ޕްރައިވެޓް ސެކްޓަރ އެންގޭޖްމަންޓް އިތުރުކުރުމަށް އެސްއައިޑީއެސް ގްލޯބަލް ބިޒްނަސް ނެޓްވޯކް (ޖީބީއެން) ފޯރަމް 2024 ރާއްޖެއިން ގޮވާލައްވައިފިއެވެ.
ސްމޯލް އައިލެންޑް ޑިވެލޮޕްމަންޓް ސްޓޭޓްސް (އެސްއައިޑީއެސް) ގެ އިގްތިސާދުގައި ވިޔަފާރިތަކުގެ މުހިންމު ދައުރަށް އަލިއަޅުވާލައްވަމުން ރައީސް މުއިއްޒު ވަކާލާތު ކުރެއްވީ މައިކްރޯ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އިންވެސްޓްމަންޓް އިތުރުކުރުމަށާއި ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕްތައް އުފެއްދުމަށެވެ.
އަމިއްލަ ފަރާތްތަކުގެ ތަރައްގީއަށް މަގުފަހިކޮށްދިނުމަށްރާއްޖެއިން ކުރާ މަސައްކަތަށް އަލިއަޅުވާލައްވައި، ވިޔަފާރި ކުރިއެރުމާއި އިނޮވޭޝަން އަށް މަގުފަހި މާހައުލުތައް ސަރުކާރުތަކުން އުފެއްދުމުގެ ބޭނުންތެރިކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ސެންޑަލްސް ގްރާންޑޭ އެންޓިގޫއާގައި ބޭއްވި މި ފޯރަމްގައި ރައީސް މުއިއްޒުގެ ތަގުރީރުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ އިންކްލޫސިވް ގްރޯތް ކުރިއެރުވުމާއި، ލޯކަލް އެންޓަޕްރައިސަސްތަކަށް އެހީތެރިވުމާއި، ދެމެހެއްޓެނިވި އިގްތިސާދީ ތަރައްގީ ހޯދުމަށް އަމިއްލަ ފަރާތްތަކަކީ މުހިންމު ބައިވެރިއެއްކަން ކަށަވަރުކުރުމެވެ.



