މޯލްޑިވްސް އިމިގްރޭޝަނުން އިންޑިއާގެ ތިން މީހަކު ހޯދަން ފަށައިފިއެވެ.
އިމިގްރޭޝަނުން ވަނީ އެ ތިން މީހުން އަދިވެސް ނުފެންނާތީ، ފޮޓޯ އާއި ވަނަވަރާއެކު އާންމުކޮށްފައެވެ.
އިމިގްރޭޝަނުން ހޯދަނީ ރޯހިތް ކުމާރު (33އ) އާއި ގުރުޖަންތް ސިންގް (24އ) ގެ އިތުރުން ޝަމްޝޭން އަލަމް (35އ) އެވެ.
ތިން މީހުން ހޯދަނީ ކޮން މަައްސަލައަކާ ގުޅިގެން ކަމެއް ހާމަކޮށްފައި ނުވި ނަމަވެސް ފަސް ދުވަސްތެރޭ އެ އިދާރާއަށް ހާޒިރުވާން އަންގާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އެ ތިން މީހުން ވެސް ސަރުކާރުން ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 8 އާއި 4 އާ މަޖީދީ މަގުގައި ހުންނަ އިމިގްރޭޝަންގެ ރިސްކު މެނޭޖްމެންޓު (ގ. ސްޓާ ކްލައުޑް/ 10 ވަނަ ފްލޯ) އަށް ހާޒިރުވުމަށް އިމިގްރޭޝަނުން ވަނީ އަންގައިފައެވެ.
ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އާއި އިމިގްރޭޝަނާއި ގުޅިގެން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ވަނީ އޮޕަރޭޝަން "ކުރަނގި" ވެސް ފަށާފައެވެ.



