ތިނަދޫ ސިޓީ ކައުންސިލުން ބުނީ އޮޑިވަޅު ސަރަޙައްދުގެ ބޭރުންވެސް ގިނަ އުޅަނދުފަހަރުތައް އެހެލާފައި ހުރިކަން ފާހަގަކުރެވޭ ކަމަށެވެ. އެ ކައުންސިލުން ވަނީ މިއަދުން ފެށިގެން 15 ދުވަހުގެ ތެރޭގައި އެގޮތަށް އެހެލާފައި ހުރި އުޅަނދުތައް އެ ސަރަޙައްދުން ނަގައި އޮޑިވަޅު އިމުގެ ތެރެއަށް ވާ ގޮތަށް ބަދަލު ކުރުމަށް އަންގާފައެވެ.
871 ދުވަސް ކުރިން - 21:35
އެމްއެންޑީއެފް އިން ބުނީ މިރޭ 8:00 ހާއިރު ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ރިވެލި ބީޗް ކުލަބް އެންޑް ރެސްޓޯރެންޓް ސަރަޙައްދުގައި ކަމަށެވެ. މި ހަރަކާތް ކުރިއަށްދާނީ 3 މިނެޓެއްހާއިރަށް ކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.
871 ދުވަސް ކުރިން - 21:20
މެޓް އޮފީހުން ބުނީ އާންމު ގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުންވެސް އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުންޏެވެ.
871 ދުވަސް ކުރިން - 21:11
މި ގުރުއަތު ނެގުން އަންނަ ޖޫން މަހުގެ 4 ވާ އަންގާރަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު ހައުސިންގ މިނިސްޓްރީން ބުނީ ގުރުއަތުލުން ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި ގަޑި ފަހުން އިއުލާނުކުރާނެ ކަމަށެވެ.
871 ދުވަސް ކުރިން - 20:56
ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓްގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު މުބީން ވިދާޅުވީ ސިލްވަރ ލޭންޑް ހޮޓެލްސްއާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 100 ކޮޓަރީގެ ހޮޓެލް އެއް ތަރައްޤީކުރުމަށް ކަމަށެވެ. މި ހޮޓެލް އަކީ 20 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއް ކަމަށާއި މި މަޝްރޫޢު ނިމުމުން 200 ވަރަކަށް ވަޒީފާ އުފެދޭނެ ކަމަށްވެސް މުބީން ވިދާޅުވިއެވެ.
871 ދުވަސް ކުރިން - 20:37
އެ ދެ ބޭފުޅުން އިންތިޚާބުކޮށްފައިވަނީ މިއަދު ކުރިއަށްދިޔަ 20 ވަނަ މަޖިލީހުގެ ފުރަތަމަ ޖަލްސާގައެވެ. މަޖިލީހުގެ ރައީސަކަށް އަބްދުއްރަހީމް އިންތިޚާބުވެވަޑައިގެންފައިވަނީ 71 މެމްބަރުންގެ ވޯޓުންނެވެ. ނައިބު ރައީސަކަށް ނާޒިމް އިންތިޚާބުވެވަޑައިގެންފައި ވަނީ 80 މެމްބަރުންގެ ވޯޓުންނެވެ.
871 ދުވަސް ކުރިން - 20:17
މަޖިލީހުގެ 20 ވަނަ ދައުރުގެ ރައީސާއި ނައިބު ރައީސުން އިންތިހާބު ކުރާނީ މިއަދު 10:15 ގައި ބާއްވާ އާ ދައުރުގެ ފުރަތަމަ ޖަލްސާގައި
871 ދުވަސް ކުރިން - 14:51
ސައިޒުން އަޅުގަނޑުމެންގެ ތަޤްދީރު ޑިކްޓޭޓް ނުކުރޭ،... އަހަރެމެންގެ މުސްތަގުބަލު ބައްޓަންކޮށް ސްޓިއަރ ކުރެވޭނެ.... މުސްތަގުބަލު ފެށެނީ މިއަދު އަޅުގަނޑުމެން ކުރާ އިޚްތިޔާރުތަކުން... އެކީގައި އަޅުގަނޑުމެންގެ ދުނިޔެ ހިމާޔަތް ކުރެވޭނެ - ރައީސް ވިދާޅިވިއެވެ.
872 ދުވަސް ކުރިން - 04:50
"މުސްތަގުބަލަކީ އިންޓެލިޖެންސް ޑްރައިވް" ކަމަށް ވިދާޅުވެ އެސްއައިޑީއެސް ކޮންފަރެންސްގައި ނެޓް ޒީރޯ އެމިޝަންސް ހާސިލް ކުރުމަށް އުންމީދުކުރާ ރަސް މާލެއިން ތަނަވަސްކަމާއި ތަރައްގީގެ ޒަމާނެއް ހުޅުވާލާނެ" ކަމުގެ އުއްމީދު ދެއްވައިފި
872 ދުވަސް ކުރިން - 04:15
ރާއްޖޭގެ މުރަކަތައް ހުދުވާތީ، އެކަން ފާހަގަކޮށް މި އަސަރުތައް ކުޑަކުރުމަށާއި ނާޒުކު އިކޯސިސްޓަމްތައް ހިމާޔަތްކުރުމަށް ދުނިޔޭގެ ފެންވަރުގައި އަވަސް އަދި ބޮޑެތި ފިޔަވަޅުތަކެއް އެޅުމަށް ރައީސް ގޮވާލެއްވި
872 ދުވަސް ކުރިން - 02:15
ފްރާންސް ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޖޯން-ފްރަންސުއާ ޕަކްތެތް އަވަހާރަވުމާއި ގުޅިގެން އެ ގައުމުން ރައީސް އެމަނުއެލް މެކްރޮންއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
872 ދުވަސް ކުރިން - 01:00
ރައީސް ޑރ މުޙައްމަދު މުޢިއްޒު، ޕަޕުއާ ނިއުގިނީގައި ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާއާ ގުޅިގެން އެޤައުމުގެ ބޮޑުވަޒީރު ޖޭމްސް މަރާޕޭއަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ
872 ދުވަސް ކުރިން - 00:56