Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެމްއެފްޑީއޭގެ އިންޒާރު؛ ހުއްދަ ނުނަގައި ބޭސް އެތެރެކޮށް، ވިއްކާ ފަރާތްތަކަށް ފިޔަވަޅު އަޅާނަން!

އެމްއެފްޑީއޭގެ އިންޒާރު؛ ހުއްދަ ނުނަގައި ބޭސް އެތެރެކޮށް، ވިއްކާ ފަރާތްތަކަށް ފިޔަވަޅު އަޅާނަން!

މުހައްމަދު ޖަމްޝަތު
229 ދުވަސް ކުރިން - 19 ޖެނުއަރީ 2026 17:10
ރާއްޖޭގެ ޕޭޖްތަކެއްގައި ވިއްކާ ސްކިން ކެއާ ބޭސްތަކެއް. މި ބްރޭންޑުގެ ބޭހެއްގައި އެޒޭލެކް އެސިޑް ހިމެނޭ. މިފަދަ ބޭސް ހުއްދަ ނުނަގައި އެތެރެކޮށް ވިއްކާނަމަ ފިޔަވަޅު އަޅަނީ----
ރާއްޖޭގެ ޕޭޖްތަކެއްގައި ވިއްކާ ސްކިން ކެއާ ބޭސްތަކެއް. މި ބްރޭންޑުގެ ބޭހެއްގައި އެޒޭލެކް އެސިޑް ހިމެނޭ. މިފަދަ ބޭސް ހުއްދަ ނުނަގައި އެތެރެކޮށް ވިއްކާނަމަ ފިޔަވަޅު އަޅަނީ----
ޚުލާސާ

ހުއްދަ ނުނަގައި ބޭސް އެތެރެކޮށް ތަފާތު އޮންލައިން ޕޭޖުތަކުގައި އިޝްތިހާރުކޮށް ގިނަ ބަޔަކު ދަނީ ވިއްކަމުން. މިއީ ރާއްޖޭގެ ބޭހާ ބެހޭ ގަވާއިދާ ހިލާފު ކަމެއް

ނަގަންޖެހޭ ހުއްދަ ނުނަގައި ބޭސް އެތެރެކޮށް ވިއްކާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، (އެމްއެފްޑީއޭއިން) އިން ބުނެފި އެވެ.

އެމްއެފްޑީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ވިޔަފާރީގެ ގޮތުގައި ރާއްޖެއަށް ބޭސް އެތެރެކޮށް ވިއްކޭނީ ބޭހާއި ބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިން އެ އޮތޯރިޓީގައި ބޭސް އެތެރެކޮށް އަދި ވިއްކާ ފަރާތެއްގެ ގޮތުގައި ރަޖިސްޓްރީކޮށް ހުއްދަ ލިބިގެން ކަމަށެވެ. އަދި އެތެރެކުރާ ހުރިހާ ބޭހަކީވެސް އުސޫލުތަކާއި އެއްގޮތަށް ރަޖިސްޓްރީކޮށް ރާއްޖެއަށް އެތެރެކޮށް ވިއްކުމަށް ހުއްދަ ދީފައިވާ ބޭހުގެ ލިސްޓުގައި ހިމެނިފައިވާ ބޭހަކަށް ވާންޖެހޭނެ ކަމަށްވެސް ބުންޏެވެ.

Advertisement

Advertisement 1

އެމްއެފްޑީއޭއިން އިން ބުނީ ބޭސް އެތެރެ ކުރުމުގައި މިފަދަ ހަރުކަށި ގަވާއިދުތައް ހެދިފައި ހުރި ނަމަވެސް މިހާރަކަށް އައިސް ނަގަންޖެހޭ ހުއްދަތައް ނުނަގައި އެކި ކަންކަމަށް ބޭނުންކުރާ ބޭސް އެތެރެކޮށް ތަފާތު އޮންލައިން ޕޭޖުތަކުގައި އިޝްތިހާރުކޮށް ވިއްކަމުން ގެންދާކަން ފާހަގަވެފައިވާ ކަމަށެވެ.

އެގޮތުން ލޭގައި ހަކުރު ހުންނަ މިންވަރު ދަށް ކުރުމަށް ބޭނުންކުރާ "ސެމަގުލުޓައިޑް" އަކީ ބަރުދަން ލުއިކުރާ ބޭހެއް ކަމަށާއި، ހަމުގެ މައްސަލަތަކުގައި ބޭނުންކުރާ "އެޒޭލެކް އެސިޑް" އަކީ މޫނުގެ ހަންގަނޑު ރީތިކޮށް އަލިކުރާ ބޭހެއް ކަމަށް ބުނެ އޮންލައިން ޕޭޖުތަކުގައި އިޝްތިހާރުކޮށް ވިއްކަމުން ގެންދާކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.

އެމްއެފްޑީއޭއިން ބުނީ މިފަދަ ބޭސްތަކަކީ ކޮންމެހެން ބޭނުން ކުރަންޖެހޭ ހާލަތުގައި އެކަމެއްގެ ހާއްސަ ޑޮކްޓަރަކު ލިޔެދިނުމުން ނޫނީ ބޭނުން ކޮށްގެން ނުވާނެ ބޭހެއް ކަމަށެވެ. އަދި ފާމަސީތަކުންވެސް އެފަދަ ބޭސްތައް ދޫކުރެވޭނީ ޑޮކްޓަރުގެ ލިޔުމެއްދީފައިވާ ބޭސް ސިޓީއަށް ކަމަށާއި ޑޮކްޓަރެއްގެ ލަފަޔާއި، އިރުޝާދާއި ނުލައި އެފަދަ ބޭސްތައް ބޭނުން ކުރުމުން ހީވެސް ނުކުރާ ފަދަ ހިތާމަވެރި ހާލަތަކަށް ހުށަހެޅުމަކީ ދުރުގައިވާ ކަމެއްނޫން ކަމަށްވެސް އެމްއެފްޑީއޭއިން ބުންޏެވެ.

އެހެންކަމުން އެ އިދާރާއިން ނަގަންޖެހޭ ހުއްދަ ނުނަގައި ބޭސް އެތެރެކޮށް، ވިއްކާ އަދި އިޝްތިހާރު ކުރާ ފަރާތްތަކާ މެދު ބޭހާއިބެހޭ ގަވާއިދުގެ ދަށުން ފިޔަވަޅު އަޅަމުން ގެންދާނެ ކަމުގެ އިންޒާރު އެމްއެފްޑީއޭއިން ވަނީ ދީފަ އެވެ.

އެމްއެފްޑީއޭ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ސަމާލުވޭ! އެމްއެފްޑީއޭގެ ހުއްދަނެތި ހިކޭ ބޭހާއި ސަޕްލިމެންޓް ވިއްކުމަކީ ވެސް މަނާކަމެއް

އެމްއެފްޑީއޭގެ ހުއްދަނެތި ހިކޭ ބޭހާއި ސަޕްލިމެންޓް ވިއްކުމަކީ ވެސް މަނާކަމެއް

39 ދުވަސް ކުރިން - 11:15

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރާ އިންސްޕެކްޓަރުން އުސޫލާ ހިލާފުވެއްޖެނަމަ 100,000 ރުފިޔާއިން ޖޫރިމަނާ ކުރަނީ

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރާ އިންސްޕެކްޓަރުން އުސޫލާ ހިލާފުވެއްޖެނަމަ 100,000 ރުފިޔާއިން ޖޫރިމަނާކުރަނީ

41 ދުވަސް ކުރިން - 16:15

ބޭހާބެހޭ ގަވާއިދާ ހިލާފުވާ ފަރާތްތައް 100،000 ރުފިޔާއިން ޖޫރިމަނާކުރަނީ

ބޭހާބެހޭ ގަވާއިދާ ހިލާފުވާ ފަރާތްތައް 100،000 ރުފިޔާއިން ޖޫރިމަނާކުރަނީ

41 ދުވަސް ކުރިން - 15:28

މީދާ ވިހަ ފެނުނު ކުޑަކުދިންގެ ކާނާ ބޭނުން ނުކުރަން އެދެފި

މީދާ ވިހަ ފެނުނު "ހިޕް"ކާނާ ބޭނުންނުކުރަން އެދެފި

137 ދުވަސް ކުރިން - 09:24

ގޮއިދޫގައި ކެންސަރު އިތުރުވާ ސަބަބު ހޯދަން އެމްއެފްޑީއޭއިން ދިރާސާތައް ފަށައިފި

ގޮއިދޫގައި ކެންސަރު އިތުރުވާތީ ދިރާސާކުރަން ފަށައިފި

186 ދުވަސް ކުރިން - 15:24

ބަރުދަން ލުއިވާނެ ކަމަށް ބުނެ ބާރުގަދަ ބޭހެއް ވިއްކަނީ

ބަރުދަން ލުއިވާނެކަމަށް ބުނެ ބާރުގަދަ ބޭހެއް ވިއްކަނީ

229 ދުވަސް ކުރިން - 16:16