ޤައުމީ ފެންވަރުގައި އީދު ފާހަގަކުރުމަށްޓަކައި ދިވެހި ބަހާއި ސަޤާފަތާ ބެހޭ މިނިސްޓްރީން ތިން ރަށެއް ކަނޑައަޅައިފިއެވެ.
މިނިސްޓްރީން ބުނީ އެކި ރަށްރަށުން ހުށަހަޅާފައިވާ ޕްރޮޕޯސަލްތައް ބެލުމަށްފަހު، މިފަހަރުގެ ބޮޑު އީދު ފާހަގަކުރުމަށް ނިންމާފައިވަނީ ރ. އުނގޫފާރާއި، ދ. ކުޑަހުވަދޫ އަދި ގއ. ވިލިނގިލީގައި ކަމަށެވެ.
މިނިސްޓްރީން ބުނީ ރަށްތައް ކަނޑައެޅުމުގައި ބަލާފައިވާނީ އެ ރަށަކުން އީދުގައި ކުޅޭނެ ކުޅިވަރުތަކާއި ކައުންސިލުން އެކަމަށް ކުރާނެ ޚަރަދުތަކާއި އަގަކާ ނުލައި އެ ރަށަކުން ކުރާނެ ކަންތައްތަކަށް ކަމަށެވެ. އަދި ރާއްޖޭގެ އުތުރާއި މެދުން އަދި ދެކުނުގެ ކޮންމެ ހިސާބަކުން އެއް ރަށް ފާހަގަކުރުމަށްވެސް އިސްކަންދީފައިވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިފަހަރުގެ ބޮޑު އީދު ދުވަހަކީ ޖޫން 17 އެވެ.



