ދުނިޔޭގެ ބާޒާރުގައި ތެޔޮ ގަންނަން ލިބޭ އަގު ހެޔޮވުމާ ގުޅިގެން އެސްޓީއޯއިން ތެޔޮ ވިއްކާ އަގު ހެޔޮކޮށްފިއެވެ.
އެސްޓީއޯ އިން ބުނީ ޑީސެލް ލީޓަރަކުން 70 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 35 ލާރި ކުޑަކުރަން ނިންމާފައިވާ ކަމަށެވެ.
މީގެ ކުރިން ޑީސެލް ލީޓަރެއް އެސްޓީއޯ އިން ވިއްކަމުން އައީ 14.62 ރުފިޔާއަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ވިއްކަމުން އައީ 14.33 ރުފިޔާއަށެވެ.
މިއަދު ގެނަ ބަދަލާއެކު ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ސްޓޭޝަންތަކުން ޑީސަލް ލީޓަރެއް 13.92 ރުފިޔާއަށް އަދި ޕެޓްރޯލް ލީޓަރެއް 13.98 ރުފިޔާއަށް ލިބޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.
އެސްޓީއޯއިން އެންމެ ފަހުން ތެލުގެ އަގުތަކަށް ބަދަލު ގެނެސްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުގައެވެ. އެފަހަރު އެސްޓީއޯއިން ވަނީ ޑީސެލް ލީޓަރަކުން 45 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 40 ލާރި ކުޑަކޮށްފައެވެ.



