އިސްރާއީލުން ހިންގާ ޖަރީމާއާ ދެކޮޅަށް ދުނިޔޭގެ ލީޑަރުން ތެދުވުމަށް، 4 ވަނަ ބައިނަލްއަގްވާމީ ކޮންފަރެންސް އޮފް ސްމޯލް އައިލެންޑް ޑިވެލޮޕްމަންޓް ސްޓޭޓްސް (އެސްއައިޑީއެސް) ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް އިލްތިމާސް ކުރައްވައިފި އެވެ.
އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސްގެ ޝަރަފުވެރި މަޖިލީހުގައި ރައީސް ޑރ.މުޙައްމަދު މުއިއްޒު ދެއްވި ވަރުގަދަ އަދި ޝައުގުވެރި ތަގުރީރުގައި، ރަފާހުގައި ހިންގާ ނަސްލު ނައްތާލުމުގެ ޖަރީމާ ވަގުތުން ހުއްޓާލުމަށް ގޮވާލެއްވިއެވެ. އަދި އިސްރާއީލުގެ ލީޑަރުން އެމީހުންގެ އަމަލުތަކަށް ޖަވާބުދާރީ ކުރުވުމަށް ބައިނަލްއަގްވާމީ މުޖުތަމައު އެއްބައިވަންތަ ކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
“އަޅުގަނޑު ސަމާލުކަން ދޭން ބޭނުންވަނީ މެދުއިރުމަތީގައި ހިނގާ އެންމެ ކަންބޮޑުވާ ކަންތައްތަކަށް. އަޅުގަނޑުމެން ވާހަކަ ދައްކާއިރު، އިސްރާއީލުން ދަނީ ރަފާގައި ފަލަސްތީނުގެ ރައްޔިތުންނަށް ދޭ ހަމަލާ ވަގުތުން ހުއްޓުވުމަށް އައިސީޖޭގެ އަމުރަށް ފުރައްސާރަ ކުރަމުން.. އަޅުގަނޑުމެން، މި ކޮންފަރެންސްގައި ދުނިޔޭގެ ލީޑަރުން، އެއްބައިވަންތަވެގެން، ހަނގުރާމަ ހުއްޓުވުމަށް އިސްރާއީލަށް ގޮވާލަން ޖެހޭ.." ޑރ.މުއިއްޒުގެ ވާހަކަފުޅުގައި ފަލަސްތީނުގެ މައްސަލައިގައި ރާއްޖޭގެ ސްޓޭންޑް ކަމަށްވާ އިންސާފާއި އިންސާނީ ހައްގުތަކުގެ އުސޫލުތަކާ އެއްގޮތް ކުރެއްވި އެވެ.
"މިއީ އިސްރާއީލުގެ ލީޑަރުން އިންސާފާއި ކުރިމަތިލާން ޖެހޭ ވަގުތު، އެމީހުންގެ ކުށްތަކަށް ޖަވާބުދާރީވާންވީ ވަގުތު،" ގާނޫނީ އަސަރުތަކާއި މިހާރު ހިނގަމުންދާ ދަތިކަމަށް ހައްލެއް ހޯދުމަށް ޖަވާބުދާރީވުމުގެ ނިޒާމުތައް ގާއިމް ކުރުމަށް ވަކާލާތު ކުރައްވައި ރައީސް ވިދާޅުވި އެވެ.
ފަލަސްތީނުގެ ރައްޔިތުންގެ ހާލާއި ކުދި ޖަޒީރާ ތަރައްގީވަމުން އަންނަ ގައުމުތަކަށް ކުރިމަތިވެފައިވާ ނާޒުކު ކަންކަމާ އެއްގޮތްކަން ދައްކަވަމުން ރައީސް މުއިއްޒު ވަނީ ތަފާތު އަނިޔާވެރި ޖަމާއަތްތަކުގެ ހަނގުރާމަތައް ވަރަށް ފަރިތަކަމާއެކު ގުޅުވާލައްވާފައެވެ. ރައީސް ވިދާޅުވީ ސްމޯލް އައިލެންޑް ޑިވެލޮޕްމަންޓް ސްޓޭޓްސްގެ ގޮތުގައި އަޅުގަނޑުމެންނަށް މާ ރަނގަޅަށް އެނގޭ ކަމަށާ އެއްވެސް އެހީތެރިކަމެއް ނެތް ކަމުގެ އިހުސާސް ކުރެވޭ ކަމަށެވެ. އަދި ބައިނަލްއަޤްވާމީ ނިޒާމުން އަޅުގަނޑުމެންނާ އަޅާނުލާހެން ހީވާ ކަމަށް ސިފަކުރައްވަމުން ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނާ އެކު ޖަމާޢަތުގައި އެއްބައިވަންތަކަން ފާޅުކުރުމަށެވެ.
ރައީސް މުއިއްޒުގެ ޚިޠާބުގައި އަތްތިލަބަޑި ޖަހާ، ބައިވެރިންގެ ހިތުގައި ވަރަށް ފުންކޮށް ގުގުމާލިއިރު، ދުނިޔޭގެ އިންސާފާއި އިންސާނީ ހައްގުތަކަށް އެމަނިކުފާނު ވައުދުވެވަޑައިގަންނަވާކަން ހާމަވެގެންދެއެވެ. ފަލަސްތީނުގެ ރައްޔިތުންނާ ދޭތެރޭ ގެންގުޅުއްވާ އިޚްލާޞްތެރި ހެޔޮ ނިޔަތާއެކު އެމަނިކުފާނު ހިތުގެ އަޑިން އިލްތިމާސް ކުރެއްވުމުން، ރައީސްގެ ސިޔާސީ ސްޓޭންޑުގެ އިތުރުން އެމަނިކުފާނުގެ އޯގާތެރިކަމާއި އެންޕެތީ ވެސް ފާހަގަކޮށްލެވުނެވެ.
ކޮންފަރެންސް ކުރިއަށްދާއިރު، ރައީސް މުއިއްޒުގެ ވާހަކަފުޅުގެ ސަބަބުން ފަލަސްތީނުގައި އުފެދިފައިވާ އިންސާނީ ދަތިކަން ހައްލުކުރުމަށް އަމާޒުކޮށްގެން އިތުރު މަޝްވަރާތަކާއި އަމަލުތައް ކުރިއަށް ގެންދެވޭނެ ކަމަށް ބެލެވެ އެވެ. އެމަނިކުފާނުގެ ލީޑަޝިޕްގެ ދަށުން ރާއްޖެއިން އިން ފަލަސްތީނާއެކު ތެދުވެ، ސުލްހައާއި އިންސާފާއި އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް ވަކާލާތު ކުރަމުން އެބަދެއެވެ.



