މިރޭ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހަވާ އަރުވަން ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.
އެމްއެންޑީއެފް އިން ބުނީ މިރޭ 8:00 ހާއިރު ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ރިވެލި ބީޗް ކުލަބް އެންޑް ރެސްޓޯރެންޓް ސަރަޙައްދުގައި ކަމަށެވެ. މި ހަރަކާތް ކުރިއަށްދާނީ 3 މިނެޓެއްހާއިރަށް ކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.
އެމްއެންޑީއެފް އިން އިތުރަށް ބުނީ މި ހަރަކާތީ އެމްއެންޑީއެފް އިން ވިޔަފާރި އުސޫލުން ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ.
ހަވާ އެރުވުމުގެ ހަރަކާތް ކުރިއަށް ގެންދިއުމުގެ ހުއްދަ ހަމައެކަނި އޮންނަނީ އެމްއެންޑީއެފް އަށެވެ.



