ތަރައްގީގެ މަގުން އެންމެ ބާރަށް ކުރިޔަށް ހިނގާފައި ދެވޭނީ ތަރައްގީއާއި އާބާދީ އެއްފަސްކޮށްގެން ކަމަށް ރައީސުލް ޖުމްހޫރިއްޔާ ގަބޫލްފުޅު ކުރައްވާ ކަމަށާ މާނައަކީ ކުދިރަށްތަކުން މީހުން ބޭލުން ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ކުޅުދުއްފުށި ސިޓީގައި ވެމްކޯގެ ހިދުމަށް ދިނުން އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޚު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ރަނގަޅު ހިދުމަތެއް ދިނުން ކަމަށާ އެފަދަ ހިދުމަތެއް އެންމެ ފުރިހަމަޔަށް ދެވޭނީ އާބާދީ އެއްފަސްކޮށްގެންނެވެ. "އެއްގޮތަކަށްވެސް އަޅުގަނޑު މިދަންނަވަނީ ރާއްޖޭގައި މިހިރަ ކުދިކުދި ރަށްރަށުން މީހުން ބާލާ ވާހަކައެއް ނޫން. ދަންނަވަން މިއުޅޭ ވާހަކައަކީ ތަރައްގީއާ އާބާދީ އެއްފަސްކުރީމާ އެމީހުން އަމިއްލައަށް އެތަންތަނަށް އަންނާނެ" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށް ގެންދަވާ ސިލްސިލާ "ރައީސްގެ ޖަވާބު" ގައި ވާހަކަފުޅު ދައްކަވަމުން ކިނބިދޫ ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވެފައި ވަނީ ، ރަށްރަށުގައި ތިބެގެން ގުރޭޑް 12 އާއި ހަމަޔަށްވެސް ކިޔެވޭނެ ގޮތް ފަހިވެފައި އޮތުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެގޮތުން ކިނބިދޫއާއި ވޭމަންޑޫ ކޯޒްވޭއާކުން ގުޅާލުމުން ކިނބިދޫ ރައްޔިތުންނަށް އެފުރުސަތު ލިބިގެންދާނެ ކަމަށެވެ. "ޙަޤީޤަތުގައި ވަރަށް މުހިންމު ކަމެއް ރަށުގައި ތިބެގެން ކިޔެވޭގޮތްވުން ގްރޭޑް 12 އާއި ހަމަޔަށްވެސް. ދެން މިރަށުގަ މިވަގުތު އެފުރުޞަތެއް ނެތް.މިހާރުތަރައްޤީގެ މަޝްރޫޢުތަކުން ވޭމަންޑޫ އާއި މިރަށާ ކޯޒްވޭއަކުން ގުޅާލެވުނީމަ އެއްގަމުން ދެވޭގޮތް އޭރުން ވާނެ އެ ރަށަށް. އެރުން އެއްފަސް ވީ. އެއްފަސްވީމަ ލިބޭ ފައިދާތައް ހުންނާނެ. ތަޢުލީމު ޙާސިލް ކުރުމުގައިވެސް. އެއީ ތިކަން ހައްލުކުރަން އަޅުގަނޑު ވިސްނާ އެއްގޮތް. ދެން އެހެން ގޮތްގޮތްވެސް ވިސްނާނަން.ޕޮއިންޓަކީ ތިބޭނުންވާ ކަންތައް އިރާދަކުރެއްވިއްޔާ ޙާޞިލް ކުރާނަމޭ"
އާބާދީ އެއްފަސް ކުރުމަކީ ސަރުކާރުގެ ހިންގުމުގެ ހަރަދު ކުޑަވެ ރަނގަޅު ހިދުނަތްތައް ފޯރުކޮށްދިނުމަށް މާބޮޑަށްވެސް ފަސޭހަވާނެ ކަމެކެވެ.



