Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ކޮންގޯގައި ފެތުރެމުންދާ އެބޯލާ ބަލިން ފަސް މީހަކު ރަނގަޅުވެއްޖެ

ހުސައިން އިސްމާއިލް
141 ދުވަސް ކުރިން - 31 މެއި 2026 20:36
ހެލްތު ވޯކަރެއް ފައިލެއް ހިފައިގެން---
ހެލްތު ވޯކަރެއް ފައިލެއް ހިފައިގެން---
ޚުލާސާ

މިއީ މި ބައްޔަށް ޚާއްސަ ވެކްސިނެއް ނުވަތަ ފަރުވާއެއް ހޯދިފައިނުވާ ދަނޑިވަޅެއްގައި ލިބުނު ބޮޑު ކުރިއެރުމެއް. މިއީ ކޮންގޯގައި އެބޯލާ ފެތުރޭ 17 ވަނަ ފަހަރު. މި ބަލި ޖެހޭ މީހުންގެ ތެރެއިން 50 އިންސައްތަ މީހުން މަރުވުމުގެ ފުރުސަތު އޮވޭ.

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީ.އާރު ކޮންގޯ) ގައި މިހާރު ފެތުރެމުންދާ އެބޯލާގެ ނުރައްކާތެރި ވައްތަރެއް ޖެހުނު ފަސް މީހަކު ބަލިން ފަސޭހަވުމާ ގުޅިގެން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) އިން އެކަމަށް މަރުހަބާ ކިޔައިފިއެވެ. މިއީ މި ބައްޔަށް ޚާއްސަ ވެކްސިނެއް ނުވަތަ ފަރުވާއެއް ހޯދިފައިނުވާ ދަނޑިވަޅެއްގައި ލިބުނު ބޮޑު ކުރިއެރުމެކެވެ.

ޑަބްލިއު.އެޗް.އޯ ގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔޭސަސް އާދީއްތަ ދުވަހު ވިދާޅުވީ، ބަލިން ރަނގަޅުވި ހަތަރު މީހަކު މިއަދު ހޮސްޕިޓަލުން ދޫކޮށްލާނެ ކަމަށެވެ. އަދި އޭގެ ކުރިން ހުކުރު ދުވަހުވެސް އެކަކު ބަލިން ފަސޭހަވެގެން ގެއަށް ފޮނުވާލާފައިވާ ކަމަށް އޭނާ ހާމަކުރެއްވިއެވެ. ޓެޑްރޯސް މިކަން އިޢުލާން ކުރެއްވީ ކޮންގޯގެ އިރުމަތީ ސިޓީއެއް ކަމަށްވާ ބޫނިއާގައި އަލަށް ހުޅުވި އެބޯލާ ފަރުވާދޭ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތުގައެވެ.

"މިއަދު ހަތަރު މީހަކު ހޮސްޕިޓަލުން ދޫކޮށްލެވޭނެ، އަދި އޭގެ ކުރީ ދުވަހުވެސް މީހަކު ވަނީ ދޫކޮށްލެވިފައި،" ބޫނިއާގައި ހުންނަވައި ޓެޑްރޯސް ވިދާޅުވިއެވެ.

Advertisement

Advertisement 1

މިއީ ކޮންގޯގައި އެބޯލާ ފެތުރޭ 17 ވަނަ ފަހަރެވެ. މިފަހަރު ފެތުރެމުންދަނީ 'ބުންޑިބުގްޔޯ' ނަމަކަށް ކިޔާ ނުރައްކާތެރި ވައްތަރެކެވެ. ޑަބްލިއު.އެޗް.އޯ އިން ހާމަކުރާ ގޮތުގައި މި ބަލި ޖެހޭ މީހުންގެ ތެރެއިން 50 އިންސައްތަ މީހުން މަރުވުމުގެ ފުރުސަތު އޮވެއެވެ.

މި ހާލަތާ ގުޅިގެން އެހީދޭ ޖަމިއްޔާއެއް ކަމަށްވާ 'ޑޮކްޓާސް ވިތައުޓް ބޯޑާސް' (އެމް.އެސް.އެފް) އިން ބުނީ ހާލަތު އޮތީ "ވަރަށް ބޮޑަށް ކަންބޮޑުވާންޖެހޭ" ފަދަ ދަރަޖައެއްގައި ކަމަށެވެ. އެ ޖަމިއްޔާގެ ޑެޕިއުޓީ ޑިރެކްޓަރ އެލަން ގޮންޒާލޭޒް ވިދާޅުވި ގޮތުގައި، މިފަހަރު ބަލި ފެތުރޭ ދުވެލި ކުރީގެ ފަހަރުތަކަށްވުރެ މާ އަވަހެވެ. އަދި ބަލި ދެނެގަތުމަށް ބޭނުންވާ ޓެސްޓު ކުރުމުގެ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ބަލިޖެހިފައިވާ މީހުން ދެނެގަތުމަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.

އެންމެ ފަހުގެ ރަސްމީ ތަފާސްހިސާބުތައް ދައްކާ ގޮތުން، މި ބަލީގައި މިހާތަނަށް 220 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، ބަލި ޖެހިފައިވާ ކަމަށް ޝައްކުކުރެވޭ 1,000 އެއްހާ ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. އަދި ކޮންގޯއާ ބޯޑަރު ހިއްސާކުރާ ޔުގެންޑާއިންވެސް މިހާތަނަށް އެކަކު މަރުވެ، ނުވަ ކޭސް ފެނިފައިވާ ކަމަށް ޚަބަރުތައް ލިބެއެވެ.

އިބޯލާޑަބްލިޔޫއެޗްއޯކޮންގޯ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ޔަމަނުގެ ހާލަތު އިންތިހާއަށް ގޯސްވެ، ބޮޑު ކާރިސާއަކާ ދިމާއަށް!

ޔަމަނުގެ ހާލަތު އިންތިހާއަށް ގޯސްވެ، ބޮޑު ކާރިސާއަކާ ދިމާއަށް!

3 ދުވަސް ކުރިން - 15:00

ޑީއާރު ކޮންގޯއިން ފެތުރެމުންދާ އެބޯލާ ވައިރަސްގައި ކެންޔާ މީހަކު މަރުވެއްޖެ

ޑީއާރު ކޮންގޯއިން ފެތުރެމުންދާ އެބޯލާ ވައިރަސްގައި ކެންޔާ މީހަކު މަރުވެއްޖެ

11 ދުވަސް ކުރިން - 12:56

ކޮންގޯގައި ފެތުރެމުންދާ އިބޯލާ ބައްޔަށް ފަރުވާކުރުމުގެ ކްލިނިކަލް ޓްރަޔަލްތައް ފަށައިފި

ކޮންގޯގައި ފެތުރެމުންދާ އިބޯލާ ބައްޔަށް ފަރުވާކުރުމުގެ ކްލިނިކަލް ޓްރަޔަލްތައް ފަށައިފި

107 ދުވަސް ކުރިން - 21:44

ފަހަތުން އަރާ ކޮންގޯ ބަލިކޮށް އިންގްލެންޑުން ގަދަ 16 އަށް!

ފަހަތުން އަރާ ކޮންގޯ ބަލިކޮށް އިންގްލެންޑުން ގަދަ 16 އަށް!

109 ދުވަސް ކުރިން - 23:04

ޕޯޗުގަލް ވީ އެއްވަރު؛ މިކުޅުން ކުޅެގެން ޕޯޗުގަލަށް ތަށީގެ ވަސްވެސް ނުލިބޭނެ

ޕޯޗުގަލް ވީ އެއްވަރު؛ މިކުޅުން ކުޅެގެން ޕޯޗުގަލަށް ތަށީގެ ވަސްވެސް ނުލިބޭނެ

123 ދުވަސް ކުރިން - 00:00

އިބޯލާ އަށް ތިން ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި

އިބޯލާ އަށް ތިން ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި

139 ދުވަސް ކުރިން - 23:07