ފުލުހުންނަށް ވަޅިން ބިރުދެއްކި 3 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ކުލަ ހެދުމުގައި ތިއްބާ ދެ ފުލުހަކަށް ވަޅިން ބިރުދައްކާފައިވަނީ ރޭ 10:00 ހާއިރު ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ މީހަކާއި 339 އަހަރުގެ ދެ މީހުންކަމަށް ފުލުހުން ބުންޏެވެ. އަދި އެ ތިން މީހުންނަކީވެސް ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.



