އައްޑޫއިން ގޯއްޗަށް އެދި 4,160 މީހުން ވަނީ ފޯމު ހުށަހަޅާފައެވެ. އޭގެ ތެރެއިން 3,972 މީހުން ޝަރުތު ހަމަވެފައިވާއިރު އައްޑޫ ސިޓީ ކައުންސިލުން ވަނީ ޝަރުތުހަމަވި އެންމެނަށް ގޯތި ދިނުމަށް ނިންމާފައެވެ.
884 ދުވަސް ކުރިން - 01:06
މިނިސްޓަރ ފައިސަލް ވިދާޅުވީ ފަތުރުވެރިކަމަށް ޚާއްސަ އިންވެސްޓްމަންޓް ފޯރަމްތަކެއް ބޭއްވުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ. އެގޮތުން ޑުބާއި، ސިންގަޕޯ އަދި ތައިލެންޑްގައިވެސް ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް ޚާއްޞަ އިންވެސްޓަރ ފޯރަމްތަކެއް ބޭއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ފައިސަލް ވިދާޅުވިއެވެ.
884 ދުވަސް ކުރިން - 23:57
ހުޅުމާލޭ ވެހިކަލެއް ތެރޭގައި ނިޔާވެފައި އޮތް މީހަކު ފެނިއްޖެއެވެ.
884 ދުވަސް ކުރިން - 23:17
ކ. ގުޅިފަޅު ހިއްކުމުގެ މަޝްރޫއުގެ މަސައްކަތްތައް މަޑުޖައްސާލަން ހައި ކޯޓުން ނެރުނު އަމުރު ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.
884 ދުވަސް ކުރިން - 23:06
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ސްކޮލަރޝިޕްތަކަކީ ޖަޕާނު ސަރުކާރުގެ ޚަރަދުގައި އެ ޤައުމުގައި ހުރެގެން ކިޔެވޭ ސްކޮލަރޝިޕްތަކެއް ކަމަށެވެ. އެގޮތުން ރިސާޗް ކިޔަވާ ދަރިވަރުންނާއި ސްޕެޝަލައިޒްޑް ޓްރެއިނިންގެ ދަރިވަރުން އަދި ޓެކްނޮލޮޖީގެ ދާއިރާއިން ތަޢުލީމު ހާޞިލުކުރަމުން އަންނަ ދަރިވަރުންނަށް ޚާއްސަ ކޯސްތަކަކަށް ވަނީ ފުރުޞަތު ހުޅުވާލާފައެވެ.
884 ދުވަސް ކުރިން - 21:05
މާބަނޑު އަންހެނަކަށް އޭނާގެ އާއިލާއިން އަނިޔާކުރާ ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. އޭނާ ފޭސްބުކްގައި ކުރި ޕޯސްޓުގައި ބުނެފައިވަނީ އޭނާގެ އާއިލާގެ ފަރާތުން އަނިޔާލިބެމުން އަންނަ ކަމަށާއި، ކެތް ނުވެގެން އެންމެ ފަހުން ފޭސްބުކްގައި ޙިއްސާކުރީ ކަމަށެވެ.
885 ދުވަސް ކުރިން - 20:54
އެންޑީއެމްއޭ އިން ވަނީ އާންމު ރައްޔިތުންގެ މުދަލާއި ގެދޮރަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ދުރާލާ މަސައްކަތް ކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކަށް ރަށު ފެންވަރުގައި ރައްޔިތުން ހޭލުންތެރިވެ ޚާއްސަ ސަމާލުކަމެއް ދިނުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.
885 ދުވަސް ކުރިން - 20:34
ރައީސް ފޮނުއްވި މެސެޖުގައި، ސިންގަޕޫރުގެ އާ ބޮޑުވަޒީރާ ގުޅިގެން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ވިޔަފާރީގެ ދާއިރާއާއި އިންވެސްޓްމަންޓްގެ ދާއިރާއިން ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެއްވުމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.
885 ދުވަސް ކުރިން - 20:19
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މާލެ ސަރަޙައްދުގައި ޓެކްސީ ކުރެވޭނެ އަގުތައް ސަރުކާރުން މުރާޖައާކުރުމަށްފަހު ކަނޑައަޅާފައިވާ ކަމަށާއި، އެ އަގުތަކަށް ޢަމަލުކުރަން ފަށާނީ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.
885 ދުވަސް ކުރިން - 00:10
އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ވަނީ ދެވަނަ ފޭސްގެ ރުއްގަނޑު 3ގެ ބީޗް ސަރަޙައްދަށްވާ ގޮތަށް އޮންނަ ހުސްބިމުގައި ހަދާފައިވާ ހަޓުތައް 30 މެއި 2024 ގެ ކުރިން ނަގާ ސާފުކުރުމަށް އަންގާފައެވެ.
885 ދުވަސް ކުރިން - 23:52
އެޗްޕީއޭއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މާޗް މަހަށް ވުރެ އެޕްރީލް މަހުގައި ރިޕޯޓުކޮށްފައިވާ ޑެންގޫ ކޭސްތައް ވަނީ އިތުރުވެފައެވެ. އެގޮތުން މާޗް މަހު ޑެންގޫގެ 119 ކޭސް ރިޕޯޓުކޮށްފައިވާއިރު، އެޕްރީލް މަހު ވަނީ 244 ކޭސް ރިޕޯޓުކޮށްފައެވެ.
885 ދުވަސް ކުރިން - 21:51
ޙައްޖު ކޯޕަރޭޝަނުން ބުނީ ޓްރެކިންގ ޑިވައިސްގެ ޒަރިއްޔާއިން، ޙައްޖާޖީން ތިބޭ ތަން ވަގުތުން އެނގޭނެ ކަމަށެވެ. އަދި މަގު އޮޅުން ފަދަ ކަމެއް ޙައްޖާޖީއަކަށް ކުރިމަތިވެއްޖެނަމަ އެ ޑިވައިސް އަށް ފިއްތާލައިގެން އެމީހަކު ގެއްލިފައިވާކަން އެނގޭނެ ކަމަށެވެ.
885 ދުވަސް ކުރިން - 21:43