Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ހިމަބިހި ކޮންޓްރޯލް ކުރުމަށް ޔުނިސެފުން ރާއްޖެއަށް 28,000 ޑޯޒްގެ ވެކްސިން ހަދިޔާކޮށްފި

ހިމަބިހި ކޮންޓްރޯލް ކުރުމަށް ޔުނިސެފުން ރާއްޖެއަށް 28,000 ޑޯޒްގެ ވެކްސިން ހަދިޔާކޮށްފި

އައިޝަތު ރުވާ ރިފްޢަތު
2 ގަޑިއިރު ކުރިން - 8 ޖުލައި 2026 20:10
ހިމަބިހި ކޮންޓްރޯލް ކުރުމަށް ޔުނިސެފުން ރާއްޖެއަށް 28,000 ޑޯޒްގެ ވެކްސިން ހަދިޔާކުރުމުގެ ރަސްމިއްޔާތު/ ފޮޓޯ: ހެލްތް މިނިސްޓަރީ
ހިމަބިހި ކޮންޓްރޯލް ކުރުމަށް ޔުނިސެފުން ރާއްޖެއަށް 28,000 ޑޯޒްގެ ވެކްސިން ހަދިޔާކުރުމުގެ ރަސްމިއްޔާތު/ ފޮޓޯ: ހެލްތް މިނިސްޓަރީ
ޚުލާސާ

ޔުނިސެފުން ހަދިޔާކުރި 28,000 ޑޯޒްގެ މި ވެކްސިނަކީ، ރާއްޖޭގައި މިހާރު ފެތުރެމުންދާ ހިމަބިހި ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ "އައުޓްބްރޭކް ރެސްޕޮންސް އިމިއުނައިޒޭޝަން" ޕްރޮގްރާމަށް އެހީތެރިވުމުގެ ގޮތުން ފޯރުކޮށްދީފައިވާ ވަރަށް މުހިންމު އެހީއެއްކަމަށް މިނިސްޓަރީން ފާހަގަކުރި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަލުވިކަމާއެކު ހިމަބިހި (މީސަލްސް) ފެތުރެމުންދާތީ، އެ ބަލި ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ބާރުވެރިކަން ދިނުމުގެ ގޮތުން ޔުނިސެފުން ރާއްޖެއަށް 28,000 ޑޯޒްގެ ވެކްސިން ހަދިޔާކޮށްފި އެވެ.

ޔުނިސެފުން ރާއްޖެއަށް ހަދިޔާކުރި މި މީސަލްސް-ރުބެއްލާ (އެމް.އާރް) ވެކްސިން، މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ އާ ރަސްމީކޮށް ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު މިނިސްޓްރީގަ އެވެ. މި ރަސްމިއްޔާތުގައި ޔުނިސެފްގެ ފަރާތުން ވެކްސިން ހަވާލުކޮށްދެއްވީ އެ ޖަމާއަތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ. އެޑްވަރޑް އަޑައި އެވެ. ސަރުކާރުގެ ފަރާތުން މި އެހީއާ ހަވާލުވެވަޑައިގަތީ މިނިސްޓާ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ ޤީލާ އަލީ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި، ޔުނިސެފުން ހަދިޔާކުރި 28,000 ޑޯޒްގެ މި ވެކްސިނަކީ، ރާއްޖޭގައި މިހާރު ފެތުރެމުންދާ ހިމަބިހި ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ "އައުޓްބްރޭކް ރެސްޕޮންސް އިމިއުނައިޒޭޝަން" ޕްރޮގްރާމަށް އެހީތެރިވުމުގެ ގޮތުން ފޯރުކޮށްދީފައިވާ ވަރަށް މުހިންމު އެހީއެކެވެ.

Advertisement

Advertisement 1

މި އެހީއަކީ ހިމަބިހި ފެތުރުން ހުއްޓުވުމުގައި ނުހަނު ބޮޑު ދައުރެއް އަދާކުރާނެ އެހީއެއް ކަމަށާއި، މިއީ މުޅި ރާއްޖޭގައި ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ބަހައްޓަވާ މަތިވެރި އަހަންމިއްޔަތުކަން ހާމަކޮށްދޭ ކަމެއް ކަމަށްވެސް މިނިސްޓްރީން ފާހަގަކުރި އެވެ.

ހިމަބިހި ކޮންޓްރޯލް ކުރުމުގެ މަސައްކަތުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް މި ޕްރޮގްރާމްގެ ދަށުން 5,495 މީހުންނަށް ވެކްސިން ދީފައިވެ އެވެ. މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށުގައިވެސް ވެކްސިން ދިނުމުގެ މަސައްކަތް ސިއްހީ ޓީމުތަކުން މެދުނުކެނޑި ދަނީ ކުރަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޤީލާ ވަނީ ވެކްސިން ޖެހުމުގެ ޝަރުތު ހަމަވާ ހުރިހާ ބޭފުޅުން ވެސް ލަސްނުކުރައްވައި ވެކްސިން ޖެއްސެވުމަށް ބާރު އަޅުއްވާފަ އެވެ.

ތިމާގެ އަމިއްލަ ނަފްސު ރައްކާތެރިކުރުމަކީ، ތިމާގެ އާއިލާއާއި، މުޖުތަމައާއި، އަދި ބަލިތަކަށް އެންމެ ނާޒުކު ފަރާތްތައް ރައްކާތެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން، މި ބަލިމަޑުކަމުން ރައްޔިތުން ސަލާމަތްކުރުމަށްޓަކައި ސިއްހީ ދާއިރާގެ މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތްތަކަށް މިނިސްޓަރު ޝުކުރު އަދާކުރެއްވި އެވެ. އަދި ޔުނިސެފާ ގުޅިގެން މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަންވެސް މިނިސްޓަރު ވަނީ ދެއްވާފަ އެވެ.

މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގައުމީ ފެމިލީ މީޑިއޭޝަން ތަމްރީން ޕްރޮގްރާމް ރަސްމީކޮށް ފަށައިފި

ގައުމީ ފެމިލީ މީޑިއޭޝަން ތަމްރީން ޕްރޮގްރާމް ރަސްމީކޮށް ފަށައިފި

18 ދުވަސް ކުރިން - 15:58

އެންސްޕާގެ ވެލްފެއާގެ ބައެއް ޚިދުމަތްތައް އާސަންދައިގެ ދަށަށް ބަދަލުކޮށްފި

އެންސްޕާގެ ވެލްފެއާގެ ބައެއް ޚިދުމަތްތައް އާސަންދައިގެ ދަށަށް ބަދަލުކޮށްފި

38 ދުވަސް ކުރިން - 20:58

"އުފަކާރަ" ތަމްރީން ޕްރޮގްރާމް މާލެ ސިޓީގައި ނިންމުމުގެ ރަސްމިއްޔާތު ފަސްޓް ލޭޑީ ޝަރަފުވެރިކޮށްދެއްވައިފި

"އުފަކާރަ"ތަމްރީން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު މެޑަމް ޝަރަފުވެރިކޮށްދެއްވައިފި

73 ދުވަސް ކުރިން - 00:52

ނާޒުކު ވަގުތުތަކުގައި ހަގީގަތާ ހިލާފު ވާހަކަ ނުފެތުރުމަށް ސަރުކާރުން އިލްތިމާސްކޮށްފި

ނާޒުކު ހާލަތްތަކުގައި ހަގީގަތާހިލާފު ވާހަކަ ނުފަތުރުމަށް އިލްތިމާސްކޮށްފި

75 ދުވަސް ކުރިން - 20:47

މިދިޔަ މަހު ކުޑަކުދިންނާ ގުޅޭ 92 މައްސަލައެއް ރިޕޯޓުކޮށްފައިވޭ، އެންމެ ގިނައީ ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ މައްސަލަތައް

މާޗު މަހު ކުޑަކުދިންނާ ގުޅޭ 92 މައްސަލައެއް

78 ދުވަސް ކުރިން - 18:05

ހެރިޓޭޖް މިނިސްޓަރު ކަމަށް ހީނާ، ހެލްތު އެންޑް ފެމިލީ މިނިސްޓަރަކަށް ގީލާ

ހެރިޓޭޖަށް ހީނާ، ހެލްތު އެންޑް ފެމިލީއަށް ގީލާ

85 ދުވަސް ކުރިން - 19:21