މި ސާމާނު ހަވާލުކޮށްދެއްވާފައިވަނީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ފައްޔާޒް ގިލާނީ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސާމާނާއި ހަވާލުވެލައްވާފައިވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު.
818 ދުވަސް ކުރިން - 15:22
އެޗްޑީސީން ބުނީ ޓްރެފިކް މައްސަލަތައް ޙައްލު ގެނައުމަށްޓަކައި ބަދަލު ގެނައުމަށް ނިންމާފައިވަނީ ހުޅުމާލޭގެ 11 ސަރަޙައްދަކަށް ކަމަށް. މަގުތަކަށް ގެންނަންޖެހޭ ހުރިހާ ބަދަލުތަކެއް ގެނެސް، ސައިން ބޯޑުތައް ނުވަތަ ނިޝާންތައް ހަރުކުރުމުގެ މަސައްކަތް މި މަހުގެ ތެރޭގައި ފެށޭނެ ކަމަށް އެޗްޑީސީން ބުނި.
818 ދުވަސް ކުރިން - 15:15
ފަންނީ ބޭފުޅުންނަށް އަންނަ އަހަރުން ފެށިގެން 200 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ރައީސް ނިންމެވީ ވާދަވެރި ވަޒީފާގެ މާހައުލަކަށް. ބޭރު ގައުމުތަކުގައި ބޮޑު މުސާރަ ހޯދަން ތިބި ދިވެހިންވެސް ރާއްޖެއަށް ހިދުމަތް ކުރުމަށް
818 ދުވަސް ކުރިން - 05:19
ސްކޮލަޝިޕް ލިބޭ ފަރާތްތަކަށް އިސްލާމީ އަގުތައް ބަލައިގަނެ ގައުމަށް ޚިދުމަތް ކުރުމަށާއި، ދިމާވާ ގޮންޖެހުންތަކަށް ހިތްވަރާއެކު ކުރިމަތިލުމަށާއި، ދިރިއުޅުމުގައި ކާމިޔާބީގެ ހަގީގީ މިންގަނޑެއްގެ ގޮތުގައި އަމަލީ މަސައްކަތްތަކާއި ޚިދުމަތް ދެކުމަށް ރައީސް އިލްތިމާސް ކުރައްވައިފި.
818 ދުވަސް ކުރިން - 03:14
މެންބަރުކަމުގެ ހުވާކުރާ ތާރީޚުން ފެށިގެން 1 އަހަރުތެރޭ ހުށަހަޅަން އޮންނަ މާލީ ބަޔާން ދެން ހުށަހަޅަން ޖެހޭނީ 90 ދުވަހުގެ ތެރޭގައިކަމަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ހިމެނުމަށް އާންމު ކޮމިޓީން ފާސްކޮށްފިއެވެ. ގަވާއިދު އެކުލަވާލެވެންދެން ޢަމަލުކުރަމުންދާނީ 19 ވަނަ މަޖިލީހުގެ ޤަވާއިދަށެވެ.
818 ދުވަސް ކުރިން - 21:15
ވިސާއާ ނުލައި ތައިލްންޑުގައި މިހާރު 60 ދުވަހަށް ދިވެހިންނަށް ތިބެވޭނެ ގޮތް ހަދައިފި. ކުރިން ތިބެވެނީ 30 ދުވަހު.
819 ދުވަސް ކުރިން - 16:41
މިމަހުގެ 16 ވަނަ ދުވަހު ހިންގި އޮޕްރޭޝަނެއްގައި ހުޅުމާލެއިން 1 ކިލޯގެ މަސްތުވާ ތަކެއްޗާއެކު 7 މީހުން ހައްޔަރު ކޮށްފިއެވެ. މި 7 މީހުންގެ ބަންދަށް ވަނީ 10 ދުވަސް ޖަހައިފައެވެ.
819 ދުވަސް ކުރިން - 16:32
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ މަންމާފުޅު މުއުމިނާ ޙުސައިންފުޅު އަވަހާރަވުމާއި ގުޅިގެން ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޑރ،މުޙައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ
819 ދުވަސް ކުރިން - 16:09
ކާނާ ވިހަވަގެން އައްޑޫ ޕޮލިސް ކޮލެޖުގައި ކިޔަވަމުންދިޔަ ގިނަ ދަރިވަރުންތަކެއް 32 ދަރިވަރުން ކާނާ ވިހަވެ 2 ދަރިވަރުން މިހާރު ވަނީ އިންޓެންސިވް ކެއާ އަށް ބަދަލުކޮށްފަ
819 ދުވަސް ކުރިން - 13:30
މެމްބަރުންގެ އަޣުލަބިއްޔަތުން ގަވަރުނަރު އަލީ ހާޝިމް ވަކިކުރަން ރައީސަށް ލަފާ ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީން ނިންމައިފިއެވެ.
819 ދުވަސް ކުރިން - 19:42
ބެކަޕް ޖެނެރޭޓަރުގައި ކަރަންޓު ދެމުން ޖަލްސާ ކުރިއަށް ގެންދެވޭނީ ކިހާ އިރަކަށްކަން ނޭނގޭތީ ޖަލްސާ މެދުކަނޑާލަން ނިންމީ ކަމަށް މަޖިލީހުގެ ނައިބު ރައީސް ވިދާޅުވި. ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ އަންނަ ހޯމަ ދުވަހު.
819 ދުވަސް ކުރިން - 19:19
އައްޑޫ ސިޓީ ކައުންސިލުން ބުނީ ޕިކްނިކް އައިލެންޑް ތަރައްޤީކުރަން ނިންމާފައިވަނީ އައްޑޫގެ ފަޅު ރަށެއް ކަމަށްވާ އައުހެރައިގައި ކަމަށް. އެ ރަށް ޕިކްނިކް އައިލެންޑަކަށް ހަދަން ކުއްޔަށް ނަގައި، އެތަން ތަރައްޤީކޮށް ހިންގަން ޝައުޤުވެރިވާ ފަރާތްތަކުން މި މަހުގެ 31 ގެ ކުރިން ބީލަން ހުށަހެޅުމަށް ވަނީ ހުޅުވާލާފައި.
819 ދުވަސް ކުރިން - 18:13