މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ޤާއިމްކުރެވޭ ކަލެކްޝަން ޓޭންކުގެ ކޮންކްރީޓް މަސައްކަތް ނިމެން ކައިރިވެފައިވާކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ. މި މަޝްރޫޢަކީ މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައަށް ވަގުތީ ހައްލެއް ހޯދުމަށް ފަށާފައިވާ މަޝްރޫޢެކެވެ.
882 ދުވަސް ކުރިން - 22:51
ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ބ.ކަމަދޫ ބްރާންޗުން ކަރަންޓް ބިލް ތައްޔާރުކޮށް އެރަށުގެ ގޭގެއަށާއި ވިޔަފާރިތަކަށް ފޮނުވާފައިވާއިރު، ބިލުތަކުގެ ޖުމްލަ އަދަދަށް ބަދަލުގެނެސް ފައިސާ ނަގާފައިވާ މައްސަލައިގައި ކޮރަޕްޝަނުގެ ދަޢުވާކޮށްދިނުމަށްއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލަ ފޮނުވާފައިވަނީ އޭސީސީން ތަހުޤީގުކުރުމަށް ފަހުއެވެ.
882 ދުވަސް ކުރިން - 20:48
މިއަދުގެ ހުކުރު ޚުތުބާ ޒަކާތަށް ޚާއްސަކޮށްފައިވާއިރު، އިސްލާމިކް މިނިސްޓްރީން ބުނީ ޚުތުބާގެ އިތުރުން މާލޭ ސިޓީ ހިމެނޭ ގޮތަށް މަޣުރިބު ނަމާދަށްފަހު މުދަލު ޒަކާތުގެ އުޞޫލުތަކާއި މުހިއްމުކަމާ ބެހޭ ގޮތުން އިތުރު ދީނީ ދަރުސްތައް ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ.
883 ދުވަސް ކުރިން - 19:47
ޚުތުބާގައި ބުނީ މުދަލަށް ލޯބިކުރުމާއި، މުދަލަށް ދަހިވެތިވުމަކީ އިންސާނާގެ ފިޠުރަތުގައިވާ ކަމެއް ނަމަވެސް އަމާންކަމުގެ މަގު ދޫކޮށްލައި، މުދަލަށް ދަހިވެއްޖެ ކޮންމެ މީހަކަށް އޮތީ ނާމާންކަން ކަމަށެވެ. އެމީހާ ނަރަކައަށް ވެއްޓޭ ހިނދު، އެމީހާގެ މުދާ އެމީހާއަށް އެއްވެސް ކަމެއް ފުއްދާ ނުދޭނެ ކަމަށް ޚުތުބާގައި ބުންޏެވެ.
883 ދުވަސް ކުރިން - 19:38
އެމްޑީޕީގެ ވެރިކަން ނިމެން އުޅެނިކޮށް ވަކި ބަޔަކަށް ބިންތައް ބަހާލައި އަދި މިހާތަނަށް ނުދީ ހުރި ބިންތައް ޙަވާލުކުރުމަށް ލާޒިމްވާ ގޮތަށް ބިމާއި ބެހޭ ޤާނޫނަށް ގެނައި އިޞްލާޙް ތަޞްދީޤު ނުކުރައްވަވާ އަނބުރާ ފޮނުވާލައިފިއެވެ. ރައީސް މި އިޞްލާޙް ތަޞްދީޤު ނުކުރެއްވެވީ އެއާއިމެދު މެމްބަރުން އަލުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގަންނަވައެވެ.
883 ދުވަސް ކުރިން - 02:11
ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑުގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި އެ ކުންފުންޏަކީ ދިވެހި ސަރުކާރުގެ %100 ހިއްސާ އޮންނަ ކުންފުންޏެއް. އެ ކުންފުނީގެ މަގްސަދުތަކުގެ ތެރޭގައި ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމާއި އެ ފައިސާ އެފަދަ ކަންކަމަށް އިންވެސްޓް ކުރުން ހިމެނޭ
883 ދުވަސް ކުރިން - 01:46
އައްޑޫ ސިޓީ ކައުންސިލުން ބުނީ އައްޑޫ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުން އައްޑޫ ސިޓީގައި މިހާރު އަޅަމުންދާ ހަންކެޑެ ބްރިޖުގެ ތާރު އެޅުމުގެ މަސައްކަތް ފެށިފައިވާ ކަމަށެވެ. އެގޮތުން މިއަދާ ހަމައަށް ޖުމްލަ 820 މީޓަރުގައި ތާރު އަޅާ ނިމިފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން މަޢުލޫމާތު ދެއެވެ.
883 ދުވަސް ކުރިން - 23:57
މޫސުމާއި ބެހޭ އިދާރާއިން ބުނީ ކުރިއަށް އޮތް 24 ގަޑީއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި ވައިގަދަވެ ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން އިލްތިމާސްކޮށްފައި ވާއިރު، މިހާރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައަކީ ހުޅަނގު މޫސުން ފެށުމުން ކުރަމުން އަންނަ ވިއްސާރައެވެ.
883 ދުވަސް ކުރިން - 21:33
ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 27 އަހަރާއި 45 އަހަރާ ދެމެދުގެ ފަސް ފިރިހެނުން ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. ކޯޓު އަމުރެއްގެ ދަށުން އެ މީހުން ހައްޔަރުކޮށް އެ މީހުންތިބި އެޕާޓްމަންޓު ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 29 ރަބަރު ޕެކެޓު ވަނީ ފެނިފައެވެ.
883 ދުވަސް ކުރިން - 21:18
މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތަކުން ހިދުމަތުގެ ފީގެ ގޮތުގައި ނަގަމުންދިޔައީ 1060 ރުފިޔާ، މާޗު މަހު އެ ފީ 750 ރުފިޔާއަށް ކުޑަކުރުމަށްފަހު މިހާރު 500 ރުފިޔާއަށް ވަނީ ކުޑަކޮށްފައި
883 ދުވަސް ކުރިން - 20:59
ރާއްޖޭގައި އޯގަން ޓްރާންސްޕްލާންޓު ނުވަތަ ގުނަވަން ބަދަލު ކުރާ އޮޕަރޭޝަންގެ ޚިދުމަތް ތައާރަފް ކުރުމަށްޓަކައި ބިލެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
883 ދުވަސް ކުރިން - 20:26
ފަރަންސޭސިވިލާތުގެ ޕެރިހުގައި މިއަހަރުގެ ޖުލައި 26ން އޮގަސްޓް 11ށް އޮންނަ ބައިނަލްއަޤްވާމީ އޮލިމްޕިކްސްގައި ވާދަކުރުމުގެ ފަޚުރު ހޯދި ދިވެހި އެތުލީޓް ފާޠިމަތު ދީމާ ޢަލީގެ މި ތާރީޚީ ކާމިޔާބީއަށް މަރްޙަބާ ވިދާޅުވެ، ފާޠިމަތު ދީމާ ޢަލީގެ ޢާއިލާއަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިތްވަރުދެއްވައިފިއެވެ.
883 ދުވަސް ކުރިން - 20:17