މާލެ ސަރަޙައްދުގައި ޓެކްސީ ކުރެވޭނެ އަގުތައް ސަރުކާރުން އަލުން ކަނޑައަޅައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މާލެ ސަރަޙައްދުގައި ޓެކްސީ ކުރެވޭނެ އަގުތައް ސަރުކާރުން މުރާޖައާކުރުމަށްފަހު ކަނޑައަޅާފައިވާ ކަމަށާއި، އެ އަގުތަކަށް ޢަމަލުކުރަން ފަށާނީ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.
ޓެކްސީ ދަތުރުތަކުގެ އަގުތައް ސަރުކާރުން މުރާޖައާކޮށްފައި މިވަނީ މާލެ ސަރަޙައްދުގައި ދުއްވާ ޓެކްސީތަކުން ޓެކްސީ ޑްރައިވަރުން ހިތު ހުރި އަގެއް ނަގަމުންދާކަމުގެ މައްސަލަ ބޮޑުވެފައި ވަނިކޮށެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އަގުތައް ކަނޑައަޅާފައިވަނީ ދަތުރުކުރާ ސަރަޙައްދާއި ޕެޓްރޯލް ޚަރަދު ފަދަ ކަންކަމަށް ބެލުމަށްފަހު ކަމަށެވެ. އަދި އަގުތައް ކަނޑައެޅުމުގައި ޓެކްސީ ޑްރައިވަރުންނާއި ޚިދުމަތް ހޯދާ މީހުންގެ މަސްލަޙަތަށް ބުރޫ ނާރާނެ ގޮތަށްވެސް ބަލާފައިވާނެކަމަށް މިނިސްޓްރީން ބުންޏެވެ.
ހަ ސީޓަށްވުރެ މަދު އުޅަނދުތަކުގެ ދަތުރުތަކަށް ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވަނީ:
- ޒޯނު އެތެރޭގެ ދަތުރުތައް (މާލެ، ހުޅުމާލެ، ހުޅުމާލެ 2 ގެ އެތެރޭގެ ދަތުރުތައް) - 30ރ.
- މާލެ އިން ހުޅުމާލެ 1 އަށް - 85ރ.
- މާލެ އިން ހުޅުމާލެ 2 އަށް - 100ރ.
- މާލެ އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް - 70ރ.
- ހުޅުމާލެ 1 އިން މާލެ އަށް- 85ރ.
- ހުޅުމާލެ 1 އިން ހުޅުމާލެ 2 އަށް - 40ރ.
- ހުޅުމާލެ 1 އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް 80ރ.
- ހުޅުމާލެ 2 އިން މާލެ އަށް - 100ރ.
- ހުޅުމާލެ 2 އިން ހުޅުމާލެ 1 އަށް - 40ރ.
- ހުޅުމާލެ 2 އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް - 85ރ.
- ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މާލެ އަށް 70ރ.
- ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހުޅުމާލެ 1 އަށް 80ރ.
- ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހުޅުމާލޭ 2 އަށް 85ރ.
7-10 ސީޓާ ދެމެދުގެ އުޅަނދުތަކުގެ ދަތުރުތަކަށް ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވަނީ:
- ޒޯނު އެތެރޭގެ ދަތުރުތައް (މާލެ، ހުޅުމާލެ، ހުޅުމާލެ 2 ގެ އެތެރޭގެ ދަތުރުތައް) - 45ރ.
- މާލެ އިން ހުޅުމާލެ 1 އަށް 130ރ.
- މާލެ އިން ހުޅުމާލެ 2 އަށް 155ރ.
- މާލެ އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް- 110ރ.
- ހުޅުމާލެ 1 އިން މާލެ އަށް 130ރ.
- ހުޅުމާލެ 1 އިން ހުޅުމާލެ 2 އަށް 60ރ.
- ހުޅުމާލެ 1 އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް 125ރ.
- ހުޅުމާލެ 2 އިން މާލެ އަށް 155ރ.
- ހުޅުމާލޭ 2 އިން ހުޅުމާލެ 1 އަށް 60ރ.
- ހުޅުމާލެ 2 އިން ވެލާނާ އިންޓަނޭޝަނަލް އެެއާޕޯޓަށް 130ރ.
- ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މާލެ އަށް 110ރ.
- ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހުޅުމާލެ 1 އަށް 125ރ.
- ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހުޅުމާލޭ 2 އަށް 130ރ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ޑޮމެސްޓިކް ޓާމިނަލަށް ކުރެވޭ ދަތުރުތަކުން އެއާޕޯޓަށް ކަނޑައަޅާފައިވާ އަގުގެ އިތުރަށް 10.ރ ނެގޭނެ ކަމަށެވެ. އަދި ޓެކްސީއަށް އަރުވާ ލަގެޖު 3 ލަގެޖަށްވުރެ އިތުރުވާނަމަ އިތުރުވާ ކޮންމެ ލަގެޖަކަށް 5.ރ ނަގާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ޓެކްސީގެ ޚިދުމަތް ދެމުން އަންނަނީ ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ އަގަށްތޯ ކަށަވަރު ކުރުމަށްޓަކައި ފުލުހުންނާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.



