ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރަށް އިންތިހާބުވި މެމްބަރުން މަގާމުގެ ހުވާ ދެންމެ ކުރައްވައިފި އެވެ.
ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވީ ރައްޔިތުންގެ މަޖިލިހުގެ އިދާރާގައި މިއަދު ހެނދުނު 9 ޖެހިއިރު އެވެ. އެ ބޭފުޅުންނަށް ހުވާލައިދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ.
މަޖިލީހުގެ 20 ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ފަށާނީ މިއަދު 10:15 ގައެވެ. އެ ޖަލްސާގައި ކުރިއަށްދާނީ މި ދައުރުގެ ރައީސާއި ނައިބު ރައީސް އިންތިހާބު ކުރުމެވެ.
މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީން ފާސްކޮށްފައިވަނީ މަޖިލިހުގެ ރައީސް ކަމަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އަދި ނައިބު ރައީސް ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އިންތިހާބު ކުރުމަށެވެ.



