ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވާކުރާ ތާރީޚުން ފެށިގެން 1 އަހަރުތެރޭ ހުށަހަޅަން އޮންނަ މާލީ ބަޔާން ދެން ހުށަހަޅަން ޖެހޭނީ 90 ދުވަހުގެ ތެރޭގައިކަމަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ހިމެނުމަށް އާންމު ކޮމިޓީން ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީގައި ކުރިއަށްދަނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވައިދު އެކުލަވާލުމުގެ މަސައްކަތެވެ. މިއަދު ކުރިއަށްދިޔަ ޢާންމު ކޮމިޓީގެ ބައްދަލުވުމަށް މެންބަރުންގެ މާލީ ބަޔާން ހުށައެޅުމާ ގުޅޭގޮތުން މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާޠިމަތު ފިލްޒާގެ ލަފައެއް ވަނީ ހުށައަޅާފައެވެ. އަދި މަޖިލީހުން މިކަމަށް ފައިނަލް ގޮތއް ނިމުމާއެކު މމިއުސޫލުން ކަން ހިނގާނެއެވެ. މި ދެމެދުގައ ހިނގާ ދުވަސްތަކުގައި އަމަލުކުރާނީ ކުރީގެ ނުވަތަ 19 ވަނަ މަޖިލީހުގެ ގަވާއިދަށެވެ.
މި ލަފަޔާ އެއްގޮތަށް 20 މަޖިލީހުގެ ގަވައިދުގައި އެކަން ހިމެނުމަށް ކޮމިޓީއަށް ހުށައެޅުއްވީ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީއެވެ. އަދި މި ހުށައެޅުމަށް ތާޢީދު ކުރެއްވީ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިޞަލެވެ.


