Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ދެކުނު އެފްރިކާގައި ހިންގާ އެޗް.އައި.ވީ ޕްރޮގްރާމްތަކަށް އެމެރިކާއިން ދެމުން އައި އެހީ ހުއްޓާލައިފި

އައިޝަތު ރުވާ ރިފްޢަތު
118 ދުވަސް ކުރިން - 20 ޖޫން 2026 12:52
ދެކުނު އެފްރިކާގައި މީހަކު އެޗްއައިވީ ވެކްސިން ޖަހަނީ---
ދެކުނު އެފްރިކާގައި މީހަކު އެޗްއައިވީ ވެކްސިން ޖަހަނީ---
ޚުލާސާ

މި ނިންމުން ނިންމާފައިވަނީ ދެކުނު އެފްރިކާގެ ސިޔާސަތުތަކަށާއި، އީރާނާއެކު ބާއްވާ ގުޅުމުގެ އިތުރުން އިސްރާއީލާ ދެކޮޅަށް ހުށަހެޅި މައްސަލައާ ގުޅިގެން. ދެކުނު އެފްރިކާ ސަރުކާރުން ވަނީ އެމެރިކާގެ ތުހުމަތުތައް ދޮގުކޮށް، އަމިއްލަ ފައިމައްޗަށް ތެދުވުމުގެ މަސައްކަތް ފަށާފަ.

ދެކުނު އެފްރިކާގައި އެޗް.އައި.ވީ އާއި އެއިޑްސް ފެތުރުން ހުއްޓުވުމަށް ހިންގާ މަޝްރޫއުތަކަށް ފޯރުކޮށްދެމުންދާ މާލީ އެހީތެރިކަން ހުއްޓާލުމަށް އެމެރިކާ ސަރުކާރުން ނިންމައިފިއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން މި ނިންމުން ނިންމާފައިވަނީ، ދެކުނު އެފްރިކާގައި ދިރިއުޅޭ މަދު އަދަދެއްގެ ދޮން ނަސްލުގެ މީހުން ނުވަތަ "އެފްރިކާނާ" މުޖުތަމައު ރައްކާތެރިކުރުމަށް އެ ގައުމުގެ ސަރުކާރުން ނުކުޅެދިފައިވާ ކަމަށް ބުނެއެވެ. ނަމަވެސް، ދެކުނު އެފްރިކާ ސަރުކާރުން ވަނީ އެ ތުހުމަތުތައް ތަކުރާރުކޮށް ދޮގުކޮށްފައެވެ.

މި ނިންމުމާ ގުޅޭގޮތުން ދެކުނު އެފްރިކާގެ ހެލްތު މިނިސްޓްރީން ބުނީ، އެހީ ހުއްޓާލިކަން ރަސްމީކޮށް އަންގާފައި ނުވި ނަމަވެސް، ބޭރުގެ އެހީއަށް ބަރޯސާނުވެ އަމިއްލައަށް ކަންކަން ބެލެހެއްޓޭނެ "ސެލްފް ރިލަޔަންސް ޕްލޭން" އެއްގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

Advertisement

Advertisement 1

ދެކުނު އެފްރިކާ އަކީ ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް އެޗް.އައި.ވީ ޖެހިފައިވާ މީހުން ދިރިއުޅޭ ގައުމެވެ. އެ ގައުމުގައި 8 މިލިއަނަށްވުރެ ގިނަ މީހުން މި ބައްޔާއެކު ދިރިއުޅެމުންދެއެވެ. އެމެރިކާގެ "ޕްރެޒިޑެންޓްސް އިމަރޖެންސީ ފަންޑް ފޯ އެއިޑްސް ރިލީފް" މެދުވެރިކޮށް، އަހަރަކު ގާތްގަނޑަކަށް 400 މިލިއަން ޑޮލަރުގެ އެހީ އެމެރިކާއިން އެ ގައުމަށް ފޯރުކޮށްދެމުން ދިޔައީ 2025 ވަނަ އަހަރާ ހަމައަށެވެ. ނަމަވެސް، ޑޮނަލްޑް ޓްރަމްޕް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

ޓްރަމްޕް ނެރުއްވި ރިޔާސީ އަމުރެއްގައި ތުހުމަތު ކުރައްވާފައިވާ ގޮތުގައި، ދެކުނު އެފްރިކާގެ ސިޔާސަތުތަކުގެ ސަބަބުން ވަކި ނަސްލެއްގެ ބިންވެރިންނަށް އަނިޔާވެރިވުމަށް މަގުފަހިވެއެވެ. ނަމަވެސް ދެކުނު އެފްރިކާ ސަރުކާރުން ބުނަނީ، އެ ގައުމުގެ "ބްލެކް އިކޮނޮމިކް އެމްޕަވަރމަންޓް" ސިޔާސަތަކީ އެޕާތައިޑް ނުވަތަ ނަސްލީ އިމްތިޔާޒުގެ ދުވަސްވަރު ކުރިމަތިވި އިގްތިސާދީ ފަރަގުތައް ނައްތާލުމަށް ކޮންމެހެން ބޭނުންތެރި ސިޔާސަތެއް ކަމަށެވެ.

އެމެރިކާގެ މި ނިންމުމުގައި ދެކުނު އެފްރިކާއިން ބައިނަލްއަގުވާމީ އަދުލުގެ މަޖިލީހުގައި އިސްރާއީލާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައާއި، އެ ގައުމުން އީރާނާއެކު ބާއްވާ ގުޅުމަށް ވެސް ވަނީ ފާޑުކިޔާފައެވެ. ވައިޓް ހައުސްއިން ބުނެފައިވަނީ ދެކުނު އެފްރިކާގެ "އަނިޔާވެރި އަދި އަހްލާގީ ގޮތުން ގަބޫލުނުކުރެވޭ" އަމަލުތަކުގެ ސަބަބުން ދެން އެ ގައުމަށް އެހީ ފޯރުކޮށްނުދޭނެ ކަމަށެވެ.

މީގެ އިތުރުން، ދެކުނު އެފްރިކާގައި ދޮން ނަސްލުގެ މީހުން ނައްތާލުމުގެ "ޖެނޯސައިޑެއް" ހިނގަމުންދާ ކަމަށް ބުނެ ޓްރަމްޕް ވަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ދައްކަވާފައެވެ. އަދި އެމެރިކާއިން މިހާރު ވަނީ 17 ވަނަ ގަރުނުގައި އެ ސަރަހައްދުގައި ވަޒަންވެރިވި ޔޫރަޕްގެ ދަރިކޮޅުގެ މީހުން ކަމަށްވާ "އެފްރިކާނާ" މީހުންނަށް ހާއްސަ ރެފިއުޖީ ޕްރޮގްރާމެއް ވެސް ފަށާފައެވެ.

ދެކުނު އެފްރިކާއެމެރިކާއެޗްއައިވީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

އެމެރިކާގެ ސްކޫލެއްގައި ބަޑިޖަހައި 3 ކުޑަކުދިންނާއި ޓީޗަރަކު މަރާލައިފި

އެމެރިކާގެ ސްކޫލެއްގައި ބަޑިޖަހައި 3 ކުޑަކުދިންނާއި ޓީޗަރަކު މަރާލައިފި

17 ގަޑިއިރު ކުރިން - 14:08

އޯޕަންއޭއައިގެ އޮފީހުގައި އަޑުއަހާ ވަސީލަތެއް ހަރުކުރި ސައުދީ ރައްޔިތަކު އެމެރިކާއިން ހައްޔަރުކޮށްފި

19 ގަޑިއިރު ކުރިން - 11:41

ޔޫއޭއީ އާއި އެމެރިކާއިން ހުރްމުޒް އިން ތެޔޮ ސްމަގްލް ކުރާ ކަމަށް

ޔޫއޭއީ އާއި އެމެރިކާއިން ހުރްމުޒް އިން ތެޔޮ ސްމަގްލް ކުރާ ކަމަށް

4 ދުވަސް ކުރިން - 12:47

ފަލަސްޠީނުގައި ޝަހީދުކޮށްލި އެމެރިކާ މުސްލިމުންގެ މައުލޫމާތު އިޒުރޭލުން ފޮރުވި ކަމަށް ތުހުމަތުކޮށްފި

ފަލަސްޠީނުގައި ޝަހީދުކޮށްލި އެމެރިކާ މުސްލިމުންގެ މައުލޫމާތު އިޒުރޭލުން ފޮރުވި ކަމަށް ތުހުމަތުކޮށްފި

6 ދުވަސް ކުރިން - 10:16

މިހާތަނަށް އެޗްއައިވީގެ 7,403 ކޭސް ލަންކާގައި ރިޕޯޓު ކޮށްފި

މިހާތަނަށް އެޗްއައިވީގެ 7,403 ކޭސް ލަންކާގައި ރިޕޯޓު ކޮށްފި

9 ދުވަސް ކުރިން - 07:58

އެމެރިކާގެ 3 އެއަރކްރާފްޓް ކެރިއަރަކާއި 10،000 ސިފައިން މެދުއިރުމައްޗަށް

އެމެރިކާގެ 3 އެއަރކްރާފްޓް ކެރިއަރަކާއި 10،000 ސިފައިން މެދުއިރުމައްޗަށް

13 ދުވަސް ކުރިން - 12:39