މިނިސްޓްރީން ބުނީ މި ވާރޑް ހުޅުވުމުގެ އެންމެ ބޮޑު އެއް މަޤުސަދަކީ ދިރިއުޅުމުގައި ބޭނުންކުރާ ހުނަރުތަކާއި އިޖުތިމާޢީ ހުނަރުތައް ދަސްކޮށްދިނުން ކަމަށެވެ. ގެއެއްގެ ގޮތަށް ފަރުމާކޮށްފައިވާ މި ވާރޑަކީ 10 މީހުންގެ ޖާގައިގެ ވާރޑެކެވެ.
872 ދުވަސް ކުރިން - 00:07
މާލެ ސިޓީ ކައުންސިލުން ބުނީ އެ ކައުންސިލުން ބަލަހައްޓަމުން ގެންދާ ހުޅުމާލޭގެ 10 މިސްކިތާއި މާލޭގެ 22 މިސްކިތާއި އަދި ވިލިމާލޭގެ 2 މިސްކިތުގައި ފޮޅާ ސާފުކުރުމުގެ މަސައްކަތް އިއްޔެއިން ފެށިގެން ކުރަމުން އަންނަނީ ބިދޭސީންގެ ބަދަލުގައި ދިވެހިން ކަމަށެވެ.
872 ދުވަސް ކުރިން - 23:12
މިއަދު ގެނަ ބަދަލާއެކު ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ސްޓޭޝަންތަކުން ޑީސަލް ލީޓަރެއް 13.92 ރުފިޔާއަށް އަދި ޕެޓްރޯލް ލީޓަރެއް 13.98 ރުފިޔާއަށް ލިބޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.
872 ދުވަސް ކުރިން - 21:12
ފެނަކައިން ބުނީ މި ހަފްތާގެ ތެރޭގައި އިންސްޕެކްޝަން ނިމޭނެ ކަމަށާއި، އެޔަށްފަހު ޙައްލު ކުރަން ހުރި ކަންތައްތައް ޙައްލު ކުރުމަށް ކައުންސިލްތަކަށް ވަކި މުއްދަތެއް ދެވިގެންދާނެ ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ކަންތައްތައް ޙައްލު ނުކޮށްފިނަމަ އެތަނަކަށް ކަރަންޓުގެ ޚިދުމަތް މެދުކަނޑާލާނެކަމަށް ފެނަކައިން ބުންޏެވެ.
872 ދުވަސް ކުރިން - 20:16
މި ބައްދަލުކުރެއްވުމުގައި ދެ ރައީސުން ވަނީ ސިޑްސްގެ ޤައުމުތަކަށް ދިމާވާ ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވައި، ސިޑްސްގެ ޤައުމުތައް ގުޅިގެން މި ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށް ވާހަކަފުޅުދައްކަވައިފައެވެ.
872 ދުވަސް ކުރިން - 19:39
އެންޓީގާ އެންޑް ބާބިޔުޑާގައި ބޭއްވި ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް (ޖީބީއެން) ފޯރަމް 2024 ގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އެންމެ ކުދި، ކުދި، އަދި މެދުފަންތީގެ ވިޔަފާރިތަކާއި، ޒުވާން ވިޔަފާރިވެރިން ކުރިއަރުވައި، އިންވެސްޓްމަންޓްތަކަށް މަގުފަހި ކޮށްދޭން ޖެހޭކަން ފާހަގަކުރައްވާފައެވެ.
872 ދުވަސް ކުރިން - 18:47
އެހީ ފޯރުކޮށްދޭ ޖަމިއްޔާއެއް ކަމަށްވާ "ޚިދުމަތް" ޖަމިއްޔާއިން ރާއްޖެ ގެނެސްފައިވަނީ ނަދާ ކިޔާ އުމުރުން 17 އަހަރުގެ ކުޑަކުއްޖެކެވެ. ނަދާއަކީ މަޝްހޫރު ދިވެހި ގާރީ، އަބްދުއްސައްތާރު އަބޫބަކުރުގެ އާއިލާއާ ގުޅުން ހުރި ކުއްޖެކެވެ.
872 ދުވަސް ކުރިން - 18:13
އިސްރާއީލުގެ ލީޑަރުން އެމީހުންގެ އަމަލުތަކަށް ޖަވާބުދާރީ ކުރުވުމަށް ބައިނަލްއަގްވާމީ މުޖުތަމައު އެއްބައިވަންތަ ކުރުމަށް ރައީސް ގޮވާލައްވައިފި
872 ދުވަސް ކުރިން - 14:32
ފަނޑިޔާރުން ހަވަރަށް ދިނުމަކީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)އަށް އޮތް ލައިސެންސެއް ނޫން ކަމުގައި ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
872 ދުވަސް ކުރިން - 13:50
ޓިޗަރުންނަށް ބެލުމެއް ނެތި ގަޑުބަޑުކޮށްފައި އޮތް ތައުލީމީ ނިޒާމު ހަމަމަގަށް އެޅުވުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށާއި ނިޒާމުގެ ތެރެއިން ޓީޗަރުންނަށް ތަސައްލީ ދޭން ޖެހޭ ކަމަށް ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވއްޖެއެވެ.
872 ދުވަސް ކުރިން - 13:44
ދިރާސީ އާ އަހަރު ފެށިގެން ދިޔައިރު، މާލޭގެ ސްކޫލުތަައް ހުރީ ވަރަށް ހާލުގައި ކަމަށް ތައުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
872 ދުވަސް ކުރިން - 13:38
އަންހެން ވިޔަފާރިވެރިން ބާރުވެރިކުރުވުމަށް އަމާޒުކޮށްގެން 6.5 މިލިއަން ޑޮލަރުގެ ލޯނު ފެސިލިޓީއެއް ރައީސް އިއުލާން ކުރައްވައިފިއެވެ. އެ ލޯނުގެ 25 އިންސައްތަ ހާއްސަ ކުރައްވާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށެވެ.
873 ދުވަސް ކުރިން - 06:52