ކުރަނގި އޮޕަރޭޝަން ފަށާފައިވަނީ މި މަހުގެ 2 ވަނަ ދުވަހު ކ. ހިންމަފުށީގައެވެ. މި އޮޕަރޭޝަނާ ގުޅޭ ގޮތުން ހޯމް މިނިސްޓްރީން މިއަދު ކުރި ޕޯސްޓެއްގައި ބުނީ މިހާތަނަށް 705 ބިދޭސީ މަސައްކަތްތެރިންގެ ބަޔޮމެޓްރިކް ޑާޓާ (10 އިނގިލީގެ ނިޝާން އަދި ފޭޝަލް ރެކޮގްނިޝަން ހެދޭވަރުގެ ފޮޓޯ) ނަގާފައިވާ ކަމަށެވެ.
880 ދުވަސް ކުރިން - 21:13
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ އެއަރ ސަރވިސް ވޯލްޑް ކޮންގްރެސް 2024 ގެ ޕާޓްނަރުން އިއްޔެ އިއުލާނުކޮށްފިއެވެ. އަންނަ ޖުލައި މަހުގެ 9 އިން 11 އަށް ކުރުނބާ މޯލްޑިވްސްގައި ބާއްވާ މި ކޮންގްރެސްގައި އޭވިއޭޝަން ދާއިރާގެ މުސްތަޤްބަލާ ގުޅޭ ގޮތުން މަޝްވަރާކުރެވިގެން ދާނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
880 ދުވަސް ކުރިން - 20:17
އާސަހަރާގެ ފިނިޝިންގ މަސައްކަތް ކުރުމަށް މާލެ ސިޓީ ކައުންސިލުން 2.7 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވަނީ ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. އާސަހަރާ ތަރައްޤީކުރުމަށް ނިންމާފައިވަނީ ނަމާދުކުރުމަށް ކަނޑައަޅާފައިވާ ޖާގަ އިތުރުކުރުމާއި، އަންހެނުންނަށް ޚާއްސަ ވުޟޫ ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި، ވެއިޓިންގ އޭރިއާއަކާ އެކުއެވެ.
880 ދުވަސް ކުރިން - 19:48
ހަތަރު މީހުންނާއެކު ދަތުރުކުރަމުން ދަނިކޮށް ގެއްލުނު މުދާ އުފުލާ ދޯނި އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ. އެ ދޯނި ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ އިރު އެމްއެންޑީއެފް އިން ވަނީ އެ ދޯންޏާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުމަށް އެދިފައެވެ.
880 ދުވަސް ކުރިން - 19:21
ފުލުހުން ބުނީ ކުލަ ހެދުމުގައި ތިއްބާ ދެ ފުލުހަކަށް ވަޅިން ބިރުދައްކާފައިވަނީ ރޭ 10:00 ހާއިރު ކަމަށެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 3 ފިރިހެނުން ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
880 ދުވަސް ކުރިން - 19:20
ތ. ކަނޑޫދޫގައި ފާރެއް ވެއްޓި ސީރިއަސް އަނިޔާތައް ލިބުނު އުމުރުން 10 އަހަރުގެ ފިރިހެން ކުއްޖާ ހާލު ރަނގަޅު ކަމަށް އައިޖީއެމްއެޗް އިން ހާމަކޮށްފި
880 ދުވަސް ކުރިން - 18:43
ދިވެހި ސަރުކާރުން ރަސްމީކޮށް އެދިއްޖެ ނަމަ، އިންޑިއާއިން ހަދިޔާކޮށްފައިވާ ޑޯނިއާ މަތިންދާ ބޯޓާއި ދެ ހެލިކޮޕްޓަރު ދުއްވަން ދިވެހި ޕައިލެޓުން ތަމްރީނު ކުރަން ތައްޔާރަށް ތިބި ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނެފިއެވެ.
881 ދުވަސް ކުރިން - 12:55
މޯލްޑިވްސް އިމިގްރޭޝަނުން އިންޑިއާގެ ތިން މީހަކު ހޯދަން ފަށައިފިއެވެ.
881 ދުވަސް ކުރިން - 12:46
ބ. އަތޮޅުން ފެށިގެން ދެކުނަށް ނެރުނު ރީނދޫ ސަމާލު 4 ވަނަ ފަހަރަށް ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިތުރުކޮށްފިއެވެ.
881 ދުވަސް ކުރިން - 23:15
ގައުމުގެ މިނިވަންކަން ދެމެހެއްޓޭނީ ކާބަފައިންގެ އާސާރީ ތަރިކަ ރައްކާތެރިކޮށްގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
881 ދުވަސް ކުރިން - 23:09
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ނިންމަވާފައިވާ ގޮތަށް، އަޟްހާ އީދާއި ގުޅިގެން އަންނަ ބަންދު ދުވަސްތަކުގެ ތެރޭގައި ރާއްޖޭގެ ބޭންކްތައްހުޅުވާނެ ދުވަސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އިއުލާން ކޮށްފިއެވެ.
882 ދުވަސް ކުރިން - 04:51
ބޯކޮށް ވާރޭ ވެހުމާއެކު ކަނޑުވެސް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ނެރުނު ހުދު ސަމާލު ދިގު ދަންމާލައިފިއެވެ.
882 ދުވަސް ކުރިން - 04:44