ސިންގަޕޫރުގެ ބޮޑުވަޒީރުކަމަށް ލޯރެންސް ވޮންގް ޢައްޔަން ކުރެއްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެއްޖެއެވެ.

ރައީސް ފޮނުއްވި މެސެޖުގައި، ސިންގަޕޫރުގެ އާ ބޮޑުވަޒީރާ ގުޅިގެން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ވިޔަފާރީގެ ދާއިރާއާއި އިންވެސްޓްމަންޓްގެ ދާއިރާއިން ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެއްވުމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަނީ ވަނީ ބޮޑުވަޒީރުގެ ޒަޢާމަތުގައި ރާއްޖެއާއި ސިންގަޕޫރާއި ރައްޔިތުންނާ ދެމެދު އޮތް އެކުވެރިކަން ކުރިއަށް އޮތް އަހަރުތަކުގައިވެސް އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވެފައެވެ.