މި މަހު އެކަނިވެސް ކަނޑުގެ އިކޯސިސްޓަމްތަކަށް ކުރިމަތިވި މީގެ ކުރިން ނުފެންނަ މުރަކަ ބްލީޗިން ހާދިސާއާއި ގުޅިގެން ރާއްޖެއިން އެލާމް ދީފި އެވެ. ހަތަރު ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕްމަންޓް ސްޓޭޓްސް (އެސްއައިޑީއެސް/ސިޑްސް) ގައި ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވަނީ ތިމާވެށީގެ މި ދަތިކަމުގެ ބޮޑުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
“މި މަހު އެކަނިވެސް ރާއްޖެއަށް ރެކޯޑް މިންވަރަކަށް މުރަކަ ހުދުވުމުގެ މައްސަލަ ތަޖުރިބާ ކުރަން ޖެހުނު – މިއީ ކަނޑުގެ އިކޯސިސްޓަމަށް ބޮޑު ކަންބޮޑުވުމެއް އުފެދިފައިވާ ކަމެއް ,” ރައީސް މުއިއްޒު ވިދާޅުވި އެވެ. މުރަކަ ބްލީޗިންގ ދިމާވަނީ ޖައްވު ހޫނުވުމުގެ ސަބަބުންނެވެ. ފިނިހޫނުމިނާއި އަލި ނުވަތަ ނިއުޓްރިއެންޓްސް ފަދަ ހާލަތްތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން މުރަކަތަކުގެ ޓިޝޫތަކުގައިވާ ސިމްބައޮޓިކް އަލްގޭތައް ބޭރުކޮށް، މުރަކަތައް މުޅިން ހުދުވެ މަރުވެއެވެ. ރާއްޖޭގެ މުރަކަތައް ހުދުވެ ނެތިގެން ހިނގައިދާނެ ކަމުގެ ބިރު ހީވާތީ ބައިނަލް އަގްވާމީ މުޖުތަމަޢުގެ ސަމާލުކަމަށް މިކަން ގެނެސް އެދެވޭ ހައްލެއް ރާއްޖެއަށް ހޯދައިދިނުމަށް ރައީސް ދެންމެ އެދިވަޑައިގެންނެވިއިރު، މިމަހުގެ ނުވަވަނަ ދުވަހު އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ އީޕީއޭ އިން ވަނީ ޖޫން މަހުގެ ދިހަ ވަނަ ދުވަހާއި ހަމަޔަށް ފަރުތަކާއި ގުޅުން ހުރި މަސައްކަތްތައް އެއްވެސް ބަޔަކު ނުކުރުމަށް އަންގައި މުޅި ރާއްޖެއަށް އެކަން އިޢުލާންވެސް ކޮށްފައެވެ.

ރީތި މުރަކަ ފަރުތަކުން މަޝްހޫރުވެފައިވާ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް މި އިކޯސިސްތަމްތަކަށް ވަރަށް ބޮޑަށް ބަރޯސާ ވެފައި ވެއެވެ. މުރަކަތައް ހުދުވުމުގެ ސަބަބުން ކަނޑުގެ ދިރުންތައް ގެއްލި، އާމްދަނީ އާއި ކާބޯތަކެތީގެ ރައްކާތެރިކަމަށް ކަނޑަށް ބަރޯސާވެފައިވާ ދިވެހީންގެ ދިރިއުޅުމަށް ވެސް ނުރައްކާ ކުރިމަތިވެ އެވެ. “އަޅުގަނޑުމެންގެ މައިގަނޑު އާމްދަނީގެ މަސްދަރެއްގެ ގޮތުގައި ފަތުރުވެރިކަމާއި ކަނޑުގެ ވަސީލަތްތަކަށް ބަރޯސާވާ ގައުމަކަށްވުމުން ، މިއީ އަޅުގަނޑުމެންގެ ވުޖޫދަށް، އަޅުގަނޑުމެންގެ ދިރިހުރުމަށް ނުރައްކާވާ ކަމެއް ,” ދާދި ދެންމެ ދެއްވި ތަގުރީރުގައި ވަރަށް އަސަރާއިއެކު ދިވެހީންގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
ރައީސް މުއިއްޒުގެ ވާހަކަފުޅުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ޖަޒީރާ ގައުމުތަކަށް ކުރާ ފުޅާ އަސަރުތައް ފާހަގަކޮށްލެއްވިއެވެ. މި އަސަރުތައް ކުޑަކުރުމަށާއި ނާޒުކު އިކޯސިސްޓަމްތައް ހިމާޔަތްކުރުމަށް ދުނިޔޭގެ ފެންވަރުގައި އަވަސް އަދި ބޮޑެތި ފިޔަވަޅުތަކެއް އެޅުމަށް ގޮވާލެއްވި އެވެ. މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގެ އަވަސްކަން ފާހަގަކުރެވޭއިރު، ދުނިޔޭގެ ފިނިހޫނުމިން ކިތަންމެ ކުޑަކޮށް އިތުރުވުމުން ވެސް ތިމާވެށީގެ ގޮތުން ގެއްލުން ބޮޑު ނަތީޖާތަކެއް ކުރިމަތިވެދާނެ އެވެ.
ރާއްޖެއަށް ދިމާވެފައިވާ މި ހާދިސާއަކީ މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލާއިރު ޖަޒީރާތަކުގެ އިކޯސިސްޓަމްތަކުގެ ނާޒުކުކަން ވަރަށް ބޮޑަށް ހަނދާންކޮށްދޭ ކަމެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނުގެ މި ތަގުރީރަކީ ބައިނަލްއަގްވާމީ މުޖުތަމައަށް، އެއްބައިވަންތަކަމާއި ރާއްޖޭގެ ރައްޔިތުން ހިމާޔަތްކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމުގެ ބޭނުންތެރިކަން އިތުރުކޮށްދޭނެ ކަމެކެވެ.



