Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފިޝަރީޒް އާއި އެގްރިކަލްޗާ މިނިސްޓްރީ އެއްކޮށްލައި، ވަޒީރުކަމަށް ޝިޔާމް އައްޔަންކުރައްވައިފި

ފިޝަރީޒް އާއި އެގްރިކަލްޗާ މިނިސްޓްރީ އެއްކޮށްލައި، ވަޒީރުކަމަށް ޝިޔާމް އައްޔަންކުރައްވައިފި

އައިޝަތު ރުވާ ރިފްޢަތު
138 ދުވަސް ކުރިން - 15 އޭޕްރިލް 2026 10:56
މިނިސްޓަރު ޝިޔާމަށް މަގާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އަރުވަނީ. / ފޮޓޯ: ރައީސް އޮފީސް
މިނިސްޓަރު ޝިޔާމަށް މަގާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އަރުވަނީ. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މި ބަދަލާއެކު، ވަޒީރުންގެ މަޖިލީހުގައި ދެން ހިމެނިވަޑައިގަންނަވާނީ ބަންޑާރަނައިބު އަލްއުސްތާޒު އަހްމަދު އުޝާމްއާއި، އިތުރު ދެ މިނިސްޓްރީއެއްގެ މިނިސްޓަރުން ހިމެނޭހެން ޖުމުލަ 15 ބޭފުޅުން.

ސަރުކާރު ހިންގުމުގެ އޮނިގަނޑަށް ގެންނެވި ބޮޑު ބަދަލާއެކު، މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސްގެ މަގާމަށް އަލްފާޟިލް އަހްމަދު ޝިޔާމް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަންކުރައްވައިފި އެވެ.

މި މަގާމަށް ޝިޔާމް އައްޔަންކުރައްވައި، މަގާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ. މި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ޝިޔާމްއަށް ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޒު އަބްދުﷲ ހަމީދު އެވެ. ހުވައި ކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިގްރާރުގައި އެމަނިކުފާނު ވަނީ ސޮއިކުރައްވާފަ އެވެ.

މި ދެ މިނިސްޓްރީ އެއްކޮށްލައި މިނިސްޓްރީއަށް ޝިޔާމް އައްޔަންކުރައްވާނެ ކަމަށް ކުރިން ވެސް އޮތީ ބެލެވިފަ އެވެ.

Advertisement

Advertisement 1

މި ބަދަލަކީ މީގެކުރިން ވަކި ދެ މިނިސްޓްރީއެއްގެ ގޮތުގައި ހިންގެވި ފިޝަރީޒް މިނިސްޓްރީއާއި އެގްރިކަލްޗާ މިނިސްޓްރީ އެއްކޮށްލުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމާ ގުޅިގެން ގެނައި ބަދަލެކެވެ. މީގެކުރިން އެގްރިކަލްޗާ މިނިސްޓަރުގެ މަގާމުގައި ހުންނެވީ ޑރ. މަރްޔަމް މާރިޔާ އެވެ. ނަމަވެސް، އެކަމަނާއާއެކު ޖުމުލަ 10 ވަޒީރަކު ވަނީ އިއްޔެގެ ވަގުތެއްގައި މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

ރައީސް އޮފީހުން މައުލޫމާތު ދެއްވި ގޮތުގައި، މި ބަދަލުތަކަކީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމުގެ ގޮތުން ގެންނެވި ބަދަލުތަކެކެވެ.

ސަރުކާރުގެ އޮނިގަނޑަށް ގެނައި މި ބަދަލާއެކު، ވަޒީރުންގެ މަޖިލީހުގައި ދެން ހިމެނިވަޑައިގަންނަވާނީ ބަންޑާރަނައިބު އަލްއުސްތާޒު އަހްމަދު އުޝާމްއާއި، އިތުރު ދެ މިނިސްޓްރީއެއްގެ މިނިސްޓަރުން ހިމެނޭހެން ޖުމުލަ 15 ބޭފުޅުންނެވެ. މި ބަދަލަކީ ދައުލަތުގެ ހަރަދުތައް ކުޑަކޮށް، މަސައްކަތުގެ ދުވެލި ހަލުވިކުރުމަށް އެޅުއްވި ފިޔަވަޅެއް ކަމަށް ބެލެވެ އެވެ.

މިނިސްޓަރު އަހްމަދު ޝިޔާމްރައީސް ޑރ. މުހައްމަދު މުއިއްޒުރައީސުލްޖުމްހޫރިއްޔާގެ އޮފީސްމިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސްއެގްރިކަލްޗާ މިނިސްޓްރީ (އުވާލެވިފައި)ޑރ. މަރްޔަމް މާރިޔާ (ކުރީގެ މިނިސްޓަރު)
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރައްވައިފި

4 ގަޑިއިރު ކުރިން - 18:54

ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުރުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުުރުމުގެ ބިލު ތަސްދީގުކުރައްވައިފި

4 ގަޑިއިރު ކުރިން - 18:37

އޯފްޝޯ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގޭ ގޮތަށް ޓެކްސް ގާނޫނަށް ގެނެވުނު އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައިފި

އޯފްޝޯ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

4 ގަޑިއިރު ކުރިން - 18:26

މަސްވެރިކަމުގެ ޤާނޫނަށް ގެނެވުނު 2 ވަނަ އިޞްލާޙުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާއެކު، އެއަށް ޢަމަލުކުރަން ފަށައިފި

މަސްވެރިކަމުގެ ޤާނޫނަށް ގެނެވުނު 2 ވަނަ އިޞްލާޙުގެ ބިލު ތަޞްދީޤުކުރައްވައިފި

6 ގަޑިއިރު ކުރިން - 17:01

ވަރުވާގެ ވާރު ބޮޑުކޮށް ފަޅުރަށްތަކުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަނީ

ވަރުވާގެ ވާރު ބޮޑުކޮށް ފަޅުރަށްތަކުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަނީ

6 ގަޑިއިރު ކުރިން - 16:46

މަގުމަތީގެ ނުރައްކާތަކަށް އާ ގާނޫނުން ކަނޑައެޅީ މަސްތުވާތަކެތީގެ ކުށްތަކާ އެއްވަރުގެ ބޮޑު ޖޫރިމާނާއެއް!

މަގުމަތީގެ ނުރައްކާތަކަށް މަސްތުވާތަކެތީގެ ކުށްތަކާ އެއްވަރުގެ ބޮޑު ޖޫރިމާނާއެއް!

6 ގަޑިއިރު ކުރިން - 16:42