Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ގައުމީ ފެމިލީ މީޑިއޭޝަން ތަމްރީން ޕްރޮގްރާމް ރަސްމީކޮށް ފަށައިފި

ގައުމީ ފެމިލީ މީޑިއޭޝަން ތަމްރީން ޕްރޮގްރާމް ރަސްމީކޮށް ފަށައިފި

އައިޝަތު ރުވާ ރިފްޢަތު
7 ގަޑިއިރު ކުރިން - 20 ޖޫން 2026 15:58
މި ޕްރޮގްރާމް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---
މި ޕްރޮގްރާމް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---
ޚުލާސާ

ސަރުކާރާއި ޔުނިސެފް ގުޅިގެން ކުރިއަށްގެންދާ މި މަސައްކަތުގެ އަމާޒަކީ އާއިލީ މައްސަލަތަކަށް ކޯޓުން ބޭރުގައި ސުލްހަވެރި ހައްލު ހޯދައިދޭނެ މީޑިއޭޓަރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާކުރުން. މީގެ ސަބަބުން އާއިލީ ގުޅުންތައް ބަދަހިވެ، ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށް މަގުފަހިވާނެ.

ކުޑަކުދިންނާއި އަންހެނުންނަށް އާއިލީ ދިރިއުޅުމުގެ އެކި މަރުހަލާތަކުގައި ކުރިމަތިވާ ނާޒުކު ހާލަތްތަކާ ގުޅޭގޮތުން ކުރެވުނު ދިރާސާ ރިޕޯޓުގެ އަލީގައި ތައްޔާރުކުރެވުނު "ޤައުމީ ފެމިލީ މީޑިއޭޝަން ތަމްރީން ޕްރޮގްރާމް" ރަސްމީކޮށް މިއަދު ފަށައިފިއެވެ.

މީރުމާގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ދިރާސާ ރިޕޯޓު އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު، ގީލާ އަލީއެވެ. އަދި ގައުމީ މީޑިއޭޝަން ތަމްރީން ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަޙްމަދު މުއުތަސިމް ޢަދުނާނެވެ.

މިއަދު އިފްތިތާޙުކުރެވުނު ދިރާސާ ރިޕޯޓަކީ އާއިލީ ނުތަނަވަސްކަމުގެ ސަބަބުން ކުޑަކުދިންނަށް ކުރާ ނޭދެވޭ އަސަރުތައް ދެނެގަނެ، އެކަންކަން ކުޑަކުރުމަށް ކުރެވޭނެ މަސައްކަތްތަކަށް އަމާޒުކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ. މި ދިރާސާގެ މައްޗަށް ބިނާކޮށް އެކުލަވާލެވިފައިވާ މި ތަމްރީން ޕްރޮގްރާމަކީ، އާއިލާތަކަށް ކުރިމަތިވާ އެކި މައްސަލަތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ހުނަރާއި ގާބިލުކަން ހުރި މީޑިއޭޓަރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

Advertisement

Advertisement 1

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ގީލާ އަލީ ވިދާޅުވީ، މިއަދު ފެށިގެން މިދިޔަ މަސައްކަތަކީ އާއިލީ ގުޅުންތައް ބަދަހިކުރުމަށާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ދިވެހި ސަރުކާރުން ގެންގުޅުއްވާ ހާއްސަ ތަސައްވުރު ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ. އަދި އެކަކު އަނެކަކަށް އަޅާލާ އޯގާތެރި މުޖުތަމައެއް ބިނާކުރުމަކީ މި ސަރުކާރުގެ މުހިންމު އަމާޒެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ދިރާސާ ރިޕޯޓުގެ ހޯދުންތަކުން ދައްކާގޮތުގައި، ކުޑަކުދިންގެ ދުޅަހެޔޮކަމާއި ކުރިއެރުން ސީދާގޮތެއްގައި ގުޅިފައިވަނީ އެކުދިން ބަލަހައްޓާ ފަރާތްތަކުގެ ތަޖުރިބާތަކާއެވެ. އާއިލީ ހަމަޖެހުން ގެއްލެން މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ މުއާމަލާތް ކުރުން ކުޑަވުން ނުވަތަ އެކަމުގައި ހުރި ހުރަސްތައްކަންވެސް މި ދިރާސާއިން ވަނީ ހާމަވެފައެވެ.

މި ޕްރޮގްރާމަކީ ހެލްތު މިނިސްޓްރީއާއި، ޔުނިސެފް މޯލްޑިވްސް، ފެމިލީ ކޯޓު އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގުޅިގެން ކުރިއަށްގެންދާ "ޗައިލްޑް އެންޑް ފެމިލީ ވެލްބީންގ ޕްރޮޖެކްޓް" ގެ ދަށުން ހިންގޭ މަސައްކަތެކެވެ.

މި ޕްރޮގްރާމުގެ ޓްރެއިނިންގ އޮފް ޓްރެއިނާސް ބައި ފެށުމަށް ހަމަޖެހިފައިވަނީ 21 ޖޫން ވާ އާދިއްތަ ދުވަހުއެވެ. އަދި އަންނަ ޖުލައި މަހުގެ ތެރޭގައި މީޑިއޭޓަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމްތައް ކުރިއަށްދާނެއެވެ. މި ތަމްރީނުތައް ފުރިހަމަކުރާ ފަރާތްތަކުގެ ދަފްތަރެއް ޑީޖޭއޭ އިން އެކުލަވައިލުމަށް ވަނީ ނިންމާފައެވެ. މީގެ ސަބަބުން އާއިލީ މައްސަލަތައް ކޯޓުން ބޭރުގައި، ސުލްހަވެރިކަމާއެކު ހައްލުކުރުމުގެ ސަގާފަތެއް އަށަގަނެގެންދާނެއެވެ.

މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާމިނިސްޓަރު ގީލާ އަލީޔުނިސެފް މޯލްޑިވްސްފެމިލީ ކޯޓު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެންސްޕާގެ ވެލްފެއާގެ ބައެއް ޚިދުމަތްތައް އާސަންދައިގެ ދަށަށް ބަދަލުކޮށްފި

އެންސްޕާގެ ވެލްފެއާގެ ބައެއް ޚިދުމަތްތައް އާސަންދައިގެ ދަށަށް ބަދަލުކޮށްފި

20 ދުވަސް ކުރިން - 20:58

ދުންފަތުގެ އިސްތިއުމާލުކުރާ މީހުން މަދުކުރުމަށް 5 އަހަރުގެ ގައުމީ ކެމްޕެއިނެއް އިފްތިތާހުކޮށްފި

ދުންފަތުގެ އިސްތިއުމާލުކުރާ މީހުން މަދުކުރުމަށް 5 އަހަރުގެ ގައުމީ ކެމްޕެއިނެއް އިފްތިތާހުކޮށްފި

20 ދުވަސް ކުރިން - 17:03

"އުފަކާރަ" ތަމްރީން ޕްރޮގްރާމް މާލެ ސިޓީގައި ނިންމުމުގެ ރަސްމިއްޔާތު ފަސްޓް ލޭޑީ ޝަރަފުވެރިކޮށްދެއްވައިފި

"އުފަކާރަ"ތަމްރީން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު މެޑަމް ޝަރަފުވެރިކޮށްދެއްވައިފި

55 ދުވަސް ކުރިން - 00:52

ނާޒުކު ވަގުތުތަކުގައި ހަގީގަތާ ހިލާފު ވާހަކަ ނުފެތުރުމަށް ސަރުކާރުން އިލްތިމާސްކޮށްފި

ނާޒުކު ހާލަތްތަކުގައި ހަގީގަތާހިލާފު ވާހަކަ ނުފަތުރުމަށް އިލްތިމާސްކޮށްފި

57 ދުވަސް ކުރިން - 20:47

މިދިޔަ މަހު ކުޑަކުދިންނާ ގުޅޭ 92 މައްސަލައެއް ރިޕޯޓުކޮށްފައިވޭ، އެންމެ ގިނައީ ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ މައްސަލަތައް

މާޗު މަހު ކުޑަކުދިންނާ ގުޅޭ 92 މައްސަލައެއް

60 ދުވަސް ކުރިން - 18:05

ހެރިޓޭޖް މިނިސްޓަރު ކަމަށް ހީނާ، ހެލްތު އެންޑް ފެމިލީ މިނިސްޓަރަކަށް ގީލާ

ހެރިޓޭޖަށް ހީނާ، ހެލްތު އެންޑް ފެމިލީއަށް ގީލާ

67 ދުވަސް ކުރިން - 19:21