ސެންޑަލްސް ގްރާންޑޭ އެންޓިގޫއާގައި ބޭއްވި އެސްއައިޑީއެސް ގްލޯބަލް ބިޒްނަސް ނެޓްވޯކް (ޖީބީއެން) ފޯރަމް 2024 ގައި ރައީސް މުހައްމަދު މުއިއްޒު ވަނީ އަންހެން ވިޔަފާރިވެރިން ބާރުވެރިކުރުވުމަށް އަމާޒުކޮށްގެން 6.5 މިލިއަން ޑޮލަރުގެ ލޯނު ފެސިލިޓީއެއް އިޢުލާން ކުރައްވާފައެވެ.

ރާއްޖެއަށް ރޭ ދަންވަރުގެ ވަގުތުގައި ކުރިޔަށްދިޔަ ސިޑްސްގެ ބައްދަލުވުމުގައި ތަޤުރީރު ކުރައްވައި ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙާއްމަދު މުއިއްޒު ވިދާޅުވީ އެ ލޯނުގެ 25 އިންސައްތަ ހާއްސަ ކުރައްވާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށެވެ.

މިއީ ޖެންޑަރ އިންކްލޫސިވިޓީއާއި އިޤްތިޞާދީ ބާރުވެރިކުރުވުމަށް ވެރިކަމާއި ޙަވާލުވިތާ އަދި އެންމެ ހަ މަސް ވެފައިވާ ސަރުކާރުން ކުރާ ޚިދުމަތްތެރިކަމުގެ މައްޗަށް އަލިއަޅުވާލާ ކަމެކެވެ. ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި އަންހެނުންގެ އިގްތިސާދީ ބާރުވެރިކުރުވުމަށް އިންވެސްޓްކުރުމަކީ ދެމެހެއްޓެނިވި ތަރައްގީއަށް ވަރަށް މުހިންމު ކަމެކެވެ. ލޯކަލް ކޮމިއުނިޓީތަކަށާއި ވިޔަފާރިތަކަށް އެހީތެރިވުމަށް ކަނެކްޓިވިޓީ އާއި އިންފްރާސްޓްރަކްޗާ ކުރިއެރުވުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. މި ފިޔަވަޅަކީ އިންކްލޫސިވް ގްރޯތް ކުރިއެރުވުމަށާއި ގައުމުގެ އިގްތިސާދީ މުސްތަގުބަލުގައި އަންހެނުންގެ މައިގަނޑު ދައުރެއް އަދާކުރުމަށް ރާއްޖެއިން ގެންގުޅޭ ފުޅާ ސްޓްރެޓެޖީއާ އެއްގޮތް ފިޔަވަޅެކެވެ.