ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ މާލެ ސަރަހައްދުގެ ޓްރާންސްފާ ސްޓޭޝަންތަކުން ނަގާ ގޭޓު ފީ 500 ރުފިޔާއަށް ކުޑަކޮށްފި އެވެ.
ވެމްކޯއިން ކުރި އިއުލާނެއްގައި ބުނީ އާންމުންނާއި ކުދި ވިޔަފާރިތަކާއި ވިޔަފާރި އުސޫލުން ކުނިއުފުލުމުގެ ހިދުމަތް ފޯރިކޮށްދޭ ފަރާތްތަކުން ޓްރާންސްފާ ސްޓޭޝަންތަކަށް ގެންނަ ކުނި ޓަނަކަށް ނަގާ ޓިޕިންގް ފީއަށް މިދިޔަ އަންގާރަ ދުވަހުން ފެށިގެން ބަދަލުގެނެސްފައިވާ ކަމަށެވެ.
މީގެ ކުރިން ކުނި ޓަނަކަށް ޓިޕިންގް ފީގެ ގޮތުގައި ނަގަމުން އައީ ޓަނަކުން 750 ރުފިޔާ އެވެ.
އަލަށް ގެނައި ބަދަލުތަކަކީ:
- ޓްރާންސްފާ ސްޓޭޝަންތަކަށް ވަންނަ އުޅަނދުތަކުން ނަގަމުންދިޔަ 150 ރުފިޔާގެ ގޭޓު ފީ އުވާލުން
- ކުނީގެ ބަރުދަން ބެލުމުގެ އިންތިޒާމު ގާއިމުކުރެވެންދެން ބަރުދަނަށް ބިނާކޮށްގެން އަގު ނެގުން ހުއްޓާލުން
ވެމްކޯގެ ޓްރާންސްފާ ސްޓޭޝަންތަކުން ނަގާ ފީ ކުޑަކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތަކުން ހިދުމަތުގެ ފީގެ ގޮތުގައި ނަގަމުންދިޔައީ 1060 ރުފިޔާ އެވެ. އެ ފީ މާޗު މަހު 750 ރުފިޔާއަށް ކުޑަކުރުމަށްފަހު 500 ރުފިޔާއަށް ކުޑަކުރައްވާނެކަމަށް ވެސް ރައީސް އޭރު ވިދާޅުވި އެވެ.



