ޕްރައިވެޓް ސެކްޓަރ އެންގޭޖްމަންޓް އިތުރުކުރުމަށް ރާއްޖެއިން ގޮވާލައްވައިފިއެވެ. ވިޔަފާރި ކުރިއެރުމާއި އިނޮވޭޝަން އަށް މަގުފަހި މާހައުލުތައް ސަރުކާރުތަކުން އުފެއްދުމުގެ ބޭނުންތެރިކަން ފާހަގަކުރައްވައި މައިކްރޯ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އިންވެސްޓްމަންޓް އިތުރުކުރުމަށާއި ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕްތައް އުފެއްދުމަށް ރައީސް ވިދާޅުވިއެވެ.
873 ދުވަސް ކުރިން - 05:26
ތިމާވެށީގެ ނުރައްކާތައް ކުޑަކުރުމަށް ހަރުދަނާ ޕާޓްނަޝިޕްތަކާއި އާ ހައްލުތަކެއް ހޯދުމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފި
873 ދުވަސް ކުރިން - 05:19
މިނިސްޓަރ ޝިޔާމް ވިދާޅުވީ މަސްވެރިކަމާ ގުޅޭ ތަމްރީނު ދޭނެ އިންސްޓިޓިއުޓެއް ޤާއިމްކުރުމަކީ މިނިސްޓްރީގެ ޤާނޫނީ މެންޑޭޓުގައި ހިމެނޭ ކަމެއް ކަމަށާއި، ޤައުމީ ޔުނިވަރސިޓީއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ އިންސްޓިޓިއުޓްގެ ކިޔެވުން އަންނަ އޮގަސްޓް މަހު ފެށޭނެ ކަމަށެވެ.
873 ދުވަސް ކުރިން - 00:16
މިނިސްޓްރީން ބުނީ އެކި ރަށްރަށުން ހުށަހަޅާފައިވާ ޕްރޮޕޯސަލްތައް ބެލުމަށްފަހު، މިފަހަރުގެ ބޮޑު އީދު ފާހަގަކުރުމަށް ނިންމާފައިވަނީ ރ. އުނގޫފާރާއި، ދ. ކުޑަހުވަދޫ އަދި ގއ. ވިލިނގިލީގައި ކަމަށެވެ.
873 ދުވަސް ކުރިން - 00:03
ޝަކީލް މިއަދު ވިދާޅުވީ ޙައްޖުގެ އަޅުކަމުގައި އުޅޭއިރު މިނާ ޓެންޓްގައި ހޭދަކުރާ ދުވަސްތަކަކީ ދިވެހި ޙާޖީން ކެއުމުގައި ބޮޑު ތަކުލީފުތަކެއް އުފުލަމުންދާ ދުވަސްތަކަކަށްވާތީ، އެކަމަށް ޙައްލެއް ހޯދައި ދިނުމުގެ ގޮތުން މިނާގައި ތިބޭއިރު ދޭ ކެއުމުގައި ދިވެހި ރަހަތައް ހިމެނުމަށް ޙައްޖު ކޯޕަރޭޝަނުން ނިންމާފައިވާ ކަމަށެވެ.
873 ދުވަސް ކުރިން - 21:32
ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން އެފްއޭއެމްގެ އޮފީހަށް ފުލުހުން ވަދެފައިވަނީ މިއަދު ހެނދުނު ކަމަށެވެ. އެފްއޭއެމް އަށް ބޭރުގެ ޖަމާޢަތްތަކުން ދޭ ފައިސާއަށް ހިޔާނާތްތެރިވުމާއި މަނީ ލޯންޑަރިންގެ ޢަމަލުތަކެއް ހިންގާކަމުގެ ތުހުމަތުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އަމުރަށް މިދިޔަ އަހަރު ފުލުހުން ވަނީ އެފްއޭއެމްގެ މައި އިދާރާއަށްވެސް ވަދެފައެވެ.
873 ދުވަސް ކުރިން - 21:21
އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އާ ދިރާސީ އަހަރެއް ފެށިގެން ދާއިރު އެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވާން ޖެހޭ ތައްޔާރީތައް ރަނގަޅަށް ވެވިފައި ނުވާ ކަމަށާއި، ސްކޫލުގައި ދަރިވަރުން ހޭދަކުރަންޖެހޭ ވަގުތު ކުރުގަޅުވާލާ އެކިއެކި ބަހަނާ ދައްކައިގެން އެކަން ފޮރުވަން ކުރާ މަސައްކަތް ކުށްވެރިކުރާ ކަމަށް ބުނެފައެވެ.
873 ދުވަސް ކުރިން - 21:00
ސްޓޫޑެންޑް ލޯނަށް އެދުމަށް ހުޅުވާލި ފުރުޞަތުގައި 1700 އަށް ވުރެ ގިނަ ދަރިވަރުން ވަނީ ފޯމު ހުށަަހަޅާފައެވެ. ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިހާރު ކުރަމުން އަންނަނީ ޝަރުތުހަމަވާ ކުދިން ދެނެގަތުމުގެ މަސައްކަތް ކަމަށާއި، އަންނަ ޖޫން މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ސްޓޫޑެންޓް ލޯނަށް ހޮވުނު ކުދިން އިއުލާނުކުރެވިގެންދާނެ ކަމަށެވެ.
873 ދުވަސް ކުރިން - 20:43
މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މުޅި ރާއްޖެއަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް ބުންޏެވެ.
873 ދުވަސް ކުރިން - 20:32
ބޮޑު ޗުއްޓީއަށް ފަހު މިއަދު ފެށި 2024ވަނަ އަހަރުގެ ދިރާސީ އާ އަހަރާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު ދެއްވި ހިތާބުގައި ވިދާޅުވީ އިލްމީ ފަންނުވެރި މަސައްކަތްތެރި ޖީލެއް ބިނާކުރުމަށް ކުރާ މަސައްކަތް ކާމިޔާބު ވަނީ އެންމެން ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއެކު ގުޅިގެން ކުރާ މަސައްކަތުން ކަމަށް
873 ދުވަސް ކުރިން - 16:00
މޫސުން ގޯސް ދުވަސްވަރަކަށް ވާތީ، ދިރާސީ އަހަރު މި ފެށީ ސްކޫލުތަކުގައި އާންމުކޮށް ކިޔަވައިދޭ ވަގުތުތައް ކުރުކޮށްލައިގެން
873 ދުވަސް ކުރިން - 15:52
މޫސުން ގޯސް ދުވަސްވަރަކަށް ވާތީ، ދިރާސީ އަހަރު މި ފެށީ ސްކޫލުތަކުގައި އާންމުކޮށް ކިޔަވައިދޭ ވަގުތުތައް ކުރުކޮށްލައިގެން
873 ދުވަސް ކުރިން - 15:52