަރީޒް އާއި އެގްރިކަލްޗާ މިނިސްޓްރީ އެއްކޮށްލައި، ވަޒީރުކަމަށް ޝިޔާމް އައްޔަންކުރައްވައިފި

ދެ މިނިސްޓްރީ އެއްކޮލައި، މިނިސްޓަރަކަށް ޝިޔާމް އައްޔަންކުރައްވައިފި

143 ދުވަސް ކުރިން - 10:56

އެގްރިކަލްޗާ އަދި ފިޝަރީޒް މިނިސްޓްރީ އެއްކޮށްލައި، މިނިސްޓަރަކަށް ޝިޔާމް؟

ދެ މިނިސްޓްރީ އެއްކޮށްލައި މިނިސްޓަރަކަށް ޝިޔާމް؟

144 ދުވަސް ކުރިން - 19:35