ގާތްގަނޑަކަށް މަހެއްހާ ދުވަހުގެ ބޮޑު ޗުއްޓީ އަށް ފަހު ދިރާސީ އާ އަހަރުގެ ކިޔެވުން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި މިއަދު ފަށައިފި އެވެ.މޫސުން ގޯސް ދުވަސްވަރަކަށް ވާތީ، ދިރާސީ އަހަރު މި ފެށީ ސްކޫލުތަކުގައި އާންމުކޮށް ކިޔަވައިދޭ ވަގުތުތައް ކުރުކޮށްލައިގެންނެވެ. އެޑިއުކޭޝަން މިނިސްޓްރީން ހަމަޖައްސާފައި ވަނީ ކުރިއަށް އޮތް ތިން ދުވަހު، ކޮންމެ ސްކޫލެއްގައި ވެސް ގިނަ ވެގެން ތިން ގަޑިއިރު ކިޔަވައިދޭ ގޮތަށެވެ.ދިރާސީ އާ އަހަރު ފެށިއިރު ރާއްޖޭގެ އެކި ސްކޫލުތަކުގައި 96،000 ދަރިވަރުން ކިޔަވާނެ އެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި، އެއީ 40،300 އަންހެން ދަރިވަރުންނާއި 42،700 ފިރިހެން ދަރިވަރުންނެވެ. 
މިނިސްޓްރީން ބުނި ގޮތުގައި ސަރުކާރުގެ 217 ސްކޫލުގައި 83،000 އެއްހާ ދަރިވަރުން ކިޔަވަމުން އަންނައިރު މީގެ ތެރެއިން 17،000 އެއްހާ ދަރިވަރުންނަކީ މާލޭ ސަރަހައްދުގެ ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންނެވެ. ޕްރައިވެޓް ސްކޫލުތަކުގައި އެލްކޭޖީން ފެށިގެން 12 އާ ހަމައަށް 13،000 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވާނެ އެވެ. އޭގެ ތެރެއިން 9000 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުން ދަނީ މާލޭ ސަރަހައްދުގައި ކަމަށް މިނިސްޓްރީން ބުނެ އެވެ.

ރަށްރަށުގެ ސްކޫލުތަކުގައި ކިޔަވަމުން އައި ދަރިވަރުންގެ ތެރެއިން ދިރާސީ އާ އަހަރު މާލޭ ސަރަހައްދުގެ ސްކޫލުތަކަށް 1126 ދަރިވަރުން ވައްދާފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.- މިއަހަރު މާލޭ ސަރަހައްދުގެ ގްރޭޑް އެކަކަށް 2،250 ދަރިވަރުން އެންރޯލް ކޮށްފައިވޭ- މާލޭ ސަރަހައްދުގެ ސްކޫލުތަކުގެ ގްރޭޑް އެކެއް ފިޔަވައި އެހެން ގްރޭޑްތަކަށް ވަނުމަށް 2081 ދަރިވަރުން ހުށަހެޅި- މާލޭގެ އެއް ސްކޫލުން އަނެއް ސްކޫލަށް 1000 އެއްހާ ދަރިވަރުން ބަދަލުވި
- ސަރުކާރުގެ ސްކޫލުތަކުގައި 12،662 ޓީޗަރުން މަސައްކަތްކުރާނެ. އެއީ 10،729 ދިވެހި ޓީޗަރުންނާއި 1،933 ބިދޭސީ ޓީޗަރުން.- މި އަހަރުގެ ތެރޭގައި ޓީޗަރުން ތަމްރީނު ކުރުމުގެ ގައުމީ ޕްރޮގްރާމެއް ފަށާނެ.- ޓީޗަރުން ސްކޫލުގައި ހޭދަކުރާ ވަގުތު މަދުކުރުމަށް މަސައްކަތްތަކެއް ކުރެވޭނެ.- 162 ސްކޫލެއްގައި އެއް ދަންފަޅިއަށް ކިޔަވައިދޭނެ އަދި 55 ސްކޫލެއްގައި ދެ ދަންފަޅިއަށް ކިޔަވައިދޭނެ- ކުރީ އަހަރެކޭ އެއްގޮތަށް ސެޓްލައިޓް މެދުވެރިކޮށް މިއަހަރު ވެސް ހަ ސްކޫލެއްގައި ކިޔަަވައިދޭނެ. އެއީ ފެހެންދޫ ސްކޫލާއި ފުޅަދޫ ސްކޫލު، ކޮނޑޭ ސްކޫލު، ރަކީދޫ ސްކޫލު، އަދި ވ. ތިނަދޫ ސްކޫލާއި އދ. ދިއްދޫ ސްކޫލް.


