ރައީސް މުހައްމަދު މުއިއްޒު ވަނީ ހިދުމަތް ފޯރުކޮށްދިނުން ރަނގަޅު ކުރުމަށް ކައުންސިލަރުންގެ އަދަދު މަދުކުރަން ރާވާފައިވާކަން އިއުލާން ކުރައްވައި، 3،000 އަށް ވުރެ ދަށުގެ އާބާދީތަކަށް ތިން ކައުންސިލަރުންނާއި 3،000 އާއި 10،000 އާ ދެމެދުގެ އާބާދީތަކަށް ފަސް ކައުންސިލަރުން ކަނޑައަޅާފަ އެވެ.
817 ދުވަސް ކުރިން - 05:08
ފަތުރުވެރިކަމުން ލިބޭ އާމްދަނީގެ ބައެއް ލޯކަލް ކައުންސިލްތަކަށް ދޫކުރާނީ އެ ކައުންސިލްތައް ބާރުވެރިކުރުމަށާއި އިގްތިސާދީ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމަށެވެ. އަދި ރަށްރަށުގެ ފަތުރުވެރިކަމުން ނަގާ ޓެކްސްގެ %10 ކައުންސިލްތަކަށް އަމާޒުކޮށް، ލޯކަލް ސާވިސް ޑެލިވަރީ އިތުރުކުރުމަށް ޤާނޫނަށް އިސްލާހު ގެނައުމަށްވެސް ރާވާފައިވެއެވެ.
817 ދުވަސް ކުރިން - 04:40
ގަވާއިދާ ހިލާފަށް ގަރާޖެއްގެ މަތީގައި ކާބޯތަކެތީގެ ޑެލިވަރީ ވިޔަފާރި ކުރަމުންދިޔަ ބަޔަކު ހައްޔަރުކޮށްފިއެވެ. އެއީ ގަރާޖުން 3 މީހަކާއި ކާބޯތަކެތީގެ ވިޔަފާރި ހިންގަން ބޭނުންކުރާ ތަނުން 3 މީހުންނެވެ. އިިމިގްރޭޝަނުން ދިޔައިރު ބިދޭސީން ތިބީ އެތަން ރޫޅާށެވެ.
817 ދުވަސް ކުރިން - 04:16
ތަރައްގީ އާއި އާބާދީ އެއްފަސް ކުރުމަކީ ރައްޔިތުންނަށް ފައިދާ ބޮޑުވާނެ ކަމެއް ކަމަށާ، އެއްފަސް ކުރުމޭ މިދަންނަވަނީ ފަހަރެއްގައިވެސް ކުދި ރަށްރަށުން މީހުން ބޭލުން ނޫން ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވެއްޖެ. އެމަނިކުފާނު ވިދާޅުވީ ރައީސް މުއިއްޒު ގަބޫލް ފުޅު ކުރައްވާ ގޮތަކީ އެއީ ކަމުގަ.
817 ދުވަސް ކުރިން - 03:21
އެއާޕޯޓުގެ ވީއައިޕީ ލައުންޖުން މެމްބަރުންގެ އާއިލާ ފިޔަވައި، ދެން އެމީހުންނާއެކު ދަތުރުކުރާ އެންމެނަށް ދެމުންދިޔަ ހިދުމަތްތައް ޕީއެންސީން އެދިގެން އުވާލައިފި. 19 ވަނަ މަޖިލީހުގައި ފާސްކޮށްފައިވާ ގޮތުން އެ ހުރިހާ ހިދުމަތަކަށް ފައިސާ ދައްކަންޖެހެނީ މަޖިލީހުގެ ބަޖެޓުން. މި އުސޫލު ބާތިލްކުރީ ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް
817 ދުވަސް ކުރިން - 00:29
އީސީން ބުނީ މާދަމާ އޮންނަ އިންތިޚާބުތަކުގައި ވޯޓުލުމަށް ޖުމްލަ 25 ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށް. މި އިންތިޚާބުތަކުގައި ވާދަކުރައްވަނީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް އާއި މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ވާދަކުރައްވާ ބޭފުޅުންގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރައްވާ އެއް ބޭފުޅެއް.
817 ދުވަސް ކުރިން - 20:59
ބަންގްލަދޭޝްގައި ދަރިވަރުން ކުރަމުން ގެންދާ މުޒާހަރާއާއި ހަމަނުޖެހުންތަކާ ގުޅިގެން ބަންގްލަދޭޝް އަށް ދާ އަދި އެ ޤައުމުގައި އުޅޭ ދިވެހިންވެސް ސަމާލުވެ ރައްކާތެރިވެ އުޅުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފި.
817 ދުވަސް ކުރިން - 20:04
ވެމްކޯގެ ޚިދުމަތް ކުޅުދުއްފުށީގައި ފެށުމާއެކު ކުރިން ހަފްތާއަކު އެއް ފަހަރު އުކާލާ ކުނި މީގެފަހުން ކޮންމެ ދުވަހަކުވެސް އުކާލެވޭނެ
817 ދުވަސް ކުރިން - 19:43
މެޓް އޮފީހުން ބުނީ މިއަދުގެ އިރު އޮއްސި 6:00 އާ ހަމައަށް އުތުރާއި މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 7 މޭލާއި 17 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް.
817 ދުވަސް ކުރިން - 19:08
ޚުތުބާގައި ބުނީ އިސްލާމް ދީނުގެ އަސާސަކީ ތައުޙީދު ކަމަށާއި، އެއީ އެންމެ ފުރަތަމަ މާތް ﷲ އެކަލާނގެ އަޅުތަކުންނަށް އެ ކަމަކަށް އީމާންވުމަށް އަމުރުކުރައްވައިފައިވާ ކަންތައް ކަމަށް.
817 ދުވަސް ކުރިން - 17:58
މީގެ ކުރިން ސަރުކާރުގެ ސްކޫލްތަކުގައި އޭލެވެލް އަށް ކިޔަވަން ފުރުޞަތު ދެމުން އައީ އޯލެވެލް އިމްތިހާނުގައި މަޖުބޫރު ހަތަރު މާއްދާއާއި އިތުރު އެއް މާއްދާއާއެކު ޖުމްލަ ފަސް މާއްދާއިން ދަށްވެގެން ސީ ފާސް ލިބިގެން.
818 ދުވަސް ކުރިން - 15:52
ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދުގެ ދަށުން ޕްރޮޕޯސަލް ހުށަހެޅުމަށް ވަނީ ހުޅުވާލާފައި. އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ޤަވާޢިދުގައި ބަޔާންކޮށްފައިވާ ގޮތަށް ޕްރޮޕޯސަލް ހުށަހެޅޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައި.
818 ދުވަސް ކުރިން - 15:37