މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ޑެންގޫ ހުމުގެ 244 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މާޗް މަހަށް ވުރެ އެޕްރީލް މަހުގައި ރިޕޯޓުކޮށްފައިވާ ޑެންގޫ ކޭސްތައް ވަނީ އިތުރުވެފައެވެ. އެގޮތުން މާޗް މަހު ޑެންގޫގެ 119 ކޭސް ރިޕޯޓުކޮށްފައިވާއިރު، އެޕްރީލް މަހު ވަނީ 244 ކޭސް ރިޕޯޓުކޮށްފައެވެ.
މަދިރީގެ ޒަރިއްޔާއިން ޑެންޖީ ޖެހެނީ ބަލި ޖެހިފައިވާ މީހެއްގެ ގައިން ލޭ ބުއިމަށްފަހު ބަލިނުޖެހޭ މީހެއްގެ ގައިގައި މަދިރި ހަފައިފިނަމަ އެމީހާގެ ހަށިގަނޑުގެ ތެރެއަށް ވައިރަސް ވާސިލްވެގެންނެވެ. މި ބަލި ޖެހުމުގެ އަލާމާތްތަކުގެ ތެރޭގައި ގައިގައި ރިއްސުމާއި، ގައިން ވަރު ދެރަވުމާއި، ހުން އައުމާއި، މޭނުބައިކޮށް ހޮޑުލުމާއި ބޮލުގައި ރިއްސުން ހިމެނެއެވެ.
މި ދުވަސްވަރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައާ ގުޅިގެން މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް އިތުރުވަމުން އަންނާތީ އެޗްޕީއޭ އިން ވަނީ އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.



